ASLU🇲🇻
2.02K subscribers
15.5K photos
11K videos
39 files
6.3K links
ތެދު ޚަބަރާއި މައުލޫމާތު
#1 Breaking News


To report us updates message us:

Follow us @asluviyafaari
🔵 Telegram: https://t.me/asluviyafaari

🔵Facebook:https://www.facebook.com/ganevinkun/
Download Telegram
މި މަންޒަރުތަކެއް މުސްލިމް އުންމަތު ހިތުން ފިލައިގެން ނުދާނެއެވެ.
This media is not supported in your browser
VIEW IN TELEGRAM
ފިތުރު އީދުގެ ދެވަނަ ދުވަހު ޣައްޒާގެ ދެކުނުގެ އަބާސާން ޓައުންގައި އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން މައުސޫމް އާންމުންގެ މައްޗަށް ފޮނުވާލި އެމެރިކާގެ ބޮންތަކުން މަރުވި ޒުވާން މި ކުދިންނަށް ހިތްދަތި އަލްވަދާއު ކިޔުމެވެ.
އަލްމަޔާދީނަށް ޔަމަނުގެ ސަރުކާރުގެ އިސް މަސްދަރަކުން:

ޔަމަނުގެ ސިފައިން އަމާޒުކޮށްފައިވަނީ އެމެރިކާގެ މަތިންދާ ބޯޓު "ހެރީ އެސް ޓްރޫމަން" ގެ އީ2 ކޮމާންޑް އެންޑް ކޮންޓްރޯލް މަތިންދާބޯޓުތަކަށެވެ.

މަތިންދާ ބޯޓު ޓްރޫމަންގެ ކޮމާންޑް ގެއްލިފައިވާއިރު، ވައިޓް ހައުސް އާއި ޕެންޓަގަން އިން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
އިސްރާއީލުން ހިނގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރިކަމުގެ ސަބަބުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޖުމްލަ 80 މީހުން ޝަހީދުވެ 305 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފި އެވެ.
ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޓޫފާ ސަރަހައްދުގައި އޮންނަ ޔަފާ މަގުގައި ހުންނަ ހަމާދާ އާއިލާގެ ގެއަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ތިން ކުޑަ ކުދިން ހިމެނޭހެން ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ASLU🇲🇻
ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޓޫފާ ސަރަހައްދުގައި އޮންނަ ޔަފާ މަގުގައި ހުންނަ ހަމާދާ އާއިލާގެ ގެއަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ތިން ކުޑަ ކުދިން ހިމެނޭހެން ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ޣައްޒާގެ ދެކުނުގެ ރަފާހުގެ އަލް ޖެނެނާ ސަރަހައްދަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަހަމްވެއްޖެ އެވެ.
This media is not supported in your browser
VIEW IN TELEGRAM
މި އީ ހަމަ މަގޭ ވެސް ދަރިއެއް ނޫންތޯ އެވެ !
އެމްނެސްޓީ އިންޓަނޭޝަނަލްގެ ހެޑް އޮފް ރިސާޗް ޑރ.

ނަތަންޔާހޫ ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގައި ބަނޑުހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައެވެ.

ނަތަންޔާހޫ ވަނީ ގަސްތުގައި އާންމުންނަށް އަމާޒުކޮށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައެވެ.

ނަތަންޔާހޫ ހައްޔަރު ނުކޮށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރު ގައުމަކަށް ކުރާ ކޮންމެ ދަތުރަކީ އިސްރާއީލުން އިތުރަށް ގަވާއިދާ ހިލާފުވުމަށް ހިތްވަރު ލިބޭނެ ކަމެކެވެ.
އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކުރާ ގޮތުގައި ހަރުކަށި އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް މަގާމުން އިސްތިއުފާ ދީ އެނބުރި ކޭނެސެޓަށް ގޮސްފި ކަމަށް އިސްރާއީލުގެ ޗެނަލް 12 އިން ބުނެފި އެވެ.
މިއަދު ހެނދުނުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 41 މީހަކު ޝަހީދުވެފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.
އިސްރާއީލުން ހިފާފައިވާ ވަށާލުމާއި ބޯޑަރު ބަންދުކުރުމުގެ ސަބަބުން ޣައްޒާގައި ހިންގާ އޮޕަރޭޝަންތަކަށް ކާބޯތަކެތީގެ ސަޕްލައި ދެ ހަފްތާއަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުސްވާނެ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން އިންޒާރު ދީފި އެވެ.

މީގެ އިތުރުން ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ ބޭކެރީތަކާއި ކޮމިއުނިޓީ ބަދިގެތަކުގެ ސްޓޮކް ލެވެލް ހުރިހާ ވަގުތެއްގައި ވެސް ދަށްވެ، ވަށާލެވިފައިވާ ސްޓްރިޕްގައި ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ދަތިކަމާ މެދު ކަންބޮޑުވުންތައް އުފެދިފައިވެ އެވެ.
ޔަމަނު | އެމެރިކާގެ ހަނގުރާމަ މަތިންދާބޯޓުތަކުން އަނެއްކާވެސް ޔަމަނުގެ އުތުރުގެ ސަޢުދާ ސިޓީގެ އިރުމަތީ ފަރާތަށް ތިން ވައިގެ ހަމަލާއެއް ދީފިއެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ އަބަސަން އަލް ކަބީރާ ޓައުންގެ އިރުމަތީ ސަރަހައްދުތަކުގައި އިސްރާއީލުގެ އިސްތިއުމާރީ ވެހިކަލްތަކުން އާންމުންނާ ދިމާއަށް ބަޑިޖަހާފައިވެ އެވެ.
ލުބުނާނުގެ މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި ހިޒްބުاللهގެ ލީޑަރު ހަސަން ބަދުރާއި އޭނާގެ ދަރިކަލުން އަލީ މަރުވެފައިވަނީ ރޭ އިޒްރޭލުން ދެކުނު ސަބަރބަށް ދިން ހަމަލާގައި ވަނީ ދުނިޔެއިން ވަކިވެފަ އެވެ.
ޣައްޒާގެ އެންޖީއޯ ނެޓްވޯކްގެ ވެރިޔާ އަމްޖަދު ޝަވާ ވިދާޅުވީ "އިސްރާއީލުގެ ބްލޮކޭޑްގެ ސަބަބުން ބަނޑުހައިހޫނުކަމުގެ އާ މަރުހަލާއަކަށް އަޅުގަނޑުމެން މިވަނީ ވަދެފައި”
ޣައްޒާގައި އާ ދަތިކަމަކާ ކުރިމަތިވެ ފަށަނީ ފުއް ލިބުމުގެ ބޮޑު ދަތިކަމެއްގެ ސަބަބުން ގިނަ ބެކެރީތައް ބަންދުކުރަން މަޖުބޫރުވުމުންނެވެ. މި ބްލޮކޭޑްގެ ސަބަބުން މީހުންގެ ދަތުރުފަތުރަށް ހުރަސްއެޅިގެންދާއިރު މުހިންމު ކާބޯތަކެތި ހިމެނޭ ގޮތަށް ޒަރޫރީ މުދާ އެތެރެވުމަށް ހުރަސްއެޅިފައިވެ އެވެ. އެ ހުރަސްތަކުގެ ސަބަބުން ޣައްޒާގެ އާބާދީއަށް ވަނީ މީގެ ކުރިން ނުފެންނަ އިންސާނީ ދަތިކަމެއް ކުރިމަތިވެފަ އެވެ.
ASLU🇲🇻
ޣައްޒާގައި އާ ދަތިކަމަކާ ކުރިމަތިވެ ފަށަނީ ފުއް ލިބުމުގެ ބޮޑު ދަތިކަމެއްގެ ސަބަބުން ގިނަ ބެކެރީތައް ބަންދުކުރަން މަޖުބޫރުވުމުންނެވެ. މި ބްލޮކޭޑްގެ ސަބަބުން މީހުންގެ ދަތުރުފަތުރަށް ހުރަސްއެޅިގެންދާއިރު މުހިންމު ކާބޯތަކެތި ހިމެނޭ ގޮތަށް ޒަރޫރީ މުދާ އެތެރެވުމަށް…
ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ):

"އަޅުގަނޑުމެންނަށް މިހާރު ޣައްޒާގައި ރޮށި އުފެއްދުމަށް ސަޕޯޓް ނުކުރެވޭތީ، އަޅުގަނޑުމެން ސަޕޯޓްކުރާ ހުރިހާ ބެކެރީއެއް ބަންދުވެގެން ދިޔައީ."

"ޣައްޒާގައި އަޅުގަނޑުމެން ސަޕޯޓްކުރާ ބެކެރީތައް ހިންގުމަށް ދުވާލަކު 306،000 ކިލޯއަށް ވުރެ ގިނަ ގޮދަން ފުށް ބޭނުންވޭ."

"ރެޑީ މީލްސްގެ ހުރިހާ ސްޓޮކެއް އާއިލާތަކަށް ބެހުމުގެ މަސައްކަތް ކުރަމުންދިޔަނަމަވެސް ، މި މުދަލުގެ އިތުރު ސަޕްލައިއެއް ނެތް."

"އަޅުގަނޑުމެން ޣައްޒާގައި ސާބިތްކަމާއިއެކު މަސައްކަތް ކުރުމަށް ވައުދުވެފައި އޮތް ނަމަވެސް މާޗް މަހުން ފެށިގެން އެ ސަރަހައްދަށް އެތެރެވާ އެހީގެ ވަރަށް ބޮޑަށް ދަތިވުމުން އަޅުގަނޑުމެންގެ ސަޕްލައިތަށް ދަނީ ހުސްވަމުން."
This media is not supported in your browser
VIEW IN TELEGRAM
މިހާރު ހިނގަމުންދާ ބްލޮކޭޑްތަކާއި ބޯޑަރު ހުރަސްތައް ބަންދުކުރުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ހޯދުމަށް ޗެރިޓީ ބަދިގެތަކާ ދިމާލަށް ދިޔުން އަވަސްވެގަންނަން މަޖުބޫރުވެއްޖެ އެވެ. ޣައްޒާގެ ހުރިހާ ހިސާބެއްގައި ވެސް ފުށުގެ ދަތިކަމުގެ ސަބަބުން ބެކެރީތައް ނުހިނގާތީ، ގިނަ އާއިލާތަކުން ދަނީ ދަރިންނަށް ކާންދިނުމަށް ދަތިތަކެއް ކުރިމަތިވަމުންނެވެ.

ޒަރޫރީ ތަކެތި ވެއްދުން ހުއްޓުވާފައިވާއިރު ، ޣައްޒާގެ ރައްޔިތުން ތިބީ އަސާސީ ބޭނުންތަކަށް ކެތްމަދުވެފައި !

މި ފަހުގެ ތާރީހެއްގައި ކާބޯތަކެއްޗައް އެދި ކަރުނައަޅާ އަދޭސްކުރާ މަންޒަރު ދުށީމުތޯއެވެ!
The Hind Rajab Foundation (HRF) has launched a campaign to prevent Israeli Prime Minister Benjamin Netanyahu from visiting Hungary or any other European country, following his ICC arrest warrant for war crimes. Netanyahu, responsible for the deaths of over 61,000 Palestinians, is accused of orchestrating mass atrocities, including targeting civilians and using starvation as a weapon.

HRF plans to file a complaint with the ICC, urging an investigation into Hungary’s potential violation of international law by allowing Netanyahu to visit. The organization is also pushing for legal action against any European countries that might allow his travel through their airspace. HRF is calling for Hungary to arrest Netanyahu upon arrival, warning that failure to act would make them complicit in his crimes.
ޔާ ﷲ މުޖާހިދުންނަށް ނަޞްރު ދެއްވާންދޭވެ. ފަލަސްޠީނުގެ މުސްލިމުންނަށް ރައްކާތެރިކަން މިންވަރު ކުރައްވާނދޭވެ.
اللهم أنصر المجاهدين في غزة وفي فلسطين
آمين يارب العالمين 🤲

ތިޔަބައިމީހުންގެ ދުޢާގައި މި ހިތްވަދުގަދަ މުޖާހިދުން ޝާމިލްކުރާށެވެ. ☝️ ❤️