ASLU🇲🇻
2.03K subscribers
15.5K photos
11K videos
39 files
6.3K links
ތެދު ޚަބަރާއި މައުލޫމާތު
#1 Breaking News


To report us updates message us:

Follow us @asluviyafaari
🔵 Telegram: https://t.me/asluviyafaari

🔵Facebook:https://www.facebook.com/ganevinkun/
Download Telegram
ފަލަސްތީނުގެ ދައުލަތެއް ގެ ގޮތުގައި މަސްތަކެއްގެ ތެރޭގައި ފްރާންސުން ބަލައިގަންނާނެ ކަމަށް ރައީސް އިމަނުއެލް މެކްރޮން ބުދަ ދުވަހު ކަށަވަރުކޮށްދެއްވައިފިއެވެ.

މި ފިޔަވަޅު އަޅަން ރޭވިފައިވަނީ ސައުދީ އަރަބިއްޔާގެ ކޯ ޗެއާމަންކަމުގައި މި ޖޫން މަހު ނިއުޔޯކުގައި ބާއްވާ ޔޫއެންގެ ބައްދަލު ވުމުގައި ކަމަށް އޭނާ ހާަމަކޮއްފައިވޭ.

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ އަޚްލާޤީ އަދި ސިޔާސީ ޟަރޫރަތެއް ކަމަށް މެކްރޮން ވަނީ ވިދާޅުވެފައެވެ. "އަޅުގަނޑުމެން ޖެހޭނީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ގަބޫލުކުރަން، އަދި ކުރިއަށް އޮތް މަސްތަކުގައި އެކަން ކުރާނަން،" ފްރާންސް 5 ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ހާމަކުރި އެވެ. ޖޫން މަހު ބާއްވާ ކޮންފަރެންސްގެ މަޤްޞަދަކީ އިސްރާއީލާއި ފަލަސްތީނާއި ދެމެދު އެއްބަޔަކު އަނެއްބަޔަކަށް ޤަބޫލުކޮށް 2 ސްޓޭޓް ސޮލިޔުޝަން ކުރިއެރުވުމެވެ.
އެމެރިކާގެ ހަނގުރާމަ މަތިންދާބޯޓުތަކުން ޔަމަނުގެ އަލް ހަވާކް ޑިސްޓްރިކްޓްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ބޮން ގޮއްވާލުމުން 13 މީހުން ފުރާނަގޮސްފައިވާއިރު ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އިރުމަތީ ޣައްޒާ ސިޓީގެ ޝުޖާޢިއްޔާ އަވަށްގައި ހިނގި ޤަތުލުއާންމުގައި އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ޝަހީދުކޮއްލެވިފައިވާ ކުޑަކުދިން.
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ހުވަރާ ޗެކްޕޮއިންޓުން ނަބްލޫސް ސިޓީއަށް ހަމަލާތަށްދީ އަރައިފިއެވެ.
This media is not supported in your browser
VIEW IN TELEGRAM
ރަމަاللهގެ ހުޅަނގުގައި އޮންނަ ޑެއިރް އިބްޒީގައި އިސްރާއީލުގެ އަސްކަރީ ބާރުތަކުން އޭނާގެ ގެ ތަޅާލިތަން ފަލަސްތީނުގެ އަންހެނަކު ކަރުނަ އޮހެރޭ ހާލް ބަލަން ހުއްޓެވެ.
This media is not supported in your browser
VIEW IN TELEGRAM
ފަލަސްތީނަށް ތާއީދުކުރާ ބަންގްލަދޭޝް މީހުން ވަނީ ޣައްޒާގައި އާންމުންނާ ދެކޮޅަށް ހިނގަމުންދާ ނަސްލު ނައްތާލުމުގެ މައްސަލަ ކުށްވެރިކޮށް ކުރި މުޒާހަރާތަކުގައި އިސްރާއީލަށް ތާއީދުކުރާ އެމެރިކާގެ ބައެއް ޕްރޮޑަކްޓް ވިއްކާ ފިހާރަތަކަށް ހަމަލާދީފައެވެ.
ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބައްސާލް ވިދާޅުވެފައިވެއެވެ.

⭕️ އަޅުގަނޑުމެންނަށް ޣައްޒާއިން ފެން ނުލިބޭ.

⭕️ޣައްޒާއަށް ވަނީ ފެނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

⭕️ އިސްރާއީލުގެ ބޮމުގެ ހަމަލާތަކުން މަރުނުވާ މީހުން މަރުވަނީ ބަނޑުހައިހޫނުކަމުގައި ނުވަތަ ކަރުހިއްކައިގެންނެވެ.

⭕️ އެންމެ އެއިޑް ޓްރަކެއް ވެސް ޣައްޒާއަށް ވަނުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.
An unbearable scene that encapsulates the pain of Gazans where Palestinian men transported the shrouded body of a slain child on an electric bicycle, a stark reflection of the lack of transportation means. This poignant moment unfolded ahead of the funeral for victims of an Israeli strike on the Shujaiya neighborhood in eastern the Gaza Strip yesterday.
އަހުމަދު މަނަސްރާ ޒަޔަނިސްޓް ޖަލުތަކުން މިއަދު ދޫކޮށްލާނެ ކަމަށް އޭނާގެ ވަކީލު ވިދާޅުވި.

އުމުރުން 23 އަހަރުގެ އަހުމަދުގެ ފުރިހަމަ 9.5 އަހަރުގެ ހުކުމް ފުރިހަމަ ކުރީ އުމުރުން 13 އަހަރުގައި 2015 ވަނަ އަހަރު ގައި ވަގަށް ނަގައިގެން އަނިޔާކުރުމަށް ފަހު ، މި އަނިޔާ ތަކުގައި އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް އިންޓާރނަލް ބްލީޑްވެ ސިކުނޑިއަށް އަސަރުކޮއްފައިވެ އެވެ.

އޭނާ ދޫކޮށްލުމަށް ޝަރުތުކޮށްފައިވަނީ ހުރަސްތަކެއް އެޅުމަށްފަހު، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދިރިއުޅޭ އިމާރާތުން ގާތްތިމާގެ މީހުން ފިޔަވައި އެހެންބަޔަކާ ބައްދަލުކުރުން މަނާކުރުމާއި، ނޫސްވެރިން ހާޒިރުވުން ނުވަތަ އިންޓަވިއުކުރުން މަނާކުރުމެވެ.

އޭނާގެ ވަކީލު ޚާލިދު ޒަބަރްގާ ވިދާޅުވީ "މިވަގުތު ބޭނުންވަނީ މަޑުމައިތިރިކަމާއެކު ހާލަތާ ކުރިމަތިލާން. އެތައް މަހެއް ވަންދެން އޭނާއާ ދެކޮޅަށް ބާރުއެޅުމަށް މަސައްކަތް ކުރަމުން އަންނަ. ހާއްސަކޮށް އޭނާގެ ސިއްހަތާއި ނަފްސާނީ ހާލަތާ ބެހޭ ގޮތުން ބުނަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި."
ޝަހީދުކޮއްލެވިފައިވާ ފަލަސްތީނުގެ ކުޑަކުއްޖާ ޚާލިދު ޖާބްރުގެ އާއިލާއިން އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓާއި ހިއުމަން ރައިޓްސް ކައުންސިލްގެ ހާއްސަ އިޖުރާއަތަށް މައްސަލަ ހުށަހަޅައި، އޭނާ އާއި ޣައްޒާގައި ހިނގަމުންދާ އިސްރާއީލުގެ ނަސްލު ނައްތާލުމުގައި ޝަހީދުވި ހުރިހާ މައުސޫމް ކުދިންނަށް އިންސާފު ހޯދައިދިނުމަށް އެދި މައްސަލަ ހުށައަޅައިފި.

އާއިލާގެ ހަމައެކަނި ދަރިފުޅު ޚާލިދު ޝަހީދުވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ރަފާގައި ހުންނަ އޭނާގެ ކާފަގެ ގެއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ގާތްތިމާގެ މީހުންގެ އިތުރު 11 މީހުންނާ އެކުގަ އެވެ.
This media is not supported in your browser
VIEW IN TELEGRAM
“މިނިސްޓްރީގެ މެޑިކަލް ސްޓާފުންގެ ތެރެއިން 1350 އަށް ވުރެ ގިނަ ޑޮކްޓަރުން ގެއްލިފައިވާއިރު އޭގެ ތެރޭގައި 150 ޑޮކްޓަރުންނާއި 221 ނަރުހުން ހިމެނެއެވެ”

ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ޑރ.މުނީރު އަލް ބުރުޝް ރިޕޯޓް ކުރައްވަނީ މެޑިކަލް ނިޒާމުގެ ހާލަތު ގޯސްވަމުންދާ ގޮތެވެ. މި ކްރައިސިސްއަކީ އިސްރާއީލުން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ސިލްސިލާ ގޮތެއްގައި އަމާޒުކުރުމުގެ އިތުރުން ސްޓްރިޕްއަށް މެޑިކަލް ސަޕްލައި ވަނުމަށް ހުރަސްއެޅުމުގެ ނަތީޖާއެކެވެ.
އިސްރާއީލުގެ ޖަލުތަކުން މިނިވަންވި އަހުމަދު މަނަސްރާގެ ފުރަތަމަ ފޮޓޯ، އިސްރާއީލުން އޭނާގެ ޅަފަތުގެ ދައުރު ގެއްލުވާލާ 9 އަހަރާއި ބައި އަޅުވެތިކަމުގައި ހުރުމަށް ފަހު އެނާ މި ވަނީ މިނިވަންވެފައެވެ.
ގައިދީ ޚަލީލް ހަނިއްޔާ ޝަހީދުވެވަޑައިގަތީ ޒަޔަނިސްޓް ޖަލުތަކުގަ އެވެ.

ހަނިޔޭގެ ބޮލާއި މޭމައްޗަށް އައިއޯއެފް އިން ބަޑިޖަހާފައި ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުޅަނގު ޣައްޒާގައި އައިއޯއެފް އިންނެވެ ، އޭގެ ފަހުން އޭނާ އަށް ހަމަލާދީ އޭނާ ރަހީނުކޮށް، އަނިޔާކޮށް، ޝަހީދުކޮށްލިއެވެ.

އޭނާ އަކީ މިމަހުގައި ޝަހީދުވި ތިންވަނަ ގައިދީ، އުމުރުން 62 އަހަރުގެ އަލީ އަލްބަތުޝް އާއި ޠައިސީރު ސަބާބާއަށް ފަހު ޝަހީދުވި ޤައިދީއެވެ.
This media is not supported in your browser
VIEW IN TELEGRAM
ބަނޑުހައިހޫނުކަން ގޯސްވެ، ޣައްޒާގެ އާންމުންގެ ތެރޭގައި ބަނޑުހައިހޫނުކަން ފެތުރެމުންދާއިރު، އިސްރާއީލުން މިހާރު ދެމުންދާ އަނިޔާވެރި ހަމަލާއާއި، އިންސާނީ އެހީތައް އެ ސަރަހައްދަށް ވަނުން މަނާކޮށްފައިވާ ވަށާލުމުގެ ދަތިކަން ކުރިމަތިވަމުންދެއެވެ.

މީގެ ދެދުވަސް ކުރިން އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް ވަނީ ޣައްޒާއަށް އެންމެ ހަނޑޫ ފުކެއްވެސް ނުވަދެވޭނެ ކަމަށް ވައުދުވެފައެވެ.
This media is not supported in your browser
VIEW IN TELEGRAM
މިއަދު މިއީ ތިބާގެ ދަރި ނޫންކަމުގައި ވިޔަސް ! މާދަމާ މިއީ ތިބާގެ ދަރިކަމުގައި ވެދާނެއެވެ ، އިސްލާމީ އުންމަތް ފޮހެލެވެންދެން އެމީހުން ދުލެއްނުކުރެއެވެ.
This media is not supported in your browser
VIEW IN TELEGRAM
މަރާލާފައިވާ ފަލަސްތީނުގެ މަހްމޫދު ނަތާތުގެ މަންމަ އޭނާ ގެއްލުމުން ހިތާމަކުރަނީ، އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި އޭނާ ވަނީ ޝަހީދުވެފައި. އޭނާ އަކީ އިސްރާއީލުގެ ނަސްލު ނައްތާލުމަށް ފެށުނު ފަހުން ޝަހީދުކޮއްލެވިފައިވާ އެނާގެ ތިން ވަނަ ދަރިފުޅެވެ.

މަހްމޫދު ޝަހީދުކޮއްލެވިފައިވަނީ އިއްޔެ ، އޭނާގެ ބޭބެ ރަފާހުގައި ޝަހީދުކޮއްލެވިފައިވަނީ އެންމެ ދެ މަސް ކުރިން.