➊
📚 ޝައްވާލު މަހުގެ ހަރޯދައިގެ މައްޗަށްވާ ޚުލާސާ
ހ. ދަލީލު
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ)
މާނައީ: "ރަމަޟާންމަހު ރޯދަހިފައި ދެން އެޔާވިދިގެން ޝައްވާލު މަހުން ހަދުވަހުގެ ރޯދަހިފައިފިމީހާ މުޅި އަހަރު ރޯދަހިފިފަދައެވެ."
(رواه مسلم في صحيحه: 1164)
ށ. މާނަ
އައްނަވަވީ ވިދާޅުވިއެވެ: "އަދި މިއަކީ އަހަރެއްގެ ރޯދަފަދައިން ވާ ސަބަބަކީ، ހެޔޮކަމަކީ އޭގެ ދިހަގުނަ ކަމުގައިވާތީއެވެ. އެހެންކަމުން ރަމަޟާން މަހަކީ ދިހަ މަސްފަދައެވެ. އަދި ހަ (ރޯދައަކީ) ދެމަސް ފަދައެވެ..." އަލްމަޖިލިސީ ވިދާޅުވިއެވެ: "އަދި އަޙްމަދާއި އެނޫން ބޭފުޅުންގެ އަރިހުން ރިވާވެފައިވާ ޘަޥްބާން ގެ ޙަދީޘްގައި މިމާނައެކުލެވެ އެވެ."
ނ. ޞައްޙަކަން
އައްޝެއިޚް މުޙައްމަދު ސާލިމް އަލްމަޖިލިސީ ވިދާޅުވިއެވެ:
"ހަދުވަހުގެ ރޯދަ، މިއީ އައްޝާފިޢީ އާއި އަޙްމަދު އަދި މަޛުހަބުތަކުގެ އަރައިތިއްބެވި ޢިލްމުވެރިން ކުރެން ބައިގަނޑެއް (ޝަރުޢު ވެގެންވާ އެއްޗެއް ކަމަށް) ދެކިލެއްވި ރައުޔެވެ. އަދި މާލިކް އެއަށް ނުރުއްސެވިއެވެ. އަދި މިއީ އަބޫ ޙަނީފާ އާއި އިސް ދަރިވަރު އަބޫ ޔޫސުފުގެ އަރިހުން ރިވާވެގެންވާ ގޮތެވެ. އަދި ޖުމްހޫރު ޢިލްމުވެރިން އެބޭފުޅުންނާއި މިކަމުގައި ޚިލާފުވިއެވެ.
އިބްނު ރުޝްދު ވިދާޅުވިއެވެ: ހަމަކަށަވަރުން މާލިކު ޝައްވާލުމަހުގެ ހަދުވަހުގެ ރޯދަ އަށް ނުރުއްސެވިއެވެ. [އެއީ އެހެންޏާ ރަމަޟާން މަހަށް ޙައްޤުނުވާ އެއްޗެއް އެއާއި ވިއްދާތީއެވެ. ނޫނީ އެ ޙަދީޘް އެކަލޭގެފާނާއި ހަމަޔަށް ނުފޯރާތީއެވެ. ނުވަތަ އެކަލޭގެފާނުގެ ގާތުގައި އެ ޞައްޙަ ނޫނީއެވެ. އަދި ބޮޑަށް ފާޅުވަނީ މިއެވެ. (ފަހުން މިބިނެވުނުގޮތެވެ).]
އަދި ޙާފިޡް އިބްނު ޢަބްދުލް ބައްރު ވިދާޅުވިއެވެ: "މާލިކު އަށް އެޙަދީޘް ނުފޯރައެވެ."
(އަލްމަޖިލިސީގެ ބަސްކޮޅު މިހިސާބަށް)
އަހަރެމެން ބުނަމެވެ: އޭގެ ސަނަދާއިމެދު ޢިލްމުވެރިން ކުރެ ބަޔެއް އަރިހުން ނަޒަރެއް ވެއެވެ. އެހެނަސް ޖުމްހޫރުންގެ ޤައުލަކީ އަދި އިމާމް މުސްލިމްގެ ޙުކުމަކީ ޞައްޙައެވެ. އެއީ ސަޢްދު ބިން ސަޢީދު މިރިވާ ކުރުމުގައި އެކަހެރި ނޫން ކަމާއި އަދި ގިނަގުނަ މަގަކުން ރިވާވެފައިވުމެވެ.
ރ. ވިދިވިދިގެންތޯ ވަކިވަކިންތޯ؟
ވިދިވިދިގެން ރޯދަތައް ހިފުން މޮޅުއިތުރެވެ. އަދި އެމަހުގެ ދެވަނަ ދުވަހުން ފެށުންވެސް މެއެވެ. އައްސަޢްދު ވިދާޅުވިއެވެ: "މިއީ އިބްނުލް މުބާރަކް ޚިޔާރުކުރެއްވިގޮތެވެ." އެއީ ހެޔޮކަންކަމަށް އަވަސްވެގަތުމަށްވާ އަމުރުގެ މަތީންނެވެ. އެއިލާހު سبحانه ވަޙީކުރެއްވިއެވެ: { وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ } "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ!..."
އަދި ވަކިވަކިން ހިފިޔަސް މައްސަލައެއް ނެތެވެ. އެހެނީ މިއީ ޙަދީޘްގެ ބަސްފުޅުން ޤަޞްދު ކުރެވޭ މާނައެވެ. (سِتًّا من شَوَّال) "ޝައްވާލު މަހުން ހަދުވަހުގެ ރޯދަ..." މިހެންނެވެ. އަދި އެހެންކަމުން ހޯމަދުވަހުގެ ރޯދަ ނޫނީ މަހުގެ ތިން ރޯދަ އާއި ވިއްދައިގެން ހިފައި ހަމަކުރެވިދާނެއެވެ.
އަދި މިފަދައިން، ދެޝެއިޚުން، އަލްމަޖިލިސީ އާއި އައްސަޢްދު ވިދާޅުވިއެވެ. އަދި އައްޠަރީފީވެސް އެވެ.
1/3

➋
ބ. ޤަޟާއު ކުރަން ރޯދަ ހުރެއްޖެ މީހާ
މިކަމުގައި ޢިލްމުވެރިން ދެބަސް ވެފައިވެއެވެ.
ފުރަތަމަ ރައުޔު:
އައްސަޢްދު، އަލްޢުލްވާން، އަލްމަޖިލިސީ އަދި ފަހުގެ ގިނަ ޢިލްމުވެރިންތަކެއް ވިދާޅުވެއެވެ: ހަރޯދަ ހިފުން ވަނީ ޤަޟާއު ކުރަން ހުރި ހުރިހާ ރޯދަޔެއް ހިފައި ހަމަކުރުމަށް ފަހުގައެވެ. މިކަމަށް ދަލީލު ކުރައްވަނީ ޙަދީޘްގެ ލަފްޡު: (مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ) "ރަމަޟާންމަހު ރޯދަހިފައި ދެން އެޔާވިދިގެން..." އެހެންކަމުން ރަމަޟާން މަހު ރޯދަ ހިފުނުކަމަށް ވާނީ އޭގެން ޤަޟާއުކުރަން ޖެހޭ އެއްޗެއް ހިފުމުން ކަމެވެ. އަދިވެސް ވިދާޅުވެއެވެ: "ސުންނަތް ރޯދަ އިސްކޮށް، ފަރުޟު ރޯދަ އަދާއު ކުރުން ފަސްނުކުރެވޭނެއެވެ."
ނިފާސްގެ ސަބަބުން ނުވަތަ އެނޫން ބައްޔެއްގެ ސަބަބުން އެމީހެއް ޤަޟާއު ކުރަން ޖެހޭ ރޯދަ، 22 ރޯދަ ނޫނީ 23 ރޯދަޔަށް ވުރެ ގިނަ ވެއްޖެމީހާ ދެން، އެރޯދަތައް ހިފައި ނިންމަނީނަމަ، ޝައްވާލު މަހުގެ 6 ރޯދަ އެމަސްތެރޭ ނުހިފޭމެއެވެ.
މިބުނެވުނު ރައުޔަށް ވިދާޅުވާ ބޭފުޅުން ތެރެއިން އެއްބަޔަކު ވިދާޅުވެއެވެ: "އެހެންވިޔަސް އެރޯދަތައް ފުރިހަމަ ކުރާނީއެވެ. އަދި 6 ރޯދަ ޛުލްޤައިދާ މަހާއި އެކު ފުރިހަމަ ކުރާނީއެވެ." އަދި މިކަމަށް ދަލީލުގެންނަވަނީ، މެންދުރު ނަމާދުގެ ސުންނަތް ނަބިއްޔާ ﷺ ޢަސުރު ފަހުން ކުރެއްވި ޙާދިޘާއެވެ. އެހެންކަމުން ޢުޛުރާއި ލައިގެން ރަވާތިބު ސުންނަތެއް އޭގެ ވަޤުތު ފާއިތުވުމަށް ފަހުގައިވެސް އަދާއު ކުރެވިދާނޭކަމެވެ. ޝަރުޠަކީ ޢުޛުރުއޮތުމެވެ. އަދި މުޅި ޝައްވާލުގައި ހިފައިގެންވެސް ފުރިހަމަ ނުވުމުން، ޛުލްޤައިދާ ގައި ނޫނީ އެއާއި އެކު، ހަރޯދަ ފުރިހަމަ ކުރެވިދާނޭކަމެވެ. މިފަދައިން އަލްޢުލްވާން ވިދާޅުވިއެވެ. އަދި މިއީ އައްސަޢްދުގެ ވެސް ރައުޔެވެ.
އެހެނަސް އަލްމަޖިލިސީ ޚިލާފުވެލެއްވިއެވެ:
"ޤަޟާއު ކުރަން ޖެހުފައިވާ މީހާ، އެކަން ކުރުމުން މަހުގެ 6 ދުވަސް (ޝައްވާލް ހަރޯދަ ހިފުމަށް) ބާކީ ނުއޮންނާނޭނަމަ، އޭނާ ޝައްވާލު މަހުގެ ހަރޯދައިގައި ހިފާށެވެ. ދެން ފަހުން ޤަޟާއު ރޯދަ ހިފާށެވެ. އެއީ ޤަޟާޢު ރޯދަ ވަޤުތުން ވަޤުތަށް ހިފުން ވާޖިބުކަމަށް ދަލީލު ނެތުމުންނެވެ. އެއީ ﷲ ގެ މިވަޙީ ބަސްފުޅުންނެވެ: { فَعِدَّةٌ مِّنْ أَيَّامٍ أُخَرَۗ } "އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ."
ދެވަނަ ރައުޔު
މިއީ ޖުމްހޫރު ޢިލްމިވެރިން ގެ ރައުޔެވެ. ވިދާޅުވެތެވެ: ރަމަޟާން މަހުގެ ރޯދަ ޤަޟާއު ކުރުމަށް ހުއްޓައި ސުންނަތް ރޯދަ ހިފުން ޖާއިޒެވެ. މިއީ ޙަނަފީންނާއި، މާލިކީންނާއި ޝާފިޢީންގެ ޤައުލެވެ. އަދި އެހެނަސް މަކުރޫހަ ކަމެއްނެތި ހުއްދަ ކަމަށް ދެކިލައްވަނީ މީގެ ތެރެއިން ޙަނަފީންނެވެ. އަދި މާލިކީންނާއި ޝާފިޢިން ވިދާޅުވަނީ: "އެކަން ޖާއިޒެވެ. އެހެނަސް މަކުރޫހައެވެ."
އަދި މިކަމުގެ ދަލީލަކީ (އިހު ބަޔާން ވެވުނު ފަދައިން) ރޯދަ ޤަޟާއު ކުރުން ވަޤުތުން ވަޤުތަށް ވާޖިބުވެގެން ނުވުމެވެ.
ޙަންބަލީން ދެކިލައްވަނީ، ރަމަޟާން މަހުގެ ރޯދަ ޤަޟާއު ކުރުމުގެ ކުރިން ސުންނަތް ރޯދަ ހިފުން ޙަރާމް ކަމެވެ. އަދި ޞައްޙައެއްވެސް ނުވާނެކަމަށެވެ.
އެބޭކަލުން ގެންނަވާ ދަލީލަކީ، އަޙްމަދު އަރިހުން ރިވާވެގެންވާ އަބޫ ހުރައިރާގެ ޙަދީޘެވެ: ﷲ ގެ ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިޔޭ: ކުއްތަންވުމުގެ ރޯދަ (އެބަހީ ސުންނަތް ރޯދަ) ހިފައިފި މީހެއް، އަދި ރަމަޟާން މަހުން ބާކީ އެއްޗެއް ޤަޟާއު ނުކޮށް އޭނާ އަށް އޮވެއްޖެނަމަ، އެރޯދަ ނުހިފާ ހިނދަކުން އޭނާކިބައިން ޤަބޫލުވެވިގެންނެއް ނުވެއެވެ." އެހެނަސް މިޙަދީޘް ޞައްޙައެއް ނޫނެވެ. އެއީ އިބްނު އަބީ ޙާތިމް ކަނޑައެޅުއްވި ފަދައިންނެވެ. އަދި އެއްލޮޅުމަށްވުރެ ގިނަ ލޮޅުން މީގެ ސަނަދުގައިވެއެވެ.
އަޙްމަދު އަރިހުން ދެން އައިސްފައިވާ ބަސްފުޅަކީ: "ސުންނަތް ރޯދަ ޤަޟާއު ރޯދަތަކަށް ވުރެ ކުރިން ހިފުން ޖާއިޒެވެ. އަދި ޞައްޙައެވެ." އަލްމަރަދާވީ "އަލްއިންޞާފު" ގައި ވިދާޅުވިއެވެ: ބޮޑަށް ޞައްޙައީ މިއެވެ.
އެހެންކަމުން، ރާޖިޙުއީ، ޖުމްހޫރުންގެ ބަސްފުޅެވެ. ﷲ ތަޢާލާގެ ވަޙީއިން ދަލީލުވާފަދައިންނެވެ:
{ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَۗ } [البقرة: 185] "އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ."
އަދި އެހެންކަމުން ވިދިވިދިގެން ނޫނީ ރަމަޟާން މަހާއި ސީދާ ވިއްދައިގެން އެ ޤަޟާއު ކުރުމަށް ﷲ ޝަރުޠުނުކުރައްވައެވެ. އަދި ކިއެއްހެއްޔެވެ؟ ޢާއިޝާ رضي الله عنها އަރިހުން އަލްބުޚާރީ އާއި މުސްލިމް ރިވާކުރެއްވިއެވެ: "ރަމަޟާން ބަހުން ރޯދައެއް ބާކީ އޮވެއްޖެ ނަމަ، ޝަޢުބާން މަހުގައި މެނުވީ ތިމަންކަމަނާއަށް އެ ޤަޟާއު ކުރުމަށް އަވަދިނުވެއެވެ."
ޙާޝިޔާތު އިޢާނަތުއް ޠާލިބީން (2 / 268) ގައިވެއެވެ: ޢުޛުރަކާއި ލައިގެން ވިޔަސް ފާއިތުވެފައިވާ ވާޖިބު ރޯދަ ޤަޟާއު ކުރުން ވާޖިބެވެ. އެބަހީ، ޢުޛުރަކާއި ނުލައިނަމަ ވަޤުތުން ވަޤުތަށެވެ. އަދި ޢުޛުރަކާއި ލައިގެން ނަމަ، އެމީހަކަށް ފަސޭހަ އިރެއްގައެވެ."
2/3

❸
ފުރަތަމަ ރައުޔުގެ ބޭކަލުން ދެބަސްވެ ވިދާޅުވެއެވެ: "އެހެނަސް ޝައްވާލުމަހުގެ ރޯދައިގެ އަޖުރު ލިބޭނީ ރޯދަމަހުގެ އެންމެހާ ރޯދައެއް ފުރިހަމަ ކުރީމައެވެ."
މިއީ ﷲ ވަޙީ ފުޅުކުރައްވައި ފަސޭހަ ކުރެއްވި ކަމެއް - އެބަހީ، ވާޖިބުރޯދަ އެހެން ދުވަސް ތަކެއްގައި ހިފުން - މީސްތަކުންގެ މައްޗަށް ހަނިކޮށްލުމެކެވެ. އަދި ޙަދީޘް ގެ މުރާދައަކީ ޢުޛުރަކާއި ލައިގެން ދޫކުރި ހުރިހާ ރޯދައެއް ހިފުން ލާޒިމުކުރުން ކަމުގައި ނުފެނެއެވެ.
އައްޠަރީފީ ވިދާޅުވިއެވެ: (ވާޖިބު ރޯދަ) ޤަޟާއު ކުރުމުގެ ކުރިން ހަ ރޯދަ ހިފުން ޖާއިޒެވެ. އެހެނީ ޢުޛުރަކާއި ލައިގެން ރަމަޟާން މަހުން އެއްޗެއް ދޫކޮށްފި މީހާ، އޭނާ އެމަހުގައި (އޭނާ އަށް ވާޖިބުވީ މިންވަރަށް) ރޯދަހިފިފަދައެވެ. އަދި އޭނާ ވަނީ ނަބިއްޔާ ﷺ ގެ މިބަސްފުޅުގެ ތެރޭގައި ޝާމިލުވެފައެވެ: "ރަމަޟާންމަހު ރޯދަހިފައި ދެން އެޔާވިދިގެން ޝައްވާލު މަހުން ހަދުވަހުގެ ރޯދަހިފައިފިމީހާ މުޅި އަހަރު ރޯދަހިފިފަދައެވެ." އަދި ޤަޟާއު ރޯދަތައް އޭނާ ފުރިހަމަކުރުމީ، (އެހެން ދުވަސް ތަކުގައި ކުރުމަށް) ޒިންމާއެއް ގޮތިގައި ދެމިއޮވެއެވެ."
ފައިދާއެއް
ބުނެވެއެވެ: ޝައްވާލު މަހުގައި ހަ ރޯދަ މުސްތަޙައްބުވެފައި ވަނީ އެކަން އަވަސް ކުރެއްވުމުގެ ގޮތުންނެވެ. މި ހަރޯދައިގެ ފަޟުލު އެހެން މަހެއްގައި ނުލިބޭނެތީއެއް ނޫނެވެ. އެހެންކަމުން ޙަދީޘް އިން އަންގައިދެނީ އަދަދުކަމެވެ. އަދި އޭގެ ފަޟުލު ޢާންމުވެގެންވާކަމެވެ. އެހެން މަސްތަކުންވެސް ޙާޞިލްވާނޭކަމެވެ. އަދި މިއީ މިޙަދީޘް ގެ ޝަރަޙައިގައި ޢައްނަވަވީ އާއި އެނޫން ބޭފުޅުން ވިދާޅުވާ ބަސްފުޅާއި ފުށުނާރާ ބުނުމެކެވެ. އެހެނީ 6 ރޯދައިގެ އަޖުރަކީ 10 ގުނަ، އެބަހީ 60 ދުވަސް ކަމާއި، އެއީ ދެމަސްކަމެވެ. އަދި މިއަޖުރު އެހެން މައްސަރުތަކުގައިވެސް ދެމިއޮވެއެވެ. އެހެނަސް ޙަދީޘް ގައި ހިއްވަރުދެއްވާފައިވަނީ ޝައްޥާލުކަމުން، އެމަހުގައި އެއަދާއުކުރުމުގެ މޮޅު އިތުރު ކަމުގެ މައްޗަށް ދެބަސްވުމެއްނެތެވެ. އެހެނަސް މި މޮޅުއިތުރުކަމަކީ އަވަސް ކުރުމުގެ މައްޗަށް ވާ އަޖުރެވެ. އަދި މިއީ ނަމާދު އޭގެ ކުރީ ވަޤުތުގައި ކުރުމާއި ފަސް ވަޤުތެއްގައި ކުރުން، އަދި މިފަދަ ކަންކަމުގައި އަޖުރު ތަފާތުވާފަދައިނެވެ. އެހެނަސް އަހަރުދުވަހުގެ އަޖުރު ނެތި ދިއުމެއް ނޫނެވެ.
______
މަސްދަރުތައް:
https://t.me/Aaalsaad7/413
https://t.me/elmejlisi/152
https://t.me/Suleiman_alAlwan/952
https://www.islamweb.net/ar/fatwa/3718
https://www.islamweb.net/ar/fatwa/3357
https://www.youtube.com/watch?v=rc5mtoty8y4&t=15

1/2
ޢިލްމުވެރިން މިރިވާޔަތުގެ ޞައްޙަކަމާއި މެދު ޚިލާފުވިއެވެ.
އައްޝައިޚުލް މުޙައްދިޘް، ޢަބްދުލް ޢަޒީޒް ބުނު އިބްރާހީމް އައްޚުޟައިރް ވިދާޅުވިއެވެ: ”ހަމަކަށަވަރުން ޤަބުރުގައި ފިއްތުމެއް ވެޔޭ، އެއިން އެއްވެސް މީހެެއް ނަޖާވާނޭނަމަ، ސަޢްދު ބުނު މުޢާޛު ނަޖާވީހޭ“ — މިޙަދީޘް މަޢްލޫލެވެ. (ނުސީދާ ބަލިކަށިކަންވެއެވެ.) އަދި ޝުޢްބާ ގެ މައްޗަށް އިސްނާދުގައިވާ ދެބަސްވުމުގެ ސަބަބުން ޞައްޙަވެގެން ނުވެއެވެ."
ޝެއިޚް ޚާލިދު، އަލްހަޔަކް ވިދާޅުވިއެވެ: "ތަފާތު ކޮޅުކޮޅުން މި ރިވާޔަތް އައިސްފައިވެއެވެ. އެހެނަސް (ބަލިކަށިކަމާއިމެދު) ބަހެއް ނުބުނެވޭ ވަރު އެއްވެސް އެއްޗެއްނުވެއެވެ. މިޙަދީޘް ޟަޢީފެވެ."
އަހަރެން ، ޝެއިޚް އަބޫ ޢަލީ އަލްޙަސަނީ އާއި ސުވާލުކުރީމެވެ: "ޤަބުރުގެ ފިއްތުން" މިބާބު ގައި އެއްވެސް އެއްޗެއް ޞައްޙަ ތޯއެވެ؟ ވިދާޅުވިއެވެ: "ނޫނެކެވެ."

2/2
މިބާބުގައި ޞައްޙަކަން ބަލިކަށީ ވަކިން ޚާއްޞަކޮށް ސަޢުދު ބުނު މުޢާޛް އާއި މެދު އައިސްފައިވާ ރިވާޔަތްތަކެވެ.
އެއަށްފަހު ބުނަމެވެ. ފެށުމުގައިވެސް ބުނިފަދައިން ބައެއް މުޙައްދިޘުން ޤަބުރުގެ ފިއްތުމާއި ބެހޭ ރިވާޔަތްތައް ޞައްޙަކުރައްވައެވެ. "ޢަޤީދަތުލް ވާސިޠިއްޔާ" ގެ ޝަރަޙައިގައި އައްޝައިޚް ސުލައިމާން އަލްޢުލްވާން ވިދާޅުވިއެވެ:
”ޤަބުރުގެ ފިއްތުން، ދެގޮތަކަށް ވެއެވެ:
1- މުއުމިނުންނަށް، މިކަން ޞައްޙަ ޙަދީޘް ތަކުން ޘާބިތެވެ. އަދި އައްޛަހަބީ ވަނީ އެ ޞައްޙަކުރައްވާފައެވެ. މިއީ މުއުމިނުންގެ ޚާޟިރުވުމާއިއެކު، ރަޙުމަތާއި ހެޔޮޚަބަރާއި އެކު ވެވޭ ފިއްތުމެކެވެ. އެއީ މަންމައަކު އެކަނބުލޭގެ ދަރި ފިއްތާލާފަދައިންނެވެ.
2 - ކާފަރުންނަށްވާ ފިއްތުން، މިތަފާތުވެގެން ވެއެވެ. މި ހިފުމުގައި ވަރުގަދަކަންވެއެވެ. އެހެނީ އެއީ ޢަޛާބުގެ ފިއްތާލެވުމެކެވެ.“
އަދިވެސް ވިދާޅުވިއެވެ: ”ސަޢުދު - رضي الله عنه - އަވަހާރަވުމާއި ގުޅިގެން، ރަޙްމާންވަންތަ އިލާހުގެ ޢަރުޝި ގުޑުމާއިމެދު ރިވާވެފައިވާ ޙަދީޘްތައް އެކަތި އަނެކައްޗަށް ބާރުދޭ ރިވާޔަތްތަކުގެ މަތިން (ޞައްޙަކަން) ބާރުވެރި ކުރުވައެވެ. އެނޫން ޙަދީޘްތައް (ސަޢުދު އާއިމެދު) ޘާބިތެއް ނޫނެވެ.“
އަހަރެން ބުނަމަމެވެ. މިކަން އެނގިއްޖެ މީހާ، ޤަބުރުގެ ފިއްތުން - މިކަމުގެ ރިވާޔަތްތައް ޞައްޙަ ވިޔަސް - މުއުމިނުންނަށް މިއީ ޢަޛާބެއް ނޫން ކަން ހާމަވެއެވެ. އަދި މިއީ ކައްވަޅުގެ ޢަޛާބާއި މުޅިން ދެކަމެކެވެ.
އެހެންކަމުން الله ގެ މަގުގައި ޝަހީދުވާ ފަރާތަކަށް އެއްވެސް އިތުރުތަދެއް ނޫނީ ބިރުވެރިކަމެއްނުވެއެވެ. އަދި ކައްވަޅުގެ ޢަޛާބުންވަނީ މިންޖުވެފައެވެ. މިއީ ޝަހީދަކަށް ދެއްވާ ޚާއްޞަ ނިޢުމަތެކެވެ. الله ގެރަސޫލާ ﷺ އާއި ސުވާލުވެވުނެވެ: އެބަޔެއްގެ ޤަބުރުތަކުގައި އެންމެހާ މުއުމިނުން އެހެނަސް ޝަހީދުން ފިޔަވައި ފިތުނަ ކުރެވެނީ ކީއްވެތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: « كَفَى بِبَارِقَةِ السُّيُوفِ عَلَى رَأْسِهِ فِتْنَةً » "އޭނާގެ ބޯމަތިންވާ ކަނޑީގެ ހޫރުން އޭނާއަށް ފިތުނައެއް ކަމުގައި ފުދިގެންވެއެވެ." މިއީ އައްނަސާއީ، ރާޝިދު ބުނި ސަޢްދު އަރިހުން ޞަޙާބީން ތެރެއިން ބޭކަލެއްފުށުން ރިވާކުރެއްވި ޙަދީޘެކެވެ.
ބުނެވެއެވެ: ހަމައެފަދައިން ވަޅުނުލެވޭ މީހުންވެސް ޤަބުރުގެ ފިއްތާލެވުމުން މިންޖުވުން މިންވަރުވެއެވެ. އައްސަފާރީނީ ވިދާޅުވިއެވެ: އަދި ވަޅުނުލެވޭ މީހުން، މިސާލަކަށް ޞަލީބު ކުރެވުނު މީހެއް ނުވަތަ އެފަދަ ގޮތެއްގައި (ވަޅުނުލެވިއްޖެ) މީހެއް، އޭނާއަށް ސުވާލުގެ ފިތުނަޔާއި ޤަބުރުގެ ފިއްތުމުން މިންޖުވުން މިންވަރުވެއެވެ. ކިތާބުއް ރޫޙު ގެ މުޙައްޤިޤު، އިމާމް، ވިދާޅުވިއެވެ: އެނގެންޖެހޭ އެއްޗަކީ، ޤަބުރުގެ ޢަޛާބަކީ، އެއީ ބަރުޒަޚުގެ ޢާލަމުގައިވާ އެއްޗެއް ކަމެވެ. އެހެންކަމުން މަރުވާ ކޮންމެ މީހެއްތެރެއިން، ޢަޛާބު ޙައްޤުވާ ކޮންމެ މީހެއް، ކައްވަޅެއް ވިޔަސް ނުވިޔަސް އޭނާއަށް ވާ (ޢަޛާބުގެ) މިންވަރު ލިބޭނެއެވެ. އެއީ ވަލުދޫނި އޭނާ ކައިހުސްކުރިޔަސް އެވެ. ނުވަތަ އަޅިޔަށް ވުމާއި ހަމައަށް އަދައިގެން ދިއަޔަސް އެވެ. ނުވަތަ ވަޔަށް ބުރައިގެން ދިއަޔަސް އެވެ. ނުވަތަ ކަނޑަށް ގެނބިގެން ދިއަޔަސް އެވެ. އޭނާގެ ރޫޙާއި ހަށިގަނޑަށް ކަށްވަޅުގައި ލިބޭންޖެހޭ ޢަޛާބު ފޯރާނެތެވެ. اهـ.
އެހެންކަމުން الله ގެ މަގުގައި ޝަހީދުވެ އަދި ވަޅުލެވޭނެ ޤަބުރެއްވެސް ނެތިއްޖެ މީހެއް ފަހެ ކޮންފަދައަކުން ހެއްޔެވެ؟ اللَّهُمَّ اجْعَلْنِي مِنْهُمْ...

Galandān ގަލަންދާނު
➋ އަދި ކޮންމެ ޝަހަރަކަށް އެއް ބަންގި ފުދިގެންވެއެވެ. އެއީ އެ ބަންގިން އެވެރިންނަށް އަޑުއިވޭނަމައެވެ. އިބްނު ޢަޤީލް ވިދާޅުވިއެވެ: "ކޮންމެ މަޙައްލާ އަކަށް (އެބަހީ: އަވަށަކަށް) އެއް ބަންގި ފުދެއެވެ. އަދި ބާކީ ތިބި މީހުން ޤަމަތް އެކަނި ދިނުން ފުދެއެވެ." އަދި…
🔻🔻🔻
ގޭގައި ނަމާދު ކުރާ މީހާގެ ބަންގި އާއި ޤަމަތުގެ ޙުކުމަށް ނަޒަރެއް (ދެވަނަ ބައި)
ގެއެއްގެ ތަފާތު ބައިތަކުގައި ނޫނީ ކައިރި ކައިރިކޮޓަރިތަކެއްގައި ކަރަންޓީނު ކުރެވިފައި ނޫނީ ހައްޔަރުކިރެވިފައިވާ ބަޔަކު އަޑުހަރުކޮށް ބަންގި ދިނުމާއި ބެހޭ ޚުލާޞާ.
ގޭތެރޭގައި ނަމާދު ކުރުމަށް ބަންގި ގޮވުމާއިމެދު ކުރިން އަހަރެމެން އަލި އަޅުވާލީމެވެ. އަދި އަލްމުޣްނީގެ މުއައްލިފު ވިދާޅުވެފައިވާ ފަދައިން އަޑު މަޑުކޮށްގޮވުން ހެޔޮވެގެންވެއެވެ.
އަދި މިއީ ބަންގި ގޮވުމަކީ ވާޖިބެއް ކަމަށް ދެކުނަސް އަދި ސުންނަތެއް ގޮތުގައި ދެކުނަސް މިދެރައުޔުއަށް ފުދޭ ފަހުމެކެވެ.
އަދި އަޑުބާރުކޮށް ގޮވުމުގެ މޮޅުއިތުރުކަން ބަޔާންވެފައިވާ ޙަދީޘް ގެ މުރާދަކީ ޞަހަރާއެއް ގައި ނޫނީ އެފަދަ ގޮތަކަށް މީހުންނާއި ވަކިން - މިސާލަކަށް ބަކަރި ހުއިހައްޕަން އުޅޭ މީހެއްގެ މައްޗަށް ކަމެވެ.
ބަޔަކު މިރައުޔުއާއި ދެބަސްވެދާނެއެވެ. މީގެ ރައްދަކީ ކޮންމެ މީހެއް އަޑުހަރުކޮށް ކިޔައި ބަންގިއަށް ތަބައުވާ މީހުން މަސްހުނިކޮށްލުން މިއީ ސުންނަތާއި އަދި ސަލަފުންގެ ޢަމަލާއި އަދި ފަހުމާއި ދުރު ގޮތެކެވެ. ވަކިންޚާއްޞަކޮށް އެބަންގިތަކުގެ އަޑު އެއްވަރަކަށް އިވި، އޮޅުން އަރާފަދަ ގާތްމިނުގައި ވާނަމައެވެ.
އަދި މިކަށް އިތުރަށް ބާރުދެނީ، ކޮންމެ ޝަހަރަކަށް އެއް ބަންގި ފުދިގެންވާކަމަށް އިމާމުން ވިދާޅުވެފައިވާ ބަސްފުޅެވެ. އަދި ދެބަންގި އެއް ދޭނަމަ ހުއްދަވާ ޙާލަތްތަކާއި، އަދި އެމަސްހުނި ނުކޮށް ވަކިވަކިން ދިނުމަށް ތަފްޞީލުގެންނެވިއެވެ.
އަލްމަރްދާވީ "އަލްއިންޞާފު" ގައި ވިދާޅުވިއެވެ:
ކޮންމެ ޝަހަރަކަށްވެސް އެއް ބަންގި ފުދެއެވެ. (އަޙްމަދު އަރިހުން) މިފަދައިން ރިވާވެފައިވެއެވެ. "އަލްފުރޫޢު" ގައިވެއެވެ: ”އަދި ބައިގަނޑެއް މިގޮތަށް ދެކިލެއްވިއެވެ. އަދި (އަޙްމަދުގެ) ދަރިވަރުންގެ ޖަމާއަތެއް ވިދާޅުވިއެވެ: އެވެރިންނަށް އަޑުއިވޭނަމަ އެއް ބަންގި ދޭ މީހެއް ފުދެއެވެ.“ އަލްމަޖްދު އާއި އިބްނު ތަމީމް އަދި އެނޫން ބޭކަލުން ވިދާޅުވިއެވެ: ”އެއީ ޢިލްމިވެރިން އެކަމުގައި ނިންމަވާ ގޮތެއްގައެވެ.“ އަދި "އަލްމުސްތަޥްޢިބް" ގައި ވިދާޅުވިއެވެ: ”އެކަކު ބަންގި ދިނުމުން އޭނާ އާއި އެކު ނަމާދުކުރާ މީހުންގެ މައްޗަށް އެކަން ކެނޑިގެން ދެއެވެ. އެހެނަސް އޭނާ އާއި އެކު ނަމާދު ނުކުރާ މީހުންނަކަށް ނޫނެވެ. އެއީ އެވެރިންނަށް އަޑު އިވުނަސް އެވެ. އެއީ ވަކިން ހުރި ފަރުދަކަށް ވިޔަސް އެވެ. ނުވަތަ ބަންގިދޭ މިސްކިތެއްގައި އޮތް ޖަމާޢަތަކަށް ވިޔަސް އެވެ. ނުވަތަ މިނޫން ގޮތެތަކަށް ވިޔަސް އެވެ.“
އަދި ބުނެވެއެވެ: (ޝަހަރެއްގައި) އެދެވިގެންވަނީ ދެމީހަކު ބަންގި ގޮވުމެވެ. މިފަދައިން "އަލްހާވިޔައިން" ގައި ކަނޑައެޅުއްވިއެވެ. "އަލްފުރޫޢު" ގައި ވެއެވެ: ”އެކަން ކަނޑައެޅުންވަނީ ހަމައެކަނި ފަތިސް ނަމާދަށެވެ. އެއީ ބިލާލް އާއި އިބްނު އުއްމު މަކްތޫމު ފަދައިންނެވެ. އަދި (ރައިޔުތަކުގެ ތެރެއިން) ޞައްޙަވެގެންވަނީ އެ(ވަގުތުގެ) ދެބަންގިއަށްވުރެ އިތުރު ކުރުން އެދެވިގެން ނުވެއެވެ.“ މިފަދައިން "އަލްމުޣްނީ" ގެ މުއައްލިފު އާއި އޭގެ ޝަރަޙަ ލިޔުއްވި ބޭފުޅާ އަދި އެނޫން ބޭފުޅުން އިޚްތިޔާރު ކުރެއްވިއެވެ. އަދި "އަލްފުރޫޢު" (ގެ މުއައްލިފު) އަދި އިބްނު ތަމީމް އަދި އެނޫން ބޭފުޅުން އެގޮތް ގެންނަވާފައި ވެއެވެ. އަލްޤާޟީ ވިދާޅުވިއެވެ: ”ޙާއްޖަތަކަށް މެނުވީ، ހަތަރެއްޗަށް ވުރެ އިތުރުކުރުން އެދެވިގެން ނުވެއެވެ. އެއީ ޢުޘްމާންގެފާނުގެ ޢަމަލާއި އެއްގޮތަށެވެ.“ (ފަތިސްގެ ދެބަންގީގެ އިތުރުން ހުކުރުގެ ދެބަންގި). އަދި "އަލްމުސްތަޥްޢިބް" އާއި "އައްރިޢާޔަތައިން" އަދި "އަލްޙާވިޔައިން" ގެ މުއައްލިފުން މިގޮތަށް ތަބައުވެލެއްވިއެވެ.
އަދި (މިގޮތުގައި ޝަހަރެއް ތެރޭ ބަންގި ދެވޭނަމަ) އެންމެ ރަނގަޅީ، އެކަކަށްފަހު އަނެކަކު ބަންގި ދިނުމެވެ. އަދި އެންމެ ފުރަތަމަ ބަންގި ދިން މީހާ (ބޮޑު ޖަމާޢަތުގެ) ޤަމަތް ދިނުމެވެ. އަދި އެކަކަށް (ބަންގީގެ އަޑު) ފޯރުކޮށް ނުދެވޭ ނަމަ، ޙާއްޖަތް ފުދޭވަރަކަށް (ބަންގި ދޭ މީހުން) އިތުރު ކުރާނީއެވެ. ކޮންމެ މީހަކަށް އޭނާ ހުންނަ ދިމާލަކުންނެވެ. ނުވަތަ ކޮންމެ މީހަކަށް ވަކިތަނަކުން (ބަންގި ދިނުމަށް) ކަނޑައަޅާނީއެވެ. އަދި އޭގެ ތެރެއިން އެކަކު (މިސްކިތު ބޮޑު ޖަމާޢަތުގައި) ޤަމަތްދިނުމަށް (ކަނޑައަޅާނީ) އެވެ.“ اهـ.

އަހަރެން ބުނަމެވެ: މިއީ ޝަހަރެއްގެ ތެރޭގައި، ވަކިމިސްކިތަކަށް ނޫނީ ބޮޑު ޝަހަރެއްނަމަ އޭގެން އަވަށް ތަކުގައި ވަކި މިސްކިތް ހުރެފައި، އެމިސްކިތުގެ ޖަމާޢަތަށް ބަންގި ގޮވުމަށް ބަޔާންވެވުނު ފިޤުހެވެ. އަދި މީހުންނަށް އެ ބަންގި ފޯރުކުރުކޮށް ދިނުމަށްޓަކައި ދެބަންގި ހުއްދަވިޔަސް ނޫނީ ހާއްޖަތަށް ބޭނުންވާ ވަރަކަށް އިތުރު ކުރިޔަސް، އެބަންގިތައް ވަކިކޮށް އެމަސްހުނި ނުކުރުމަށެވެ.
ވީމާ ޙާލަތުގެ ގޮތުން ގެއެއްގައި، ނުވަތަ ގެއެއްގެ އެކި ބައިތަކުގައި ނޫނީ އައިސޮލޭޝަން (އެކަހެރި) ކުރެވިފައިވާ ކަރަންޓީނު ފެސިލިޓީއެއް ނޫނީ ޖަލެއްގައިވާ މީހުން، އެބައިމީހުން އެތިބި ތަނެއްގައި ބަންގިދިނުން ވަނީ ކުރިން ލިޔުމުގައިވެސް ބަޔާން ކުރި ފަދައިން މަޑުންނެވެ. އަދި ބޮޑު ޖަމާޢަތުގެ ބަންގި ނީވޭ ހިސާބެއްގައިވަނީ ނަމަ، އެތަނުން އެކަކު އަޑު ހަރުކޮށް ބަންގި ގޮވުމަށް ކަނޑައެޅުން އެދެވިގެންވެއެވެ. الله أعلم.

🔺
އަލްވަލާއު (އެކުވެރިކަމާއި ވާގިވެރިވުން) ބިމުގެ މައްޗަށް ވީނަމަ، ނަބިއްޔާ ﷺ މައްކާ ދޫނުކުރެއްވީހެވެ.
ޤަބީލާއަށްޓަކައި ވީނަމަ، ޤުރައިޝުންނާއި ހަނގުރާމަ ނުކުރެއްވީހެވެ.
ޢާއިލާއަށްޓަކައި ވީނަމަ، އަބޫ ލަހަބުގެ ފުށުން ބަރީއަވެ ނުލެއްވީހެވެ.
އެހެނަސް <<ޢަޤީދާ>> ލެޔާއި ވެއްޔަށް ވުރެ މާ ލޮބުވެތި ވެގެންވެއެވެ.
~ގަލަންދާނު

This media is not supported in your browser
VIEW IN TELEGRAM
ސަމާލު: "PUBG މޮބައިލް" ނަމަކަށްކިޔާ ގޭމުގެ އެންމެފަހުގެ އަޕްޑޭޓުގައި "ބުދަށް އަޅުކަން ކުރުމުގެ ޝިރުކު" ހިމަނާފައިވާތަން ސިފަކޮށްދޭ ވީޑިއޯއެއް — نسأل الله السلامة والعافية.
📚 ގޭމެއްގައި ޞަރީޙަ ޝިރުކެއް ކުރުމުގެ ޙުކުމް:
”މުނިފޫހި ފިލުވުމާއި ކުޅިވަރުގައި ޞަރީޙަ ޝިރުކު ކުރުން، ޢިލްމިވެރިންވަނީ އެކަން ކުފުރުގެ ތެރޭ ކަނޑައަޅުއްވާފައެވެ — الله ޙަޟުރަތުން ސަލާމަތާއި ޢާފިޔަތަށް އަހަރެމެން އެދެމެވެ!
الله تعالى ވަޙީކުރެއްވިއެވެ:
( وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ ، لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ ) التوبة / 65 - 66)
”ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުއާލު ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ އާޔަތް ތަކާއި، އެކަލާނގެ ރާސޫލަށް ހެއްޔެވެ؟ (*) ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ! އީމާން ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަން އިލާހު ޢަފޫ ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަން އިލާހު އަޛާބު ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން މުޖުރިމުންކަމުގައި ވީކަމަށްޓަކައެވެ.“
އަލްޤާޟީ އަބޫ ބަކްރު ބުނުލް ޢަރަބީ ވިދާޅުވިއެވެ: ”އެވެރިން އެކީ އެއްޗެއް ކިއީ، މަޖަލަކާއި ނުލައި، ނޫނީ މަޖަލަކަށް ކަމުގައިވެސް ވެދާނެއެވެ. މިއިން ކޮންމެގޮތަކަށް ވިޔަސް، އެއީ ހަމަ ކުފުރެވެ. ކުފުރުން ޖޯކެއް ޖެހުމަކީ ކުފުރެކެވެ. މިކަމުގައި މި އުއްމަތުގެ ތެރޭ ޚިލާފެއް ނުވެއެވެ.“ أحكام القرآن ( 2/543 )
އެހެނަސް ގޭމެއްގައި ކުފުރު ކުރުމުން، ވަކިފަރުދަކަށް މިޙުކުމް ތަޢައްޔަން ކުރާނަމަ، ކުފުރުގެ ޝަރުޠުތަކަށް ބަލައި، އެ މަނާވަނިވި ކަމެއް ނުވޭތޯ ބަލަންޖެހޭނެއެވެ.“
މަޞްދަރު: ޝިރުކު އެކުލެވޭ އިލެކްޓުރޯނިކް ގޭމެއް ކުޅުމުގެ ޙުކުމް

”އިޢްލާމުލް މުޥައްޤިޢީން އަން ރައްބިލް ޢާލަމީން“ ގައި އިބްނުލް ޤައްޔިމް ބާބެއް ކަނޑައެޅުއްވިއެވެ:
_______
📚 ”އޭގެ އަހުލުވެރި ނޫން ފަރާތެއް ފުށުން ފަތުވާއެއް ނެރެއްޖެ މީހާ، ފާފަވެރިވެއްޖެއެވެ.“
ތިރީސް ތިންވަނަ ފައިދާ: މީސްތަކުންނަށް ފަތުވާ ދޭމީހާ، އަދި އެއީ ފަތުވާ ދިނުމަށް އަހުލުވެރި ނޫން މީހެއްނަމަ (އެބަހީ: ކަމުވޮށިގެން ނުވާ މީހެއްނަމަ)، ފަހެ އޭނާ އެހެރީ އުރެދި ފާފަވެރިވެފައެވެ. އަދި އޭނާ އެކަމަށް އައްޔަން ކުރީ ވަލިއްޔުލް އަމްރު ކަމުގައިވިޔަސް، އޭނާ ފާފަވެރިވެއެވެ.
އަބުލް ފަރަޖި ބްނުލް ޖައުޒީ - رَحِمَهُ اللَّهُ - ވިދާޅުވިއެވެ: ”ވަލިއްޔުލް އަމްރުއަށް ލާޒިމުވެގެންވަނީ އެފަދަމީހުން މަނައުކުރުމެވެ. އެއީ ބަނޫ އުމައްޔާ ކަންތައް ކުރިފަދައިންނެވެ. މިބައިމީހުންގެ މިސާލަކީ ދަތުރުވެރިންނަށް މަގުދައްކާ މީހެއްފަދައެވެ. އެހެނަސް އޭނާއަށް މަގު ނޭގެއެވެ. އަދި އެއީ މީސްތަކުން ނަށް ޤިބުލަ ދައްކަ ދޭ ލޯފަން މީހެއްފަދައެވެ. އަދި ބޭސްވެރިކަމުގެ ޢިލްމެއް ނެތި، އެހެނަސް މީސްތަކުންނަށް ބޭސްކުރާ މީހެއްފަދައެވެ. އަދި ކިއެއްހެއްޔެވެ؟ މިއެންމެނަށް ވުރެ އޭނާގެ ދަރަޖަ ނުބައިކަން ބޮޑެވެ. އަދި ބޭސްވެރިކަމުގައި ނުރަގަޅުކަން ހުރެއްޖެ މީހާ ބަލިމީހުންނަށް ފަރުވާދިނުމުން މަނައު ކުރުން ވަލިއްޔުލް އަމްރު އަށް ވާނަމަ، ދެން ފަހެ ޤުރުއާނާއި ސުންނަތް މަޢުރިފާ ނުވެ، ދީނުގައި ފިޤުހުވެރި ނޫން މީހެއް މަނައުކުރުން (އޭގެ މުހިއްމުކަން) ވަނީ ކޮންފަދައަކުންހެއްޔެވެ؟“
އަދި އަހަރެމެންގެ ޝެއިޚު (އިބްނު ތައިމިއްޔާ) - رَضِيَ اللَّهُ عَنْهُ - މިބައިމީހުންނަށް އިންތިހާ އިންކާރު ކުރައްވައެވެ. އަދި ވިދާޅުވާތީ އަހަރެން އަޑުއެހީމެވެ: ”މީގެ ތެރެއިން ބައެއް މީހުން އަހަރެން ގާތު ބުންޏެވެ: ”ތިމަން ފަތުވާ ދިނުމަށް އެކަށީގެންވާކަމަށް ދެކެމުހެއްޔެވެ؟“ އެހެންކަމުން އަހަރެން އޭނާއަށް ބުނީމެވެ: ”ބަނަސް ފިހާ މީހުންނާއި ކައްކާ މީހުންނައި އެކަށީގެން ވުންހެއްޔެވެ؟ ނޫނީ ފަތުވާ ދިނުމަށް ހެއްޔެވެ؟“
އަދި އިމާމް އަޙްމަދު އަދި އިބްނު މާޖާ، ނަބިއްޔާ ﷺ އަރިހުން މަރްފޫޢު ގޮތުގައި ރިވާ ކުރެއްވިއެވެ: «مَنْ أَفْتَى بِغَيْرِ عِلْمٍ كَانَ إثْمُ ذَلِكَ عَلَى الَّذِي أَفْتَاهُ» ”ޢިލްމަކާއި ނުލައި ފަތުވާ ދީފި މީހެއް، އެކަމުގެ ފާފަ ވަނީ އެފަތުވާ ދިން މީހެއްގެ ބޮލުގައެވެ.“
އަދި ދެ ޞަޙީޙް ގައި، ޢަބްދު الله ބުނު ޢަމްރު ބުނިލް ޢާޞް - رَضِيَ اللَّهُ عَنْهُمَا - ގެ ރިވާޔަތްތަކުން، ނަބިއްޔާ ﷺ އަރިހުން ވެއެވެ:
«أَنَّ اللَّهَ لَا يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنْ صُدُورِ الرِّجَالِ، وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ، فَإِذَا لَمْ يَبْقَ عَالِمٌ اتَّخَذَ النَّاسُ رُؤَسَاءَ جُهَّالًا؛ فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا»
”ހަމަކަށަވަރުން الله ޢިލްމު ހިއްޕަވަނީ މީސްތަކުންގެ މޭތަކުން އެނެތިކުރައްވައިގެނެއް ނޫނެވެ. އެހެނެއްކަމަކު އެއިލާހު ޢިލްމު ހިއްޕަވަނީ ޢިލްމުވެރިންގެ (މަރު) ހިއްޕަވައިގެންނެވެ. އެހެންކަމުން އެއްވެސް ޢިލްމިވެރިޔެއް ނެތުމުން، ޖާހިލުންނީ އެވެރިންގެ ބޮޑުންގޮތުގައި މީސްތަކުން ނަގައެވެ. ސުވާލުވެވި، ޢިލްމެއްނެތި ފަތުވާދީ، މަގުފުރައްދައި މަގުފުރެދެއެވެ.“
އަދި މަރްފޫޢުކޮށް އައިސްފައިވާ އަޘަރެއްގައި، އަބުލް ފަރަޖް އާއި އެނޫން ބޭފުޅުން ޛިކުރު ކުރެއްވިއެވެ: «مَنْ أَفْتَى النَّاسَ بِغَيْرِ عِلْمٍ لَعَنَتْهُ مَلَائِكَةُ السَّمَاءِ وَمَلَائِكَةُ الْأَرْضِ» ”ޢިލްމަކާއި ނުލައި މީސްތަކުންނަށް ފަތުވާދޭ މީހާކަށް، އުޑުގެ މަލާއިކަތުންނާއި ބިމުގައިވާ މަލާއިކަތުން ލަޢުނަތްދެއެވެ.“
- ނުނިމޭ -

އަދި މާލިކު - رَحِمَهُ اللَّهُ - ވިދާޅުވެއެވެ: "ކަމަކާއިމެދު ސުވާލުވެވިއްޖެ މީހާ، އޭނާ އެއަށް ޖަވާބު ދިނުމުގެ ކުރިން، އޭނާގެ ނަފްސު ޖަންނަތާއި ނަރަކަ އަށް ހުށަހަޅައި، އޭނާގެ ނިންމުން ޤިޔާމާތްދުވަހު ވަނީ ކިހިނަކުންތޯ ބަލަންޖެހޭނެއެވެ. ދެން އެކަމުގައި ޖަވާބުދޭށެވެ." (އަދި މިއީ އެކަމުގެ އަހުލުވެރިންގެ ވާހަކައެވެ.)
އަދި އެކަލޭގެފާނާއި ކަމަކާއި ސުވާލުވެވުމުން ވިދާޅުވިއެވެ: ”އަހަރެންނަކަށް ނޭގެއެވެ.“ އެހެންކަމުން އެކަލޭގެފާނަށް ވިދާޅުވެވުނެވެ: ”މިއީ ވަރަށް ލުއި އަދި ފަސޭހަ މައްސަލައެކެވެ.“ ދެން ކޯފާއިސްކުރެއްވިއެވެ. އަދި ވިދާޅުވިއެވެ: ”ޢިލްމުގައި ލުއި އެއްވެސް އެއްޗެއް ނުވެއެވެ. اللَّهِ عَزَّ وَجَلَّ މިވަޙީ ބަސްފުޅު އަޑެއް ނާހަމުހެއްޔެވެ: {إِنَّا سَنُلْقِي عَلَيْكَ قَوْلا ثَقِيلا} [المزمل: ٥] "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ." އެހެންކަމުން ޢިލްމު އަކީ އޭގެ އެންމެހާ އެއްޗެއް ބަރުވެގެންވާ އެއްޗެކެވެ. އަދި ވަކިން ޚާއްޞަކޮށް އެއަކީ އޭނާ އާއި ޤިޔާމަތްދުވަހުން ސުވާލުވެވޭނޭ އެއްޗެކެވެ.“
އަދިވެސް ވިދާޅުވިއެވެ: ”މިކަމުގައި އަހުލުވެރިވެގެން ވާކަމަށް ހަތްދިހަ ބޭފުޅެއް އަހަރެންގެ މައްޗަށް ހެކިވެނުލައްވަނީސް ފަތުވާ ދެއްވަން ނުފައްޓަވަމެވެ.“
އަދިވެސް ވިދާޅުވިއެވެ: ”އޭނާއަށް ވުރެ ޢިލްމުވެރި މީހެއްގާތު އެހުމުގެ ކުރިން، މިވަނި ކަމަކަށް ތިބާ އަހުލުވެރިވެގެންވާ ކަމަށް އެއްވެސް މީހެއް ދެކިގެން ނުވާނެއެވެ. އަދި ރަބީޢަތު އާއި ޔަޙްޔާ ބުނު ސަޢީދު އަރިހުން އެއްސެވުމަށް ފަހު މެނުވީ އަހަރެންނެއް ފަތުވާދޭން ނުފަށަމެވެ. އަދި އެބޭފުޅުން މިކަމަށް (ހުއްދަދެއްވައި) އަމުރުކުރެއްވިއެވެ. އެބަޭފުޅުން އަހަންނަށް ނަހީ ކުރެއްވިނަމަ، އެކަން ނިންމަވާލެއްވީމުހެވެ.“
އަދިވެސް ވިދާޅުވިއެވެ: ”އަދި ފަހެ الله ގެ ރަސޫލު ﷺ ގެ އަޞްޙާބުން މައްސަލަތައް (ނިންމެވުމުގައި) ބުރަވެވަޑައިގެން ވާނަމަ، އަދި އޭގެ ތެރެއިން އެއްވެސް ބޭކަލެއް އެބޭކަލެއްގެ ޞާހިބެއްގެ ރައުޔު ނުދަނެ ޖަވާބެއް ނުދެއްވާނަމަ — އަދި މިއީ އެބޭފުޅުންނަށް ރިޒުޤުވި ތެދުމަގާއި ތައުފީޤާއި ޠާހިރުކަމާއި އެކުގައިކަމަށް ވާ އިރު — އެހެންވެއްޖެނަމަ ފާފައާއި ކުށުން ފޯވެފައިވާ އަހަރެމެންނަށް އަދި ފަހެ ކޮބައިހެއްޔެވެ؟“
އަދި އެކަލޭގެފާނު - رَحِمَهُ اللَّهُ - އާއި ކަމަކާއިމެދު ސުވާލުވެއްޖެތަ، ޖަންނަތާއި ޖަހަންނަމަ ދެމެދު ހުންނަވާ ފަދައެވެ.

ޢަޠާއު ބުނު އަބޫ ރަބާޙު ވިދާޅުވިއެވެ: "ބައެއް މީސް މީހުންނާއި އަހަރެން ދިމާވިއެވެ. އޭގެތެރެއިން ބޭކަލަކާއި، ކަމަކާއި މެދު ސުވާލިވެވިއްޖެތަ، ވާހަކަދައްކަވާހިނދު ތުރުތުރު އަޅުއްވައެވެ."
އަދި ނަބިއްޔު ﷺ އާއި ސުވާލުވެވުނެވެ: "ބިމުގައި އެންމެ ނުބައީ ކޮންތަނެއްތޯއެވެ؟" ޙަދީޘް ކުރެއްވުއެވެ: «لَا أَدْرِي حَتَّى أَسْأَلَ جِبْرِيلَ» "ޖިބްރީލް އަރިހުން ސުވާލު ނުކުރައްވައެއް، ތިމަން ކަލޭގެފާނަކަށް ތިއެއް ނޭގެއެވެ." އެކަމާއި ސުވާލު ކުރެއްވިއެވެ. ދެން ޙަދީޘް ކުރެއްވިއެވެ: «أَسْوَاقُهَا» "އެބިންތަކުގެ މާރުކޭޓުތަކެވެ."
އަލްއިމާމު އަޙްމަދު ވިދާޅުވިއެވެ: "ފަތުވާ ދިނުމަށް އެމީހެއްގެ ނަފްސު ހުށަހަޅައިފި މީހެއް، އޭނާގެ ނަފްސު ބޮޑުވެގެންވާ ކަމެއްގެ ތެރެއަށް ލައިފިއެވެ. އެހެނަސް އިތުރުގޮތެއްނެތް ޟަރޫރަތެއްގައި މެނުވީއެވެ."
އަދި އައްޝަޢްބީ އާއި ކަމަކާއި މެދު ސުވާލުވެވުނެވެ. ވިދާޅުވިއެވެ: "އަހަންނަކަށް ނޭގެއެވެ." ބުނެވުނެވެ: "އިރާޤުގެ އަހުލުންގެ ފިޤުހުވެރިޔާ ކަމަށް ވާހިނދު، ނޫނެކޭ ބުނަން ތިބާ ލަދުވެތިއެއް ނުވަމުހެއްޔެވެ؟" އެހެންކަމުން ވިދާޅުވިއެވެ: "އެހެނަސް މަލާއިކަތުން މިހެން ވިދާޅުވި ހިނދު ލަދުވެތިއެއް ނުވެއެވެ: {لا عِلْمَ لَنَا إِلا مَا عَلَّمْتَنَا} [البقرة: ٣٢] "އިބަ އިލާހު އުނގަންނަވައި ދެއްވި އެއްޗެއް މެނުވީ އަހަރެމެންނަށް އެކަމެއްގެ ޢިލްމެއް ނުވެއެވެ."
ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވެއެވެ: "އަހަންނަށް ނޭގެއޭ" ބުނަން ތިބާ ދަސްކުރާށެވެ. އެހެނީ ތިބާ "އަހަންނަށް ނޭގެއޭ" ބުނެފިނަމަ، ތިބާއަށް އެގެންދެން އުނގަންނައިދެވޭނެއެވެ. އަދި ތިބާ "އަހަންނަށް އެނގެޔޭ" ބުނެފިނަމަ، ތިބާ އަށް ނޭގުމާއި ހަމައަށް ސުވާލުވެވޭނެތެވެ."
ޢުތުބަތު ބުނު މުސްލިމް ވިދާޅުވިއެވެ: "އިބްނު ޢުމަރު އާއި އެކު ތިރީސް ހަތަރު މަސް ވަންދެން އަހަރެން އަޞްޙާބުވެ ހުރީމެވެ. އެކަލޭގެފާނަށް ސުވާލުވެވޭ ގިނަފަހަރެއްގައި ވިދާޅުވެއެވެ: "އަހަރެންނަކަށް ނޭގެއެވެ."
އަދި ސަޢީދު ބުނުލް މުސައްޔިބު، ގާތްގަނޑަކަށް އެއްވެސް ފަތުއާއެއް ވިޔަސް އަދި އެއްޗެއްވެސް މިހެން ދުޢާ ނުކުރައްވައި ވިދާޅުނުވެއެވެ: اللَّهُمَّ سَلِّمْنِي وَسَلِّمْ مِنِّي "ޔާ الله އަހަރެން ރައްކައުތެރި ކުރައްވާށިއެވެ . އަދި އަހަރެންގެ ފުށުންވެސް ރައްކައުތެރި ކުރައްވާށެވެ."
އިބްނު އަބީ ލައިލާ ވިދާޅުވިއެވެ: "الله ގެ ރަސޫލު ﷺ ގެ އަޞްޙާބުންކުރެން 120 އަންޞާރިއްޔަ ބޭފުޅުންނާއި އަހަރެން ބައްދަލުވިއެވެ. އެއިން އެއް ބޭފުޅެއް ގާތު މައްސަލައަކާއި މެދު ސުވާލުވެވިއްޖެނަމަ، އެއިން އެހެން ބޭފުޅަކަށް ދެން އެބޭފުޅެއް އަނެއްބޭފުޅަކަށް ރައްދުކުރައްވައެވެ. އެއީ އޭގެ ތެރެއިން އެންމެ ފުރަތަމަ ސުވާލުވެވުނު ފަރާތަށް އެނބުރި އައުމާއި ހަމައަށެވެ. ވާހަކައެއްދައްކަން އެދެވިއްޖެނަމަ ނޫނީ ކަމަކާއިމެދު ސުވާލެއްވިޔަސް ކުރެވިއްޖެނަމަ، އެބޭފުޅެއްގެ އަޚު އެކަމުގައި އެބޭފުޅެއްގެ މައްޗަށް ފުއްދައިދިނުމަށް ލޯބިނުކުރައްވާ އެއްވެސް ބޭކަލެއް އޭގެތެރޭގައި ނުވެއެވެ."
އަބުލް ޙުޞައިން އަލްއަސަދީ* ވިދާޅުވިއެވެ: "ތިޔަބައިމީހުން މައްސަލައެއްގައި (ފަސޭހައިން) ފަތުވާ ދޭއިރު، އެއީ އެފަދަ މައްސަލައެއް ޢުމުރު ބުނުލް ޚައްޠާބު އާއި ހަމަޔަށް ފޯރިނަމަ، އެއަށްޓަކައި ބަދުރު (ހަނގުރާމައި)ގެ ބައިވެރިން އެއްކުރައްވާނޭ ވަރު ކަންކަމެވެ."
-----
*ބައެއް ޗާޕުގައި: "އަބުލް ހުސައިން އަލްއަޒްދީ" މިހެން.

އަދި އަލްޤާސިމު ބުނު މުޙައްމަދު އާއި ކަމަކާއިމެދު ސުވާކުވެވުނެވެ. އެހެންކަމުން ވިދާޅުވިއެވެ: "އަހަންނަކަށް ތިކަންތައް އެހާރަނގަޅަކަށް ނޭގެއެވެ." ސުވާލު ކުރިމީހާ އެކަލޭގެފާނުގާތު ދެންނެވިއެވެ: "އަހަރެން މިއައީ ކަލޭގެފާނުގާތަށެވެ. އަހަންރެންނަށް ތިނޫން ބޭކަލެއް ނޭގެއެވެ." އަލްޤާސިމް ވިދާޅުވިއެވެ: "އަހަރެންގެ ތުނބުޅީގެ ދިގުމިނަށް ނުބަލާށެވެ. އަދި އަހަރެން ވަށައިގެން ތިބި މީހުންގެ (ދަރިވަރުންގެ) ގިނަކަމަށްވެސް ނުބަލާށެވެ. اَللَّه ގަންދީބުނަމެވެ. އަހަރެންނަށް ތިމައްސަލަ ރަނގަޅަކަށް ނޭގެއެވެ." ދެން އެބޭކަލަކާއި ޖެހިގެން އިށީނދެހުރި ޤުރައިޝުންގެ މުސްކުޅިއެއް ދެންނެވިއެވެ: "އޭ އަހަރެންގެ އަޚާގެ ދަރިއެވެ. އެއަށް ޖަވާބެއްދީބަލާށެވެ. الله ގަންދީ ބުނަމެވެ. އަހަރެމެންގެ މިޔަދުގެ މަޖިލިހުގައި ކަލޭގެފާނަށްވުރެ ގަދަރުވެރި ބޭފުޅެއް ނުދެކެވެ." ދެން އަލްޤާސިމް ވިދާޅުވިއެވެ: "الله ގަންދީ ބުނަމެވެ. އެކަމަކާއިމެދު އަހަރެންނަށް ޢިލްމެއް ނެތް ކަމެއްގައި ވާހަކަދެއްކުމަށް ވުރެ، އަހަރެންގެ ދޫ ބުރިވުންވެސް އަހަރެންނަށް މާ ލޮބުވެތިވެގެން ވެއެވެ."
އަދި ސަލްމާން (އަލްފާރިސީ)، އަބުއް ދަރްދާއު - رَضِيَ اللَّهُ عَنْهُمَا - އަށް ލިޔުއްވިއެވެ - އަދި އެދެބޭފުޅުންގެ ދެމެދު އުޚުއްވަތްތެރިކަން ވިއެވެ : "އަހަރެންނާއި ހަމައަށް ފޯރާފައިވާ ގޮތުން ތިބާ ޑޮކްޓަރެއް ކަމަށް އައްޔަންވެވިއްޖެއެވެ. ވީމާ ވަގު-ޑޮކްޓަރަކަށް ވުމުން ރައްކާތެރިވާށެވެ. ނުވަތަ މުސްލިމެއް މަރާލުމާއިމެދުގައެވެ."
އެހެންކަމުން އެކަލޭގެފާނު (އަބުއް ދަރްދާއު) ގާތަށް ދެމީހަކު އަތުވެ، ބައެއްފަހަރު އެދެވެރިން ދެމެދު ނިޔާ ކަނޑަ އެޅުއްވުމަށްފަހު ވިދާޅުވެއެވެ: "އަހަރެން ގާތަށް އަލުން އަންނާށެވެ. الله ގަންދީއެވެ. ވަގު-ޑޮކްޓަރެކެވެ! ތިދެވެރިންގެ ޤަޟިއްޔާ އަލުން ޢިޔާދަކުރާނަމެވެ."
ނިމުނީ.
___________
މަޞްދަރު: إعلام الموقعين عن رب العالمين، دار الكتب العلمية، ج4 ص. 166 - 168
~ ގަލަންދާރު

📚 ނަމާދުގައި އަމިއްލަ ދުޢާ ކުރުމުގެ ޙުކުމް
(ފުރަތަމަ ބައި)
~ ގަލަންދާރު
https://justpaste.it/amilla_dhua
🔺
(ފުރަތަމަ ބައި)
~ ގަލަންދާރު
https://justpaste.it/amilla_dhua
🔺