Galandān ގަލަންދާނު
2.38K subscribers
757 photos
67 videos
106 files
1.15K links
ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް
Notes by, ibn Fahmī Dīdī عفا الله عنه
Friends & family
🤖 Contact: @galandan_bot
🌐 English: @galandaan
Download Telegram
🔖 މުއައްލިފު - عفا الله عنه - ގެ ޝުޢޫރެއް:

"އަލްއުސްތާޒް ކަމާލުއް ސަނާނީރީ ފަދަ ހިތްވަރުގަދަ ޙަޔާތެއް އަހަރެންގެ ތާރީޚަކުނެތަސް، އެބޭފުޅާގެ ޙަޔާތް ކިޔާލުމީ އަހަރެންގެ ޒަވާޖީ ޙަޔާތް އަޑުއެހުންފަދައެވެ.

އެކުގައި ހޭދަކުރި ދުވަސް ތަކަށްވުރެ ވަކިން ހޭދަކުރެވުނު ދުވަސްތައް ގިނައެވެ. ﷲ އަމީނާ ޤުޠުބަށް ދެއްވިފަަދަ ކެތްތެރިކަމެއް ތިބާއަށް ދެއްވާށިއެވެ. އޭ ހިތުގެ ފިނިކަމާއެވެ!

މިހަނދުމަތަކާއި އެކު، އަމީނާ ޤުޠުބް އެކަމަނާގެ ފިރިކަލުންގެ ހަނދާނުގައި ލިޔުއްވި ޅެމާއި އެދެވެރިންގެ ޙަޔާތުގެ ކުރު ޚުލާޞާއެއް އަހަރެންގެ ވަޞިއްޔަތުގެ ތެރެއަށް ލައި ހަދިޔާ ކުރީމެވެ. އަދި އޭގެ ހަފްތާއެެއް ފަހުން އަނިޔަލުގެ ކަސްތޮޅުތަކަށް އެނބުރި ރުޖޫޢަވިއެވެ.

އެހެންކަމުން، އަހަރެމެން ދެން ބައްދަލުވާނޭ ކަމަށް ތިބާ ދެކެމުހެއްޔެވެ؟... ނުވަތަ އަވާމެންދުރުގެ މިބިމުގައި ވާނޭ ބައްދަލުވުމެއް މިނިމުނީހެއްޔެވެ؟..."


هل ترانا نلتقي ؟

ޅެން، މަދަހައެއް ގޮތުގައި ކިޔާފައި، އަދި އޭގެ ދިވެހި ތަރުޖަމާ:

https://halturana.netlify.app/


އުސްތާޛް ކަމާލް އައްސަނާނީރީ އާއި އަދީބާ، އަމީނާ ޤުޠުބު ގެ ހާޔާތުގެ ވާހަކަ ގަލަންދާރުގައި ކުރިން ވާނީ ގެނެވިފައެވެ. (ބައްލަވާ)


~ ގަލަންދާރު
هل ترانا نلتقي ؟
އަހަރެމެން ބައްދަލުވާނޭކަމަށް ތިބާ ދެކެމުހެއްޔެވެ؟

https://halturana.netlify.app/

~ ގަލަންދާރު
📖
تَقَبَّلَ اللّهُ مِنَّا وَمِنْكُم
🔄
{...وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ}
(...އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރު ވެރި ވުމަށްޓަކައެވެ.)

الله أكبر.. الله أكبر.. الله أكبر

އިސްލާމް ކަމަށް އަހަރެމެންނަށް ހިދާޔަތް ދެއްވި اللّٰه އަށް ޙަމްދު ކުރަމެވެ. އަދި އެއިލާހަށް ކިޔަމަންގަތުމުގެ ނިޢުމަތް އަހަރެމެންނަށް ދެއްވީތީވެސް އެވެ. އެއިލާހުގެ ފަޟުލުވަންތަ ކަމާއި ދީލަތިވަންތަކަމަށް ޝުކުރުހުއްޓެވެ. އެއިލާހު ހަޒުރަތުން ރަޙްމަތާއި މަޣްފިރަތާއި ޤަބޫލަށް އެދި ދަންނަވަމެވެ. تَقَبَّلَ اللَّهُ مِنَّا وَمِنْكُم صالح الأعمال. [އަހަރެމެންނާއި ތިބާ ފުށުން (އަދައުކުރި) ޞާލިޙު ޢަމަލުތައް، اللّٰه ޤަބޫލުކުރައްވާށިއެވެ.]

ޙަދީޘް ޢިލްމުގެ އަމީރުލް މުއުމިނީން، ޝުޢުބަތު ބުނުލް ޙައްޖާޖު ވިދާޅުވި އެވެ: ޢީދު ދުވަހު ޔޫނުސް ބިން ޢުބައިދު އާއި ބައްދަލުވުމުން ވިދާޅުވިއެވެ: «تَقَبَّلَ اللَّهُ مِنَّا وَمِنْكَ» (އަހަރެމެންނާއި ތިބާގެ ފުށުން اللّٰه ޤަބޫލު ކުރައްވާ ށިއެވެ.) ❝


— އަލްމުޙައްދިޘް، އަބޫ ޞުޙައިބް، ޚާލިދުލް ޙާއިކު
~ ގަލަންދާނު

--------------------------
ނޯޓް: އައްޝެއިޚް، އަލްޙާފިޠު ޢަބްދު اللّٰه އައްސަޢްދު ވިދާޅުވިއެވެ: ”އަޞްޙާބު ބޭކަލުން އަރިހުން، ޢީދުގައި އެބޭކަލުން « تَقَبَّلَ اللَّهُ مِنَّا وَمِنْكُم » —މިހެން ވިދާޅުވާކަމަށް، ވާރިދުވެފައި ވެއެވެ.“
Please open Telegram to view this post
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
ސިލްސިލާ: ”ޢަޞަބިއްޔަތުގެ ދޮސް ފާރަށް، ޛަހަބިއްޔަތުގެ ފަރުވާއެއް“

~ ގަލަންދާނު

🔻🔻🔻
📖

އިޚުލާސްތެރި ތައުބާ އަކުން، ޒިނޭގެ ފާފައިން ތައުބާވެއްޖެ މީހާގެ މައްޗަށް ރަޙުމުގެ ބަސްކޮޅެއް



(ހ) ޒިނޭގެ ޙައްދު ޤާއިމު ވުމަކީ ތައުބާގެ ޝަރުޠެއް ހެއްޔެވެ؟

ޢިލްމުވެރިން ވިދާޅުވެއެވެ: ފާފައާއިގެން — ޒިނޭފަދަ — އައިސްފި މީހެއްގެ މައްޗަށް އެންމެ މޮޅު އިތުރީ، އޭނާ އާއި الله تَعَالَى އާއިދެމެދުގައި އެވާ ކަންތަކުން ތައުބާ ވުމެވެ. އަދި އެކަމުގައި އިޚުލާޞްތެރި ތައުބާ އެއް ގެނެސްގަތުމެވެ. އަދި اللّٰه އަށް ކުއްތަން ވުމާއި ހެޔޮ ޢަމަލުތައް ގިނަގުނައިން ކުރުމެވެ. އަދި ވީ މިންވަރަކުން ނުބައިކަމުގެ މަކާނު ތަކާއި، ނުބައި އެކުވެރިންނާއި ދުރުހެލިވުމެވެ.
[انظر توضيح الأحكام للبسام 5/285]

އެހެނަސް އެއީ އެފަދަ ފާފައެއްގައި ޢާދަމު ދަރިއެއްގެ ޙައްޤެއް އެކު ނުލެވޭހާ ހިނދެއްގައެވެ. އެހެންވެއްޖެނަމަ، އެ ޙައްޤެއް ޙަައްޤުވެގެންވާ ފަރާތަށް، އެ ޙައްޤުވާ އެއްޗެއް އަނބުރައި ރައްދުކުރަން ޖެހޭނެއެވެ. ނުވަތަ އޭނާ ފުށުން އެ ޙައްޤު ކެނޑުވުން ވެއެވެ.

އަދި ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުން ތައުބާ ވާ މީހާގެ މައްޗަށް އެފާފައެއް ކުރެވުނު ތަނުގައި ހެޔޮ ޢަމަލު ކުރުން އެދެވިގެން ވެއެވެ. އެހެނީ އެ ފާފައެއް ކުރި ތަނެއް، ޤިޔާމަތް ދުވަހުން އެކަމަށް ހެކިވެ އަންނާނެތެވެ. އެހެންކަމުން އޭނާ ފާފައަށް ފަހު ހެޔޮ ޢަމަލު ކުރި ކަމަށްވެސް ހެކިވެވޭނެ ކަމަށްޓަކައެވެ. އަދި އެއީ الله تَعَالَى އެއިލާހުގެ ފަޟުލުވަންތަ ކަމުން އޭނާއަށް ފާފަފުއްސެވުމަށެވެ.

ވީމާ ޙައްދަކީ ތައުބާގެ ޝަރުޠެއް ނޫނެވެ.


(ށ) اللّٰه ފަރުދާ ކުރެއްވި އެއްޗެއް ފޮރުވާށެވެ.

އަންހެނަކު ޒިނޭކޮށް ތައުބާ ވެފައިވަނިކޮށް އޭނާ އަށް ކައިވެންޏެއް އޭނާގެ ބޮޑުބޭބެގެ އަތްމައްޗަށް (ވަލީވެރިއެއްގެ ގޮތުން) ހުށަހެޅުނެވެ. އެހެން ކަމުން އެކަންތައް ފޮރުވުމަށް ބޮޑުބޭބެ ހިތްނުތަނަވަސް ވިއެވެ. ދެން ޢުމަރު ބުނުލް ޚައްޠާބު އަރިހު މިވާހަކަ ޛިކުރު ކުރުމާއި އެކު ދަންނަވައިފިއެވެ: ”އެވާހަކަ ތިބާ ހާމަކޮށްފިނަމަ ދަންނައެ، ތިބާއަށް ޢުޤޫބާތެއް ދޭހުށީމެވެ! ފަހެ ޞާލިހު މީހެއް (ކައިވެންޏަށް އެދި) ތިބާ ގާތަށް އައިސްފިނަމަ، ތިބާ އެއަށް ރުހި އެކަނބުލޭގެ ކައިވެނިކޮށް ދޭށެވެ.“

އަދި އެހެން ރިވާޔަތެއްގައި ވަނީ:

”ތިބާ ބެނުންވަނީ އޭނާގެ ކަންތަކާއި މެދު ޚަބަރުދޭންހެއްޔެވެ؟ ފަހެ اللّٰه ފަރުދާ ކުރެއްވި އެއްޗެއް އެގޮތުގައި ބޭއްވުމަށް ރުހި އެއަށް އެއްބާރުލުން ދޭށެވެ. اللّٰه ގަންދީ ބުނަމެވެ. ތިބާ އެކަނބުލޭގެ ކަންތައް މީސްތަކުން ތެރެއިން އެންމެ ފަރުދަކަށްވިޔަސް ޚަބަރުކޮށްފިނަމަ، މުޅި ޝަހަރުގެ މީސްތަކުންނަށް ވާ އިބުރަތަކަށް ތިބާ ހަދާނަމެވެ. (އަދަބުދޭނަމެވެ.) އެއާއި ޚިލާފަށް، ޢިއްފަތްތެރި މުސްލިމު އަންހެނެއް ފަދައިން އެކަނބުލޭގެ ކައިވެނި ކޮށްދޭށެވެ.“
[أنظر فقه السنة للشيخ سابق2/90]



____

(އިތުރު ތަފްޞީލު، 'ނިދާއުލް އިސްލާމް" މަޖައްލާގެ މިލިޔުމުން)

~ ގަލަންދާނު
ހުކުރު ދުވަހުގެ ފަތިސް ނަމާދުގައި ”އައްސަޖިދާ“ އަދި ”އަލްއިންސާން“ ސޫރަތް ކިޔެވުމީ ސުންނަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިކަން ދެޞަޙީޙުގައި ރިވާވެފައިވެއެވެ. އަބޫ ހުރައިރާ رضي الله عنه އަރިހުން: ނަބިއްޔު ﷺ ހުކުރު ދުވަހުގެ ފަތިސް ނަމާދުގައި ކިޔަވައި ވިދާޅުވެޔޭ: {‏الم * تَنْزِيلُ‏} އައްސަޖިދާ ސޫރަތް، އެންމެ ފުރަތަމަ ރަކުޢަތުގައި، އަދި ދެވަނަ ރަކުޢަތުގައި‏ {‏هَلْ أَتَى عَلَى الإِنْسَانِ‏}‏ (އަލްއިންސާނު ސޫރަތް).

~ ޝެއިޚް ޢަބްދު الله އައްސަޢްދު
This media is not supported in your browser
VIEW IN TELEGRAM
ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވަނިވި ވަޤުތަކީ ކޮބާ؟

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُهْبِطَ مِنْهَا وَفِيهِ سَاعَةٌ لاَ يُوَافِقُهَا عَبْدٌ مُسْلِمٌ يُصَلِّي فَيَسْأَلُ اللَّهَ فِيهَا شَيْئًا إِلاَّ أَعْطَاهُ إِيَّاهُ ‏"‏

އަބޫ ހުރައިރާ އަރިހުން އައްތިރުމިޛީ ރިވާކުރެއްވި އެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވި އެވެ: ”އިރު އެދުވަހެއްގެ މައްޗަށް އެރި އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. ޢާދަމް ޚަލްޤު ކުރެއްވުނީ އެދުވަހުއެވެ. އަދި އެކަލޭގެފާނުގެ ޖަންނަތަށް ވެއްދެވުނީ އެދުވަހުއެވެ. އަދި އޭގެން (ބިމަށް) ބޭލެއްވުނީވެސް އެދުވަހުގައެވެ. އަދި އޭގައިވާ ސާޢަތެއް (އެބަހީ: ވަޤުތެއް) ވެއެވެ. اللّٰه ހަޟުރަތުގައި އެއްޗަކަށް އެދިއްޖެނަމަ އެކަންފުއްދަވައި ދެއްވާނޭ ގޮތުގައި މެނުވީ މުސްލިމު އަޅަކު ނަމާދު ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއެވެ.“

އަބޫ ހުރައިރާ ވިދާޅުވި އެވެ: ޢަބްދު اللّٰه ބުނު ސަލާމް އާއި ބައްދަލު ވެގެން މިޙަދީޘް ޛިކުރު ކުރުމުން ވިދާޅުވެއްޖެއެވެ: ”ތިމަންކަލޭގެފާނަށް އެސާޢަތެއް އެނގެއެވެ.“ އަހަރެން ދަންނަވައިފީމެވެ: ”ތިކަމުގައި ދަހިވެތި ނުވެ އަހަރެންނަށް ކިޔައިދޭށެވެ.“ ވިދާޅުވިއެވެ: ”އެއީ ޢަޞްރުގެ ފަހުން ފެށިގެން ގޮސް އިރުއޮއްސުމާއި ހަމައަށެވެ.“

އެހެންކަމުން އަހަރެން ދަންނަވައިފީމެވެ: ”(އެވަޤުތެއް) ޢަޞުރު ފަހުން ވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ފަހެ ރަސޫލު اللّٰه ﷺ ވަނީ ޙަދީޘް ކުރައްވާފައެވެ: "‏ لاَ يُوَافِقُهَا عَبْدٌ مَسْلِمٌ وَهُوَ يُصَلِّي ‏"‏...މުސްލިމު އަޅަކު "ޞަލާތު" ގައި ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއޭ...“ (އައްޞަލާތު، ޢާންމުގޮތެއްގައި ބުނެވެނީ ނަމާދަށެވެ.) އަދި ތިޔަ ވަޤުތަކީ (އެބަހީ: ޢަޞުރު ފަހަކީ) އޭގައި ނަމާދުކުރުން ނުވާ ވަޤުތެކެވެ.“ ދެން ޢަބްދު اللّٰه ބުނު ސަލާމް ދަންނަވައި ފިއެވެ: ”ރަސޫލު اللّٰه ﷺ ޙަދީޘް ކުރައްވާފައިވެއެވެ: (مَنْ جَلَسَ مَجْلِسًا يَنْتَظِرُ الصَّلاَةَ فَهُوَ فِي صَلاَةٍ) ޞަލާތައް އިންތިޒާރު ކުރުމުގައި އިށީނދެ ހުރެއްޖެ މީހާ އެހެރީ ޞަލާތުގައެވެ.“

އަހަރެން ދަންނަ ވައިފީމެވެ: ”އާދޭހެވެ.“ ވިދާޅުވި އެވެ: ”އެއީ އެކަމެވެ.“

އަބޫ ޢީސާ (އައްތިރުމިޛީ) ވިދާޅުވިއެވެ: މި ޙަދީޘް "ޙަސަން ޞަޙީޙް” އެވެ.



އަބޫ ދާވޫދު، ޢަބްދު اللّٰه ބުނު ސަލާމް އަރިހުން ރިވާކުރެއްވި އެވެ: ...އަހަރެން (ރަސޫލު اللّٰه ﷺ އަރިހު) ދެންނެވިމެވެ: ”އެ ސާޢަތަކި ކޮބައިތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: ‏"‏ هِيَ آخِرُ سَاعَةٍ مِنْ سَاعَاتِ النَّهَارِ ‏"‏ ”އެއީ ދުވާލުގެ ސާޢަތް ތަކުގެ ތެރެއިން އެންމެ ފަހު ސާޢަތެވެ.“

އަހަރެން ދަންނަވައިފީމެވެ: ”އެއަކީ ނަމާދު (އައްޞަލާތު) އަދާ ކުރުމުގެ ވަޤުތެއް ނޫން (ތޯއެވެ؟)“ ޙަދީޘް ކުރެއްވި އެވެ: ‏"‏ بَلَى إِنَّ الْعَبْدَ الْمُؤْمِنَ إِذَا صَلَّى ثُمَّ جَلَسَ لاَ يَحْبِسُهُ إِلاَّ الصَّلاَةُ فَهُوَ فِي صَلاَةٍ ‏"‏ ‏”އާދޭހެވެ. ހަމަކަށަވަރުން މުއުމިނު އަޅަކު ނަމާދުކޮށް އަވަދިވެގެން، ދެން އިށީދެއްޖެނަމަ، އަދި އޭނާ ހިފެހެއްޓިފައި އެހެރީ ނަމާދު ނޫން، އެނޫން އެއްވެސް އެއްޗަކަށް ކަމުގައި ނުވަނީނަމަ، ފަހެ އެހިނދު އޭނާ އެހެރީ ހަމަ ނަމާދު ގައެވެ.“


އަލްޢުލްވާން ވިދާޅުވި އެވެ: ”މިއީ އިބްނު މާޖާ، އަބުއް ނަޠްރު ގެ މަގުން، އަބޫ ސަލަމާ ފުށުން ޢަބްދު اللّٰه ބުނު ސަލާމް ފުށުން ނަބިއްޔާ ﷺ އަރިހުން ރިވާކުރެއްވި ޙަދީޘެކެވެ. އަދި އޭގެ އެންމެހާ ރާވީންނަކީ އިތުބާރުވެވިގެންވާ ބޭފުޅުން ތެރެއިން ވާ ބޭކާލުންނެވެ.“
ނަމާދުގައި ހުރުމަކީ ކޮބާ؟

އަދި އަބޫ ހުރައިރާ އަރިހުން އަލްބުޚާރީ އެކަލޭގެފަނުގެ "ޞަޙީޙު” ގައި ރިވާކުރެއްވި ޙަދީޘް ގައި އެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވިއެވެ:

﴿...لاَ يَزَالُ أَحَدُكُمْ فِي صَلاَةٍ مَا دَامَتِ الصَّلاَةُ تَحْبِسُهُ، لاَ يَمْنَعُهُ أَنْ يَنْقَلِبَ إِلَى أَهْلِهِ إِلاَّ الصَّلاَةُ}
”...ތިޔަބައިމީހުން ތެރެއިން މީހަކު ނަމާދަށް ގަޑި ގުނައިގެން އިންނަހާ ހިނދަކު، އެމީހެއް ނަމާދުގައި ވުން ނުކެނޑެއެވެ. އޭނާގެ އަހުލުން ގާތަށް ދިޔުން، ނަމާދު މެނުވީ ނުހުއްޓުވައެވެ.“

އިބްނު ރަޖަބް ވިދާޅުވި އެވެ:

”މީގެ ތެރޭ ހިމެނެނީ، ނަމާދަށް ޤަމަތް ނުދެނީސް ޖަމާޢަތް އޮތް މިސްކިތަކަށް ވަދެއްޖެ މީހެކެވެ. އެހެންކަމުން ނަމާދަށް އިންތިޡާރުގައި އޭނާ އިށީނދެއެވެ. އަދި މީގައި ހިމެނެނީ، އިމާމު މީހާ އާއި އެކު ނަމާދުކޮށް އަވަދިވެ، ދެން އަނެއް ނަމާދަށް އިންތިޡާރުގައި އިށީނދެ ހުރެއްޖެ މީހެކެވެ... އަދި ”އޭނާ ނަމާދުގައި ވުން ކެނޑި ނުދެއޭ" މީގެ މާނައަކީ - والله أعلم - އޭނާ އަށް ނަމާދު ކުރާ މީހެއްގެ އަޖުރު ވާ ކަމެކެވެ. އަދި އޭނާ އަށް އެޘަވާބު ލިބެނީ، އޭނާގެ ނަފްސު ނަމާދަށް ޓަކައި މަޑު ޖައްސާފައި ވުމުން ނެވެ.“(1)

(1) فتح الباري شرح صحيح البخاري لابن رجب - ج 6 - ص. 41
ސާއަތަކީ ކޮބާ؟

ޤުރުއާނާއި ޙަދިޘް އަދި ޞަޙާބިންނާއި ސަލަފުންގެ ބަސްތަކުން ސާޢަތަކީ އައިސްފައިވާ ބަހެކެވެ. މިޒަމާނުގައި މިލަފުޒު ޢާންމުން ތެރޭ ބޭނުން ކުރެވެނީ ދުވާލުގެ 24 ގަޑި އިރު ތެރެއިން ގަޑި އިރަކަށެވެ. އެހެނަސް ޝަރުޢީ މާނައިގައި ސާޢަތަކީ މިޒަމާނުގައި މިވާފަދައިން 60 ސިކުންތާއި 60 މިނިޓާއި 24 ގަޑިއިރެއް ނޫނެވެ. އެހެނަސް ޢާންމު ގޮތެއްގައި ބޭނުން ކުރެވިފައިވަނީ "ދުވާލުގެ ވަޤުތުން ބަޔެއް” އަދި "ރޭގަނޑު ގެ ވަޤުތުން ބަޔެއް" ގެ ގޮތުގައެވެ. އަދި މިވަޤުތު އެ ބަސްފުޅަކުން މުރާދު ކުރާ އަދި އިސްތިއުމާލުވެވޭ ގޮތެއްގެ މަތީން ކުރުވުން ނޫނީ ދިގުވުން ހިމެނެއެވެ.

ހަމަ މިފަދައިން އާޚިރަތް ދުވަހަށްވެސް މި ލަފުޛު ބޭނުން ކުރެވެއެވެ. އަދި މިދެ މޭނާ އެއިލާހު تَعَالَى ގެ މި ވަޙީ ގައި ޝާމިލުވެފައިވެއެވެ:

وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُوا۟ غَيْرَ سَاعَةٍۚ

”އަދި "ސާޢަތު" ގާއިމު ވާހިނދު، ކުށްވެރިން "ސާޢަތަކަށް" މެނުވީ އެއުރެން ނުތިބޭކަމަށް ހުވާކުރާނެތެވެ...“(ސޫރަތުއްރޫމް 30:55)

ފުރަތަމަ ތަނުގައި އޭގެ މާނައަކީ ޤިޔާމަތުގެ ވަޤުތެވެ. ދެވަނަ ތަނުގައި، ޒަމާނެއްގެ ކުޑަ ވަޤުތު ކޮޅަކަށެވެ. މިއީ މިބައިމީހުން ދުނިޔޭގައި އިޞްލާހުވާން ލިބުނު ވަޤުތު މަދުކަމަށް ބުނެ ހުށަހަޅާ ޢުޛުރެކެވެ.

އެހެން ކަމުން ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވާ ވަޤުތަކީ ވަރަށް ކުޑަ ސާޢަތެކެވެ. އަދި މިއާއި ޚިލާފަށް ކޮންމެ ރެއެއްގައި ވާ ދުޢާ ޢިޖާބަވުނުގެ ވަގުތު އެއަށްވުރެ ދިގެވެ. އަދި މިކަން އެނގެނީ މިއަށް ދޭހަވާ ޙަދިޘް ތަކުންނެވެ.

އަލްބުޚާރީ އާއި މުސްލިމް އަބޫ ޚުރައިރާ އަރިހުން ރިވާކުރެއްވި ޙަދީޘް ގައިވެއެވެ:

( فِيهِ سَاعَةٌ لا يُوَافِقُهَا عَبْدٌ مُسْلِمٌ وَهُوَ قَائِمٌ يُصَلِّي يَسْأَلُ اللَّهَ تَعَالَى شَيْئًا إِلا أَعْطَاهُ إِيَّاهُ . وَأَشَارَ بِيَدِهِ يُقَلِّلُهَا )

”އޭގައި ސާޢަތެއް ވެއެވެ. اللّٰه تَعَالَى ހަޟުރަތުގައި އެއްޗަކަށް އެދިއްޖެނަމަ އެކަންފުއްދަވައި ދެއްވާނޭ ގޮތުގައި މެނުވީ މުސްލިމު އަޅަކު ނަމާދުގައި ގާއިމުވެ ހުރެ އެވަޤުތާއި ބައްދަލެއް ނުވާނެއެވެ.“

ދެން އެކަލޭގެފާނުގެ އަތްޕުޅުން އެވަޤުތުގެ ކުރުކަން އިޝާރާތް ކުރެއްވިއެވެ.“
رواه البخاري ( 893 ) ومسلم ( 852 ) 

ޝެއިޚް މުޙައްމަދު ބުނު ޢައްލާން އައްޞިއްދީޤީ ވިދާޅުވިއެވެ: އެބަހީ: އެއަކީ ހިނދުކޮޅެއް، އަދި ތުނި އަދި ލުއި އެތިކޮޅެއް ކަމުގައި ބަޔާން ކުރެއްވިކަމެވެ.

އަދި މުސްލިމްގެ ރިވާޔަތުގައި އިތުރަށް ވެއެވެ: ( وهي ساعة خفيفة ) ”އެއީ ވަރަށް ލުއި (އެބަހީ: މަދު) ސާޢަތެކެވެ.


ދުވަސް ބެހިގެން ވަނީ 12 ސާޢަތަކަށެވެ:

އަލްޢުލްވާން ވިދާޅުވި އެވެ: އަބޫ ދާވޫދު އާއި އައްނަސާއީ ރިވާކުރައްވައި އަލްޙާކިމް ޞައްޙަ ކުރެއްވި، ޢަމްރު ބުނުލް ޙާރިޘްގެ މަގުން، އަލްޖަލާޙް ފުށުން، އަބޫ ސަލަމާ ފުށުން، ޖާބިރް ބުނު ޢަބްދު اللّٰه ވިދާޅުވިކަމަށް: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ:
 ‏"‏ يَوْمُ الْجُمُعَةِ ثِنْتَا عَشْرَةَ ‏"‏ ‏.‏ يُرِيدُ سَاعَةً ‏"‏ لاَ يُوجَدُ مُسْلِمٌ يَسْأَلُ اللَّهَ عَزَّ وَجَلَّ شَيْئًا إِلاَّ آتَاهُ اللَّهُ عَزَّ وَجَلَّ فَالْتَمِسُوهَا آخِرَ سَاعَةٍ بَعْدَ الْعَصْرِ ‏"‏ ‏

”ހުކުރު ދުވަހަކީ ބާރަ ސާއަތެކެވެ. اللّٰه عَزَّ وَجَلَّ އެކަމެއް ފުއްދަވައި ދެއްވާ ގޮތުގައި މެނުވީ، މުސްލިމަކު اللّٰه عَزَّ وَجَلَّ ކަމަކަށް އެދި ނުދަންވާނެތެވެ. އެހެންކަމުން
ޢަޞްރުގެ ފަހުން ވާ އެންމެ ފަހު ސާޢަތުގައި އެ ހޯދައިގަނާށެވެ.“



ފަތުޙުލް ބާރީ ގައި އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވި އެވެ: އޭގެ ސަނަދު ޙަސަން އެވެ.“ (އަލްޢުލްވާންގެ ބަސްކޮޅު މިހިސާބަށް ނިމުނީ)

އެހެންކަމުން ޖާބިރު ގެ ޙަދީޘް އިން، ދުވާލު ބެހިގެން ވަނީ 12 ސާޢަތަށް ކަމަށް އެނގެއެވެ.

އަދި މިޙަދީޘް ގެ މުރާދަކީ، ހުކުރު ދުވަހުގެ ދުވާލު – ފަޖުރުން ފެށިގެން އިރު އޮއްސުމަށް — ބެހިގެން ވަނީ 12 ބަޔަށް ކަމެވެ. އޭގެ ތެރެއިން އެއް ބަޔަކީ (އެންމެ ފަހު ބަޔަކީ) އެއެއްގައި ދުޢާ ޢިޖާބަވަނިވި ސާޢަތެވެ.

އަދި އެނގިގެންވާ ފަދައިން އެކި މޫސުމާއި ތަނަށް މިވަޤުތު ކުރުވެ ދިގުވެއެވެ. އެއީ ދުވާލު ކުރުވެ ދިގުލާ ވަރަކަށެވެ.

އިތުރު ތަފްޞީލަށް: https://islamqa.info/ar/answers/140286
ޚުލާޞާ:

އަލްޢުލްވާން ވިދާޅުވި އެވެ: ބަޔާން ވެވުނު ދެ ޙަދީޘް އިން ހުކުރު ދުވަހުގެ ޢިޖާބައިގެ ވަޤުތު ޞަރީޙަކޮށް ކަނޑައަޅައި ދެއެވެ. އެއީ ހުކުރު ދުވަހުގެ ޢަޞްރަށް ފަހު ވާ އެންމެ ފަހު ސާޢަތް ކަމެވެ. އަދި ޙާފިޡު އިބްނު ޙަޖަރު رحمه الله "ފަތުޙުލް ބާރީ" ގައި ރިވާކުރެއްވާފައި ވެއެވެ: އަބޫ ސަލަމާ ބުނު ޢަބްދުއް ރަޙްމާން އަރިހުން ސަޢީދު ބުނު މަންޞޫރު، ޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ: ”ޞަޙާބީންގެ ތެރެއިން ބޭކަލުންތަކެއް އެއްވެ، ހުކުރު ދުވަހުގެ ޢިޖާބައިގެ ވަޤުތާއިމެދު ވާހަކަ ދެއްކެވިއެވެ. އެހެންކަމުން ހުކުރު ދުވަހުގެ އެންމެ އާޚިރު ވަޤުތުގައި ކަމަށް އިއްތިފާޤުވެ ލައްވައިގެން މެނުވީ އެ ބައްދަލުވުން ނުނިމެއެވެ.“

އަދި މިއީ، ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތެވެ. އަދި އިސްޙާޤު އާއި އަޙްމަދު رحمهم الله ޚިޔާރު ކުރެއްވި ގޮތެވެ. އަދި މިއީ އެންމެ ގިނަ ރިވާޔަތްތަކުން ދަލީލު ކުރާ ޙައްޤު ގޮތެވެ...

އެހެންކަމުން މުސްލިމު މީހާއަށް އެދެވިގެން ވަނީ، މިވަޤުތު ތަކުގައި ދުޢާ ކުރުމެވެ. اللّٰه އޭނާގެ ދުޢާއު ޢިޖާބަ ކުރެއްވުމަށް ޓަކައެވެ. އޭނާގެ ފާފަތައް ފުއްސަވައި އޭނާގެ ހިތް ޠާހިރު ކުރައްވައި އޭނާގެ ފަރުޖު ރައްކައުތެރި ކުރެއްވުމަށްޓަކައެވެ. އަދި ދުޢާ އަކީ އޭގެ ޒާތުގައި އަޅުކަމެކެވެ. އެހެންކަމުން މުސްލިމަކު، އަހަރެން އެތައް ފަހަރަކު ދުޢާ ކޮށް އެހެނަސް ޢިޖާބަ ނުވެއޭ، ބުނެ އަވަސް އަވަސްވެ ގަނެގެން ނުވާނެއެވެ. އެހެނީ ފަހަރެއްގައި، އެ ޢިޖާބަވުން ލަސްވަނީ އެތަކެއް މަޞްލަޙަތުތަކެއް އޭނާއަށް އެކަމުގައި އޮވެގެން ކަމަށް ވެދާނެއެވެ. ފަހަރެއްގައި އެދުޢާގައި ޢުދުވާނެއް(ޢަދާވަތްތެރިކަމެއް) އެކުލެވިދާނެއެވެ. އެހެންކަމުން ޢިޖާބަ ނުކުރައްވައެވެ. ފަހަރެއްގައި އެދުޢާއެއްގައި ރަޙިމުގެ ގުޅުން ކެނޑުން އެކުލެވިދާނެއެވެ. އެހެންކަމުން ޢިޖާބަ ނުކުރައްވައެވެ. އަދި ފަހަރެއްގައި އެދުޢާ ޙަރާމް އެއްޗެއް ހޯދައިގަތުމަށް އަދި މީސްތަކުންނަށް އަނިޔާވެރިވުމަށް އަދި ރިބާ ދެއްވުމަށް އޮވެދާނެއެވެ. އެހެންކަމުން އޭނާގެ ދުޢާ ޢިޖާބަ ނުކުރައްވައެވެ. އެހެނީ ދުޢާ ކުރުމުގައި ޝަރުޠުތަކެއް ވެއެވެ. ޝަކެއްނެތް ގޮތުގައި ދުޢާ ޢިޖާބަ ވުމުގެ ކުރިން އެ (ޝަރުޠުތައް) ފުއްދަން ޖެހެއެވެ. އެހެންކަމުން ޝަރުޠުތައް ފުރިހަމަވެ، ޢިޖާބަވުން މަނާ ވަނިވި ކަންކަމުން ނެއްޓިއްޖެ ނަމަ، އެހިނދުގައި އެ ރައްދުވެވިގެން ނުވެއެވެ.


މަސްދަރު: ބުލޫޣުލް މަރާމް ގެ ޝަރަޙައިގެ ތެރެއިން ހުކުރާއި ބެހޭ ބާބުގެ ފޮތުގެ 39 ވަނަ ޞަފްޙާ
ފައިދާއެއް:

އަބޫ ބަރްދާ އަރިހުން، އެކަލޭގެ ފަނުގެ ބައްޕަ (އަބޫ މޫސަލް އަޝްޢަރީ) އަރިހުން އިމާމް މުސްލިމް، ހުކުރު ދުވަހުގެ ޢިޖާބައިގެ ވަޤުތާއި ބެހޭގޮތުން ރިވާކުރެއްވި ޙަދީޘް ގައި ވެއެވެ:

ރަސޫލު اللّٰه ﷺ ޙަދީޘްކުރެއްވީތީ އަހުރެން އަޑުއެހީމެވެ: (هِيَ مَا بَيْنَ أَنْ يَجْلِسَ الإِمَامُ إِلى أَنْ تُقْضَى الصَّلاَةُ) ”އެވަޤުތުކޮޅު ވަނީ އިމާމު މީހާ މިންބަރުމަތީގައި އިށީނުމާ، ނަމާދު ނިމުމާ ދެމެދުއެވެ.“ رواه مسلم 853

"ބުލޫޢުލް މަރާމު" ގައި މި ޙަދީޘް ގެންނެވުމަށް ފަހު ޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ: ”ރާޖިޙު ގޮތަކީ މިރިވާޔަތަކީ އަބޫ ބަރްދާ ގެ ބަސްފުޅެއް ކަމަށް އައްދާރަޤުޠުނީ ކަނޑައެޅުއްވިއެވެ.“

އަލްޢުލްވާން ވިދާޅުވިއެވެ: މިޙަދީޘް ރިވާކުރައްވާފައިވަނީ މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙް" ގައި އިބްނު ވަހްބު ގެ މަގުން މުޚްރަމާ ބުނު ބަކީރު އަރިހުން އެކަލޭގެފާނުގެ ބައްޕަ އަރިހުން އަބޫ ބަރްދާ އަރިހުން އަބޫ މޫސާ އަރިހުން ނަބިއްޔު ﷺ އަރިހުންނެވެ.

މިރިވާޔަތުގައި ނުސީދާ ގޮތުންވާ ދެ ބަލިކަށި ކަމެއްވެއެވެ:

އެކައްޗަކީ، މުޚްރަމާ ބުނު ބަކީރު އާއި އެބޭފުޅާގެ ބައްޕައާއި ދެމެދު ސަނަދު ކެނޑިފައި ވުމެވެ. އިމާމް އަޙްމަދު ވިދާޅުވިއެވެ: މުޚްރަމާ އޭނާގެ ބައްޕަ ފަރާތުން އެއްވެސް އެއްޗެއް އަޑު ނާހައެވެ.
ހަމަ އެފަދައިން، ޔަޙްޔާ ބުނު މަޢީން އާއި އަބޫ ދާވޫދު އާއި ޙުއްފާޡުން ތެރޭން އެނޫން ބޭފުޅުން ވެސް ވިދާޅުވިއެވެ...

ދެވަނަ ޢިއްލަތަކީ، މިރިވާޔަތް ވަނީ އަބޫ ބަރްދާ އާއި ހަމައަށް މައުުޤޫފު ކޮށެވެ. (ހުއްޓިފައެވެ. އެހެންކަމުން މިއީ އަބޫ ބަރްދާ އެކަލޭގެފާނުގެ ބައްޕަ، އަބޫ މޫސާ އާރިހުން ނަބިއްޔު ﷺ އަރިހުން ގެންނެވިކަމަށް ޘާބިތު ނޫން ރިވާޔަތެކެވެ.) މި ރިވާޔަތުގައި (އެހެން މަގުތަކުން އައިސްފައިވާ އެންމެހާ މަގަކާއި ޚިލާފަށް) ތަފާތު ވެފައިވަނީ ބަކީރު ބުނުލް އަޝްޖައު އެވެ. (އޭގައިވަނީ މުސްލިމް ގައިވާ ގޮތަށް މަރްފޫޢު ކޮށެވެ.) އެއީ އިތުބާރުވެގެންވާ މަދީނާ ބޭކަލެކެވެ. އެހެނަސް (މީގެ ރާވީ) އަބޫ ބަރްދާ އަކީ ކޫފާ ގެ ބޭކަލެކެވެ. އަދި ކޫފާގެ އަހުލުން (ގެ ސަނާދު ތަކުގައި) މިރިވާޔަތް ވަނީ އަބޫ ބަރްދާ އަށް ނިސްބަތްކޮށްފައެވެ... އަދި ކޫފީން ފަރާތުން ކޫފީ ރިވާޔަތް މަދަނީން ފަރާތުންނަށް ވުރެ އިސްވެގެން ވެއެވެ. ވަކިން ޚާއްޞަކޮށް މިފަދަ ބޮޑު ބައިގަނޑެއް (ކޫފާއިން، މަދަނީ މަގުން އައި ރިވާޔަތާއި ޚިލާފަށް) އޮތުމުން، މިރިވާޔަތް (ނަބިއްޔު ﷺ ގެ ޙަދީޘް އެއް ކަމަށް ނިސްބަތްވުމާއި މެދު) ހާމަނުންކޮށް އޮތް ބަލިކަށިކަމެއް އޮވެމެ، ދެބަލިކަށިކަމެއް މީގައި އެކުލެވޭކަން ޘާބިތެވެ...“

އަދި އެހެންކަމުން އިމާމް ދާރަޤުޠްނީ ޞައްޙައީ މިގޮތް ކަމަށް ކަނޑައަޅުއްވައި، އަލްޙާފިޡު އިބްނު ޙަޖަރު އެކަން ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ޞަޙީޙް މުސްލިމް ގެ މިރިވާޔަތް މިކަމުގައި ދަލީލެއްގެ ގޮތުން ނުފުދެއެވެ. އަދި ޞައްޙައީ ޢިޖާބައިގެ ވަޤުތަކީ ހުކުރު ދުވަހުގެ އެންމެ ފަހު ސާޢަތުގައި ކަމެވެ — واللّٰه أعلم.
This media is not supported in your browser
VIEW IN TELEGRAM
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:

❞ ފަހެ ހަމަކަށަވަރުން ކުފުރާއި ފިސްޤު އަކީ ޝަރުޢީ ޙުކުމްތަކެކެވެ. ބުއްދި ބޭނުންކޮށް ގޮތްކަނޑައަޅޭ ޙުކުމްތަކުގެ ތެރެއިންނެއް އެޔެއް ނުވެއެވެ. އެހެންކަމުން ކާފަރަކީ، ﷲ އާއި އެއިލާހުގެ ރަސޫލު ކާފަރެއްކަމަށް ގެންނަވައިފިމީހެކެވެ. އަދި ފާސިޤަކީ ، ﷲ އާއި އެއިލާހުގެ ރަސޫލު ފާސިޤެއްކަމަށް ކަނޑައަޅުއްވައިފި މީހެކެވެ. އެއީ މުއުމިނެއް އަދި މުސްލިމަކީ، ﷲ އާއި އެއިލާހުގެ ރަސޫލު މުއުމިނެއް އަދި މުސްލިމެއް ގޮތުގައި ގެންނަވައިފި މީހަކަށް ވާފަދައިންނެވެ. އަދި ޢަދުލަކީ ﷲ އާއި އެއިލާހުގެ ރަސޫލު ޢަދުލެއްގޮތުގައި ކަނޑައެޅުއްވި އެއްޗެކެވެ. އަދި ލޭ މަޢުޞޫމު ވެގެންވަނީ، ﷲ އާއި އެއިލާހުގެ ރަސޫލު ލޭ މަޢުޞޫމު ކުރެއްވިބަޔެކެވެ. އަދި އާޚިރަތްދުވަހު އުފާވެރިވެގެންވާ މީހަކީ، ﷲ އާއި އެއިލާހުގެ ރަސޫލު އެމީހަކީ އާޚިރަތުގައި އުފާވެރިއެއްކަމަށް އަންގަވައިފި މީހެކެވެ. އަދި އެދުވަހު ގެއްލިނެތިވެގެންވަނީ، ﷲ އާއި ރަސޫލު، އެދުވަހުން ގެއްލިނެތިވެގެންވާކަމަށް ޚަބަރުދެއްވިމީހެކެވެ. އެހެންކަމުން މިކަން، އެކީ އެއްކޮށް، ޤާއިމުވެވެނީ ޝަރުޢުންނެވެ. (އެބަހީ ޝަރުޢީ ދަލީލުގެ މައްޗަށެވެ.) ❝

— މިންހާޖުއް ސުންނަތިއް ނަބަވިއްޔާ" (5/92)


~ ގަލަންދާނު
📌

Takfeer kurumakee Shar'ee hukumekeve. (ebahee Quran aai sunnathuge machchah, noonee nabiyyunge risaalathun egibayaan vaa echchekeve) Miee insaanaage sinkundin (عقل) akun noonee fitra (فطرة) in dheneganevey echcheh nooneve. Mu'tazilah aai khilaafah Ahlusunnathuge beyfulhunge bas fulhakee miee eve.
This media is not supported in your browser
VIEW IN TELEGRAM