Galandān ގަލަންދާނު
2.38K subscribers
757 photos
67 videos
106 files
1.15K links
ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް
Notes by, ibn Fahmī Dīdī عفا الله عنه
Friends & family
🤖 Contact: @galandan_bot
🌐 English: @galandaan
Download Telegram
This media is not supported in your browser
VIEW IN TELEGRAM
🌿

الحمد لله ، اللهم ارحم علماءنا، ودعاتنا، ومشايخنا، وأئمتنا، وكل من له فضلٌ على أمة المسلمين بعدك يا رب! 


📌 ސަލާމް ގޮވުމުގެ އެންމެ މޮޅު އިތުރުގޮތް

وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا (86)

ﷲ تعالى ވަޙީ ކުރެއްވިއެވެ:

وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا۟ بِأَحْسَنَ مِنْهَآ أَوْ رُدُّوهَآۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ حَسِيبًا

ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.

އަލްޤުރުޠުބީ މިއާޔަތުގެ ތަފްސީރުގެ ދަށުން ވިދާޅުވިއެވެ:

”ތިންވަނައަށް: އެއިލާހު تعالى ގެ ވަޙީ: فَحَيُّوا۟ بِأَحْسَنَ مِنْهَآ (އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ!) ނުވަތަ (އެނޫން އިބާރާތަކުން ނަމަ) އެއަށްއިތުރުކޮށް އެއަށްވުރެ ހެޔޮ ރައްދަކުން އެއަށް ރައްދުދޭށެވެ. އެހެންކަމުން سَلَامٌ عَلَيْك އޭ ބުނެފި މީހަކަށް عَلَيْك السَّلاَمُ وَرَحْمَةُ اللهِ އޭ ބުނާށެވެ. އަދި سَلَامٌ عَلَيْك وَرَحْمَةُ اللهِ އޭ ބުނެފިނަމަ، (ޖަވާބުގައި) އެއަށް "وَبَرَكَاتُهُ" އިތުރު ކުރާށެވެ. އަދި އެންމެ މަތީ މިންވަރަކީ މިއީއެވެ. ވީމާާމިއަށް އިތުރުކުރުމެއް ނުވެއެވެ. މާތްވެގެންވާ ގެކޮޅާއިމެދު ޚަބަރު ދެއްވަމުން ﷲ تعالى ވަޙީ ކުރެއްވީ رَحْمَةُ اللهِ وَبَرَكَاتُهُ (ﷲގެރަޙުމަތާއި އެއިލާހުގެ ބަރަކާތް ތިޔަބައިމީހުންނަށް ހުއްޓެވެ.) އަދި މީގެ މައްޗަށްވާ ތަފްސީލު ކުރިޔަށް އަންނާނެއެވެ. إن شاء الله تعالى. މީގެ ލަނޑުދަނޑި އަކީ ސަލާމް ފުރިހަމަ ކުޅައުމެވެ. އަދި ތިބާގެ ރައްދުގައު އެންމެ ފުރަތަމަ ކަލިމާގައި و އެއް އިތުރުވެފައިވެއެވެ. އެހެނީ ތިބާ ބުނީ: وَعَلَيْكُمُ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ އެވެ. އަދި ތިބާ އަށް السَّلاَم عَلَيْك އޭ ބުނާ މީހާ އަށް ރައްދުވަނީ އެއާއި އެއްފަދައިން عَلَيْك السَّلاَم... އިން ނެވެ. އެހެނަސް އެދެވިގެންވަނީ މުޅި ސަލާމް އެކީ އެއްކޮށް ޖަމާޢަތުގެ ލަފުޒުން ވުމެވެ. އެއީ ސަލާމް ގޮވެނީ އެންމެ މީހަކަށް ކަމުގައި ވިޔަސް އެވެ. އިބްރާހީމް އައްނަޚަޢީ އަރިހުން އަލްއަޢްމަޝް ރިވާކުރެއްވިއެވެ: ”އެކަކަށް ސަލާމް ގޮވާނަމަ، السَّلاَمُ عَلَيْكُمْ އޭ ގޮވާށެވެ. އެހެނީ އޭނާ އާއި އެކު މަލާއިކަތުން ވޮޑިގެން ވެއެވެ.“ ހަމަ އެފަދައިން އޭގެ ޖަވާބުވެސް ވާންޖެހޭނީ ޖަމްޢު ގޮތުގައެވެ. އިބްނު އަބީ ޒައިދު ވިދާޅުވި އެވެ: ”މުސްލިމަކު السَّلاَمُ عَلَيْكُمْ އޭ ބުނެއެވެ. އަދި އެއަށް ރައްދުދޭ މީހާ وَعَلَيْكُمُ السَّلاَمُ އޭ އެވެ.“ ނުވަތަ، އޭނާ ބުނި ފަދައިން السَّلاَمُ عَلَيْكُمْ އޭނާ އަށް ބުނާށެވެ. އެކަލޭގެފާނުގެ ބަސްފުޅުގެ މާނައަކީ މިއެވެ. ނުވަތަ އެއަށް ރައްދު ދޭށޭ އަދި ތިބާގެ ރައްދުގައި (ޖަމްޢު ނޫންކޮށް) سَلَامٌ عَلَيْك އޭ ނުބުނާށެވެ.“ اهـ .

މިގޮތުން ޢިލްމުވެރިންގެ ތެރެއިން ޖަމާޢަތެއް ސަލާމް ގޮވުމުގެ އެންމެ މޮޅުއިތުރު ގޮތަކީ ވަކި ފަރުދަކަށް ވިޔަސް، ޖަމްޢު ކޮށް السَّلاَمُ عَلَيْكُمْ... (م އެކުލެވޭހެން) ކަމަށް ވިދާޅުވެފައިވެއެވެ.


އިމާމް އައްނަވަވީ ވިދާޅުވިއެވެ: ދަންނާށެވެ. އެންމެ މޮޅު އިތުރީ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ އޭ މުސްލިމު މީހާ ބުނުމެވެ. ވީމާ ސަލާމް ގޮވެނީ އެންމެ މީހަކަށް ވިޔަސް އެގެނެވެނީ ޖަމްޢުގެ ޟަމީރުގައެވެ. އަދި ޖަވާބު ދޭ މީހާ ބުނުން ވަނީ وَعَلَيْكُمُ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ އެވެ. އަދި "و އަލްޢަޠަފް" އޭނާގެ ބަަސް وعليكم... ގައި އެކުލަވައެވެ. އަދި އިސްވެ ސަލާމް ގޮވާ މީހާ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ އޭ ގޮވުމީ މޮޅުއިތުރު ގޮތްކަމަށް ކަނޑައެޅުއްވި ބޭކަލުން ތެރޭގައި، ބޮޑު ޤާޟީ، އަލްއިމާމް އަބުލް ޙަސަން އަލްމާވަރްދީ އެކަލޭގެފާނުގެ ފޮތް "އަލްޙާވީ" ގެ "އައްސިޔަރު" ގެ ފޮތުގައެވެ. އަދި އަހަރެމެންގެ (ޝާފިޢީންގެ) އަޞްޙާބުން ކުރެ އަލް-އިމާމް އަބޫ ސަޢީދު އަލްމަތޫލީ "ޞަލާތުލް ޖުމްޢަ" ފޮތުގައެވެ. އަދި އެދެބޭފުޅުން ނޫން ބޭފުޅުންވެސްމެއެވެ. اه‍ـ. (الأذكار النووية ٢٤٣)


=


އަދި ހަނަފީންގެ الفتاوى الهندية (ޞ. 401) ގައި ވެއެވެ:

”އެންމެ މީހެއްމައްޗަށް ސަލާމް ގޮވާ މީހަކަށް އެދެވިގެންވަނީ، ޖަމާޢަތަކަށް ގޮވާ ލަފުޒުން ސަލާމް ގޮވުމެވެ. އަދި ޖަވާބުވެސް ހަމަ އެފަދައިންނެވެ. "އައްސިރާޖިއްޔާ" ގައި މިފަދައިން ވެއެވެ. އަދި މުސްލިމު މިހާއަށް އެންމެ މޮޅު އިތުރީ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ ކިޔުމެވެ. އަދި ޖަވާބުދޭ މީހާވެސް އެފަދައިން އެއަށް ރައްދުދިނުމެވެ.“ اهـ. ( ސިރާޖިއްޔާ އަކީ އިމާމް ސިރާޖުއްދީން އަބޫ ޠާހިރު އައްސަޖާވަންދީ އަލްޣަޒްނަވި އަލްޙަނަފީ ގެ ފޮތެކެވެ.)

އަދި މިއީ މިކަމަށް ނައްސުން ދަލީލުވާ ކަމެކެވެ. އައްތިރުމިޛީ ޙަސަން ޞަހީހް ކަމަށް ކަނޑައަޅުއްވައި ރިވާކުރެއްވި ދިގު ޙަދީޘެއްގައި ވެއެވެ: «...‏إِذَا لَقِيَ الرَّجُلُ أَخَاهُ الْمُسْلِمَ فَلْيَقُلِ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ ‏"...» (މީހަކު އޭނާގެ މުސްލިމު އަޚަކާއި ބައްދަލުވެއްޖެ ހިނދު، ފަހެ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ އޭ ގޮވާށެވެ.) އަދި މިއީ ވަކިފަރުދަކަށް ޖަމްޢުކޮށް މުޚާޠަބު ކުރުމުގެ ވަސިއްޔަތެކެވެ. އަދި އެހެންމެ، އަލްޙާކިމް ރިވާކުރެއްވި ޖާބިރު ބުނު ސަލީމް އަލްހުޖައިމީ ގެ ރިވާޔަތުގައި، އިސްވެ ސަލާމް ގޮވާލެއްވި ހިނދު عَلَيْكَ السَّلَام ވިދާޅުވުމުން، ނަބިއްޔު ﷺ އެކަމަށް އިންކާރު ކުރެއްވުމަށް ފަހު، سَلاَمٌ عَلَيْكُمْ، سَلاَمٌ عَلَيْكُمْ، سَلاَمٌ عَلَيْكُمْ މިހެން ޙަދީޘް ކުރެއްވައި ރަނގަޅު ކުރެއްވިއެވެ. އަދި މިއީވެސް ޖަމްޢުގެ ސީޣާ ގައެވެ.

އަދި އިބްނު އަބީ ޒައިދް އަލްޤައިރަވާނީ އެކަލޭގެފާނުގެ "ރިސާލާ" ގައި ވިދާޅުވިއެވެ:

”އަދި ސަލާމް އަކީ، މީހަކު السَّلَامُ عَلَيْكُمْ އޭ ބުނުމެވެ. އަދި ރައްދުދޭ މީހާ وَعَلَيْكُمُ السَّلَامُ އޭ ބުނުމެވެ. ނުވަތަ އޭނާ އަށް ބުނެވުނު ފަދައިން سَلاَمٌ عَلَيْكُمْ ބުނުމެވެ.

އޭގެ ޝަރަޙާގައި މާލިކީންގެ އިމާމް، ޝިހާބުއްދީން އައްނަފްރާވީ ވިދާޅުވިއެވެ:

[ސަލާމް އަކީ މީހަކު... ބުނުމޭ] މީގެ މުރާދަ އަކީ މުސްލިމު މީހާ އެވެ. [السَّلَامُ عَلَيْكُمْ] މިއީ ޖަމްޢު ކުރުމުގެ م އިތުރުކޮށްފައެވެ. އެއީ އޭނާ ސަލާމް ގޮވަނީ އެންމެ މީހަކަށް ކަމުގައި ވިޔަސްއެވެ. އެހެނީ އޭނާ އާއި އެކު الحفظة (މަލާއިކަތުން) ވެއެވެ. އަދި އެއުރެންނީ އާދަމުގެދަރީންގެ ޖަމާޢަތެއް ފަދައެވެ. އަދި السَّلَامُ عَلَيْك އޭ ބުނިނަމަ، ދެބަސްވުން ވެއެވެ. އަދި މި (ޖަމްޢުކޮށް ސަލާމް ގޮވުމުގެ) ޞިފަ އަކީ ނަބިއްޔު ﷺ އަދި ސަލަފުއް ޞާލިހުން އަރިހުން ރިވާވެފައިވާ ސިފައެކެވެ....“ اهـ.

~ ގަލަންދާން
This media is not supported in your browser
VIEW IN TELEGRAM
”ޢަބޫ ޢަލީ އަލްޙަސަން ބިން ޢަލީ އަލްޖަޥްޒްޖާނީ ވިދާޅުވިއެވެ:

އަޅަކަށް އުފާވެރިކަން ވުމުގެ ޢަލާމަތްތަކުގެތެރޭ:

• ﷲ އަށް ކިޔަމަންގަތުމަށް އޭނާއަށް ފަސޭހަވުމާއި،
• އޭނާގެ ޢަމަލުތަށް ސުންނަތުގެ މަތީގައި ވުމާއި،
• ޞާލިހު މީހުންނާއި އެކު ޞާޙިބުވުމާއި،
• އަޚުންނާއި އެކު ހެޔޮ އަޚުލާޤު ގެންގުޅުމާއި،
• އޭނާގެ ހެޔޮ ޚަލްޤުތަކުންނަށް ފޯރުކުރުވުމާއި،
• މުސްލިމުންނަށް އޭނާދޭ އަހައްމިއްޔަތާއި
• އޭނާގެ ވަޤުތުތަކަށް އޭނާ ފަރުވާތެރިވުން ހިމެނެއެވެ.“

އަލްއިމާމް އައް-ޝާޠިބީ - رحمه الله ގެ "الاعتصام [٢/ ١٥٢] (މަޞްދަރު)


~ ގަލަންދާން
Galandān ގަލަންދާނު
ސިލްސިލާ: ޝައިޚް ސުލައިމާން އަލްޢަލްވާން ގެ ދަރުސް ”هذا الطريق فأين الرجال“ ގެ ތަރުޖަމާ ~ ގަލަންދާނު

📍އިސްލާމްވެފައިވާ މީހުންނަށް ކާފަރުންގެ ފުށުން އޮންނަ ޢަދާވާތްތެރި ކަމުގެ ޙަޤީޤަތް

🔗 #الولاء_والبراء (13)

އަދި އެއްވެސް ޝައްކަކާއިނުލައި މުސްލިމް މީހާ ފަހުމްވާންޖެހޭ ޙަޤީޤަތެއް މިތާގައި އެބަވެއެވެ. އެއީ، އިސްލާމްވީ އަދި އީމާންވީ މީހުންގެ މައްޗަށް ކާފަރުތަކުންވާ ޢަދާވާތްތެރިކަމަކީ ކެނޑިނުދާ އެއްޗެއްކަމެވެ. އެހެންކަމުން އިސްލާމް ކަމާއި މުސްލިމުން ފަނާވުމަށް މެނުވީ އެވެރިން ނުރުހޭނެތެވެ. ﷲ تعالى ވަޙީ ކުރެއްވިއެވެ:

وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْۗ [البقرة120].
އަދި ޔަހޫދީންވެސް ނަޞާރާ އިންވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބާ ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ.

ވީމާ ޢަދާވާތުގެ ޞިފަ އަކީ އެވެރިން ފުށުގައި ދެމިހުންނަ އެއްޗެކެވެ. އޭގެ ފެށުމަކީ އޭގެ ޒާތުގައި އިސްލާމް ދީނަށް އޮންނަ ނުރުހުމެވެ. އަދި ދައުރުވަނީ އެއަށް ރެކިގަތުމުންނެވެ. އަދި މިކަން ނިމުން ވަނީ ސީދާ އެއާއި ދެކޮޅަށް ތެދުވުމުންނެވެ. އަދި މުއުމިނުންގެ އަނބުރައިލުމަށް ތައްޔާރަށް ތިބެއެވެ.
މުސްލިމުންގެ މައްޗަށް އެވެރިންނަށް ބާރު ލިބޭ ހިނދު އެއްވެސް ކުލުނެއް ރަޙުމެއްނެތި ޤަތުލުޢާމް ހިންގައެވެ. އެހެނީ ރަޙުމަތަށް އެހިތްތަކަށް ވާޞިލުވާނޭ މަގެއް ނުއެނގެއެވެ.

އަދި މިކަމުގެ ޙަޤީޤަތަށް މުޅި ދުނިޔެ ހެކިވާނެތެވެ. އަފްޣާނިސްތާން އާއި ފަލަސްތީނާއި ޢިރާޤު ގައެވެ. އަދި މުސްލިމު އެހެނިހެން އެތައް ބިމެއްގައެވެ.

އަދި އިހުގެ އަދި ފަހުގެ ތާރީޚު ބަލާހޯދާ މީހަކަށް، ކާފަރުންގެ ޢަދާވާތްތެރިކަން މުސްލިމުންގެ މައްޗަށް ދުވަހަކުވެސް ކެނޑި ނުދާކަން ފެންނާނެތެވެ. މިހެންކަމުން، މަދު ޤަރުނެއް ތެރޭ ނަޞާރާއިންވަނީ އެތަކެށް ޞަލީބީ ޙަމަލާތަކެއް ދީފައެވެ. އަދި މިޙަމަލާތައް ހުއްޓުމަށްފަހު  އެވެރިން ފެށީ އިސްތިޢްމާރީ ޙަމަލާތަކެވެ. އޭގައި ދިގު މުއްދަތަކަށް މުސްލިމުންގެ ބިންތަކުގެ ބޮޑު ބައިގަނޑަކަށް ގަދަބާރުން ވެރިވެގަތެވެ. އަދި އެތަންތަނުގައި ފަސާދަތައް ފެތުރިއެވެ.

އަދި މިބުނެވުނު ފަހުގެ ޞަލީބީ ޙަމަލާތައް ނުވަތަ މަކަރާއި ކެހިވެރިކަމުގައި "އިސްތިޢްމާރޭ" އެވެރިން އެކިޔާ ޙަމަލާތައް ހުއްޓުމަށްފަހު، އުއްމަތްތަކުގެ ޙަމަލާތައް އެވެރިންގެ "އަލިފް ދާލް" ގެ ނިވާފަތްގަނޑުގައި ފެށިއެވެ. އަދި އެންމެހައި ތަނެއްގައިވީ މުސްލިމުންނަށް ޙަމަލާދީ އަލިފްދާލް ގެ ޤަރާރުތައް ތަންފީޛުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. އެހެންކަމުން ޢިރާޤަށް މިފިޔަވަޅުތައް އަޅައި ދިހަ އަހަރަށްވުރެ ގިނަ އަހަރުތަކަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. އަދި އޭގެ ތެރޭ ދަނޑުގޮވާމާއި ނަސްލު ފަނާކުރިއެވެ. އަދި މިޔަދާއި ހަމަޔަށްވެސް އެ ދަތިކުރުމުގެ ފިޔަވަޅުތައް އެބައޮތެވެ. އަދި އެނިމޭނެ ދުވަހެއްވެސް އަހަރެމެންނަކަށް ނޭނގެއެވެ. އަދި ސޫދާނުގައިވެސް ކަންތައް ކުރީ ހަމަ މިބީދައިންނެވެ. އަދި ސޯމާލިޔާ އާއި އަފްޣާނިސްތާނުގައި ވެސްމެއެވެ. އެހެންކަމުން އެތައް މިލިޔަނެއްގެ މީހުން ގެދޮރުން ބޭރުކޮށް އެތައް މިލިޔަނެއްގެ⁽¹⁾ މީހުން ޤަތުލުކުރިއެވެ.

— الشيخ سليمان العلوان ثبته الله


(ނުނިމޭ)
~ ގަލަންދާން

_______
(1) މިއީ ޚުދު އަލިފްދާލް އިންވެސް އެއްބަސްވެފައިވާ އަދަދުތަކެވެ. 1999ގައި އަލިފްދާލު ކުރީގެ ގެ އޮފިޝަލެއް ވަނީ އެދަތި ކުރުމުގެ ފިޔަވަޅުތަކަކީ "ޤަތުލުޢާމް" އެއް ކަމަށާއި، އޭގައި އެކަނިވެސް މިލިޔަނަކާއި ދޮޅު މިލިޔަނެއްގެ މީހުން ބަނޑަށްޖެހުމާއި އެދެވޭ ބޭސްފަރުވާ ނުލިބުމުގެ ސަބަބުން މަރުވިކަމަށެވެ. (މަޞްދަރު Cornell University) އަދި ޢިރާޤާއި އަފްޣާނިސްތާނުގައި އެކަނި ހުޅަނގުގެ ފޔަވަޅުތަކުގެ ސަބަބުން ދެމިލިޔަނަށްވުރެ ގިނަ މީހުން 2003 ގެ ކުރިން މަރުވެފައިވާ ކަމަށާއި، އެޔަށްފަހު އެމެރިކާގެ ކޯލިޝަން ހަނގުރާމައިގައި މިވީހާތަނަށް ހަމަ އެވަރު އަދަދެއް މަރުވެފައިވާކަމުގައެވެ. އަދި ޖުމްލަ 4 މިލިޔަނަށްވުރެ ގިނަ މުސްލިމު ޢާންމުން ޤަތުލުވެފައިވާ ކަމަށް 2009 ގައި ނެރެވުނު އޮކްސްފާމް ގެ ދިރާސާއެއްގެ މައްޗަށް ބެލެވެއެވެ. (މަޞްދަރު)
🔻
މަދަހަ: هزتني (އަހަރެން ގުޑުވާލިއެވެ.)
ޢަރަބި އަދި ދިވެހި ސަބްޓައިޓުލްސް އާއި އެކު.

https://hazatni.netlify.app/

~ ގަލަންދާނު
••

”ޟުޙާ ނަމާދު ފާއިތުވެއްޖެނަމަ، ޤަޟާ ކުރުމެއް ނުވެއެވެ. އެހެނީ އެއީ ރަވާތިބު ސުންނަތް ތަކުގެތެރެއިން ހިމެނޭ އެއްޗެއް ނޫނެވެ.“ — އަލްޢަލްވާން

~ ގަލަންދާން
This media is not supported in your browser
VIEW IN TELEGRAM


📌 ހުކުރު ވިލޭރެޔާއި ހުކުރު ދުވަހު ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުން ޚާއްޞަ ވުން

ސުވާލު: ﷲ ތިބާއަށް ޢަފޫ ކުރައްވާށިއެވެ. ޝައިޚެވެ! ނަބިއްޔު ﷺ އަރިހުން ހުކުރު ވިލޭރެޔާއި ހުކުރު ދުވަހުގައި އެކަލޭގެފާނަށް ޞަލަވާތް ކިޔުމުގެ މާތްކަމާއި މެދު ވާރިދުވެފައިވޭ ހެއްޔެވެ؟

ޖަވާބު: އާއެކެވެ. މިކަމުގެ މައްޗަށް ގިނަ ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. ގާތްގަނޑަކަށް ފަނަރަ ޙަދީޘް އާއި ގާތްކުރެއެވެ. އެހެނަސް އެއިން އެއްވެސް އެއްޗެއް ޞައްޙައެއް ނޫނެވެ. އަދި އެހުރިހާ އެއްޗެއްވެސް މަޢްލޫލެވެ. (ޞައްޙަ ނޫންކަމުގެ ޢައިބު އެކުލެވެއެވެ.)

އަދި އެކަތި ކޮށްގެން އެ (ރިވާޔަތްތައް) ވަރުގަދަވެއެވެ. އެހެނީ (ސަނަދު ތަކުގެ) ބައެއް މަގުތައް ވަރުގަދައެވެ. އަދި ބައެއް ޢިލްމުވެރިން އޭގެ ތެރެއިން ބައެއް ރިވާޔަތްތައް ޞައްޙަ ކަމަށް ކަނޑައެޅުއްވި އެވެ. އަދި ހުކުރު ދުވަހާއި އޭގެ ވިލޭރޭ ނަބިއްޔު ﷺ ގެ މައްޗަށް ޞަލަވާތް ކިޔުމުގެ ފަޟުލު އާއިމެދު ވާރިދުވެފައިވާ ޙަދީޘްތައް އެކުލަވާލުމުގައި އެންމެ މޮޅުއިތުރު ފޮތުގެ ތެރޭގައިވަނީ އަލްއިމާމް އިބްނުލް ޤައްޔިމް -رحمه الله- ގެ «جلاء الأفهام في فضل الصلاة على سيد الأنام»

އަދި ހަމައެފަދައިން މިކަމުގެ މައްޗަށް ވާ ޙަދީޘްތައް އައްސަޚާވީ ވެސް ހަމަ ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގެ ފަޟުލު އާއިމެދުވާ ފޮތުގައި އެކުލަވާލެއްވި އެވެ.

އަދި އަލްޙާފިޡް އިބްނު ކަޘީރު، ﷲ جل وعلا ގެ ބަސް ވަޙީ ﴿إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56] — މިއާޔަތުގެ ތަފްސީރުގެ ދަށުންވެސް މީގެ ތެރެއިން ބައެއް (ރިވާޔަތްތައް) ޛިކުރުކުރެއްވިއެވެ.

އަދި ނަބިއްޔު ﷺ އަށް ޖުމްލަގޮތެއްގައި ޞަލަވާތް ކިޔުމަކީ ކަށަވަރުކޮށް ޝަރުޢުވެގެންވާ ކަމެކެވެ. އަދި އޭގައި މަތިވެރިވެގެންވާ ފަޟުލަކާއި ބޮޑު ޘަވާބެއް ވެއެވެ. އަދި ނަބިއްޔު ﷺ ޙަދީޘް ކުރައްވާފައިވެއެވެ: «مَنْ صَلَّى عَلَيَّ صَلاَةً صَلَّى اللهُ عَلَيْهِ بِهَا عَشْرًا» ”ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔައިފި މީހަކަށް، ﷲ އޭނާގެ މައްޗަށް އެއިން ދިހަ ފަހަރު ޞަލަވާތް ލައްވަތެވެ.“ (ރިވާކުރެއްވީ) މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙު" ގައެވެ. އަދި އަބޫ ހުރައިރާ ގެ ޙަދީޘް ތަކުންނާއި ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞްގެ ޙަދީޘްތަކުން މުސްލިމް މި ރިވާކުރެއްވިއެވެ.

އަދި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގައި އެންމެ މޮޅުއިތުރީ އިބްރާހިމިއްޔަ ޞަލަވާތެވެ. އަދި އޭގެ ވައްޓަފާޅިއަކީ: (اللّهُـمَّ صَلِّ عَلـى مُحمَّـد، وَعَلـى آلِ مُحمَّد، كَمـا صَلَّيـتَ عَلـى إبْراهـيمَ وَعَلـى آلِ إبْراهـيم، إِنَّكَ حَمـيدٌ مَجـيد ، اللّهُـمَّ بارِكْ عَلـى مُحمَّـد...) އޭގެ ނިޔަލަށެވެ.

އަދި ތިބާއަށް اللَّهُمَّ صَلِّ وَ سَلِّمْ عَلَى مُحَمَّدٍ ކިޔުންވެސް އެބައޮތެވެ. އެއީ ﷲ جل وعلا ގެ މި ވަޙީ ބަސްފުޅުގެ މައްޗަށެވެ: ﴿صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56] (...އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دُعَاء ކުރާށެވެ!“)

އަދި ނަބިއްޔު ﷺ ގެ މައްޗަށް ގިނަގުނައިން ޞަލަވާތް ކިޔުން މުސްތަޙައްބު ވެގެންވެއެވެ. އެއީ އުބައްޔު ގެ ޙަދީޘްގެ ދަލީލުގެ މައްޗަށެވެ. އެކަލޭގެފާނުގެ ނަބިއްޔު ﷺ އަށް ދެންނެވި ކަމަށެވެ: އަހަރެންގެ ދުޢާ ގައި ކަލޭގެފާނަށް ޞަލަވާތް އެކުލަވާލަންވީ ކިހާވަރަކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: ހަތަރުބައި ކުޅަ އެއްބައި ގައި އެކުލަވާލަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ދެންނެވީމެވެ: އޭގެ ދެބައިކުޅަ އެއްބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: ތިންބައިކުޅަ ދެބައި ގައި އެކުލަވާލަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: މުޅި ދުޢާ ގައި ކަލޭގެފާނަށް (ޞަލަވާތް) އެކުލަވާލަން ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (إِذًا تُكْفَى هَمَّكَ وَيُغْفَرُ لَكَ ذَنْبُكَ) ”އެހެންވެއްޖެނަމަ ތިބާގެ ކަންބޮޑުވުންތައް ފުދި ތިބާގެ ފާފަތައް ތިބާއަށް ފުއްސެވޭނެތެވެ.“ އަދި މިރިވާޔަތަކީ އައްތިރުމިޛީ ގެ ރިވާޔަތެކެވެ. އަދި އޭގެ ސަނަދުގައި ޢަބްދު ﷲ ބުނު މުޙައްމަދު ބުނު ޢުޤައިލް ހިމެނެއެވެ. އޭނާއަކީ ހިތުންކިޔައިދިނުމުގައި ކުށްޖެހޭ އެހެނަސް (صدوق) ތެދުވެރިޔެކެވެ. އަދި (އެހެން ރިވާޔަތަކާއި) ޚިލާފުނުވާހިނދު، އަދި (ޙަދީޘްގެ) އަޞްލުގައި އޭނާ އެކަހެރިނުވާނަމަ، އެހިނދު އޭނާގެ ޙަދީޘްތަކަކީ ޖައްޔިދު (ބަރާބަރު) ޙަދީޘެވެ.

=


އަދި (އޭނާގެ) މި ޙަދީޘް ބެލެވެނީ ޖައްޔިދު ޙަދީޘްތަކުގެ ތެރޭގައެވެ. އަދި ޙަސަން ސަނަދު ތަކުގެ ތެރެއިންނެވެ. މިހެންކަމުން، މީގައި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގެ ފަޟުލު އެކުލެވެއެވެ. އަދި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމަކީ ފާފަ އާއި ކުށްތައް ފުއްސެވުމުގެ އަދި ދަރަޖަ އުފުއްލެވުމުގެ ސަބަބެއް ކަމާއި، އަދި ކަންބޮޑުވުންތައް ފިއްލެވުމުގެ ސަބަބެއް ކަމެވެ.

އެއީ މިބަސްފުޅުގެ މައްޗަށެވެ: (تُكْفَى هَمَّكَ) "ތިބާގެ ކަންބޮޑުވުންތަކަށް ފުދެއެވެ." އެބަހީ: ތިބާ އެކަމަކާއިގެން ކަންބޮޑުވާ ކަންކަން އަދި ބުރަކުރުވާ ކަންކަން ފިލައިދެއެވެ. އެހެނީ ހަމަކަށަވަރުން ނަބިއްޔު ﷺ އަށް ޞަލަވާތް ގިނަގުނަ ކުރުމުގެ ސަބަބުން ﷲ جل وعلا އެކަންކަން ތިބާއަށް ފުއްދަވައިދެއްވައެވެ.

އަދި މިޙަދީޘަކީ ޢާންމު އަދި މުޠްލަޤު ޙަދީޘެކެވެ. އަދި އިންސާނާ ކުރާ ކޮންމެ ކަމެއްގައިވިޔަސް، ކޮންމެ ވަޤުތެއްގައި ވިޔަސް ނުވަތަ ރޭގަނޑުގެ ކޮންމެ ވަޤުތަކަސް ނޫނީ ދުވާލުގެ ވިޔަސް، އޭގެ އަޖުރު ހޯދައިގަނެވި އޭގެ ޘަވާބު ލިއްބައިދެއެވެ.

— الشيخ سليمان العلوان


މަޞްދަރު: ”އަށްވަނަ ހުޅުވާލެވިފައިވާ ބައްދަލުވުން“ (اللقاء المفتوح الثامن) ގެ ސުވާލު ތަކުގެ ތެރެއިން.

~ ގަލަންދާން
This media is not supported in your browser
VIEW IN TELEGRAM


ވިތުރި (އަދި ދަމުނަމާދު) ޤަޟާއު ކުރުން

އައްޝައިޚް އަލް-މުޙައްދިޘް، ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން

”ވިތުރި ނުކުރެވި ނިދިއްޖެ މީހާ ނުވަތަ ހަނދާން ނެތިއްޖެ މީހާ، ފަހެ އޭނާގެ މައްޗަށް ވަނީ ފަތިސް ވަޤުތު ވަނުމަށް ފަހު (ވިޔަސް) އެނަމާދު ކުރުމެވެ. އެއީ ފަތިސް ނަމާދު ކުރުމުގެ ކުރިންނެވެ. އަބޫ ދާވޫދު ޤަވިއްޔު (ވަރުގަދަ) ސަނަދަކުން އަދި އަލްޙާކިމް (1/302) ވެސް ރިވާކުރައްވައި "ދެ ޝައިޚުން (އެބަހީ: އަލްބުޚާރީ އާއި މުސްލިމް) ގެ ޝަރުޠުތަކުގެ މައްޗަށް ޞައްޙަ" ކަމަށްވިދާޅުވެ، މުޙައްމަދު ބުނު މުޠްރަފް އަލްމަދަނީ ގެ މަގުން، ޒައިދު ބުނު އަސްލަން އަރިހުން، ޢަޠާއު ބުނު ޔަސާރު އަރިހުން، އަބޫ ސަޢީދު އަލްޚުދްރީ އަރިހުން ރިވާކުރެއްވިއެވެ: ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «مَنْ نَامَ عَنْ وِتْرِهِ أَوْ نَسِيَهُ فَلْيُصَلِّهِ إِذَا ذَكَرَهُ» ”އެމީހެއްގެ ވިތުރި ފަހަނައަޅައި ނިދިއްޖެ މީހާ ނުވަތަ ހަނދުމަނެތިއްޖެ މީހާ، ފަހެ ހޭވެރިވުމާއި އެކު އެނަމާދު ކުރާށެވެ.“

އަދި މި ރައުޔަކީ އަޞްޙާބުންނާއި ތާބިޢީން ކުރެ ބައިގަނޑެއް އަރިހުންވެސް ރިވާވެގެންވާ ޤަވްލެވެ. އަދި އެއީ އިމާމް މާލިކު ގެ ޤަވްލެވެ. އަދި އައްޝާފިޢީ އާއި އަޙްމަދު ގެ ވެސްމެއެވެ. رحمهم الله تعالى.⁽¹⁾

ދެންފަހެ އިރު އެރުމާއި ހަމަޔަށް ވިތުރި ފާއިތުވެ ގޮސްފައިވާނަމަ، ޢިލްމުވެރިންވެ ތެރެއިން ބައެއް ވިދާޅުވަނީ: އޭނާ އެ އަދާ ކުރުން ވަނީ ހަމަ-އަދަދަކުންނެވެ. (އެބަހީ 3 ރަކުޢަތް ވިތުރީގައި ކުރާ މީހެއް ނަމަ 4 ރަކުޢަތް، 1 ރަކުޢަތް ނަމަ 2 ރަކުޢަތް މިބީދައިން އެވެ.) އަދި ދަލީލެއް ގޮތުގައި ބޭނުން ކުރައްވަނީ މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު (746) ގައި ޤަތާދާގެ މަގުން، ޒަރާރާ އާރިހުން، ސަޢްދު ބުނު ހިޝާމް އަރިހުން ރިވާކުރެއްވި ޢާއިޝާ ގެ ޙަދީޘެވެ. އެކަމަނާ ވިދާޅުވިއެވެ: ”ދަމުނަމާދުގެ މައްޗަށް ނިދި ބުރަޖެހިވަޑައިގެންފި ނަމަ ނޫނީ (ބަލިވެ އުޅުއްވުމުގެ) ވޭން، ރަސޫލު ﷲ ދުވާލު ބާރަ ރަކުޢަތް ކުރައްވައެވެ.“

މި މަސްއަލާ ގައި ދެވަނަ ޤަވްލަކީ: (ދުވާލު ވިޔަސް) އެމީހާ ވިތުރި (އޮނަހިރި އަދަދަށް) ޤަޟާ ކުރުމެވެ. ޠާވޫސް އާއި މުޖާހިދު އާއި އައްޝިޢްބީ އަދިއެނޫން ބޭފުޅުންގެ ބަސްފުޅެވެ. އަދި މިބޭފުޅުންގެ ޙުއްޖަތަކީ ހަމަ އަބޫ ސަޢީދު ގެ ޙަދީޘްފުޅެވެ. ކުރިން އެ ޛިކުރުވެވިއްޖެއެވެ.އޭގެ ލަފުޡުގައި ވަނީ: ”އެމީހެއްގެ ވިތުރި ފަހަނައަޅައި ނިދިއްޖެ މީހާ ނުވަތަ ހަނދުމަނެތިއްޖެ މީހާ، ފަހެ ހޭވެރިވުމާއި އެކު އެނަމާދު ކުރާށެވެ.“ އެއީ، އިރު އެރުމަށް ފަހު ގައި ވިޔަސް ވިތުރި ޤަޟާއު ކުރެވޭނެ ކަމުގެ މައްޗަށް މިޙަދީޘް ގެ (إذا ذكره) ”ހަނދުމަ ވާހިނދު" މިބަސްފުޅުގެ އާއްމު މާނައިން ދަލީލުވުމެވެ. އަދި އަލްއަޥްޒާޢީ ވިދާޅުވިއެވެ: ”އެރެއަށްފަހު އަންނަ ދުވަހުގައި އޭނާ އެ ޤަޟާއު ކުރާށެވެ. އެއީ އަނެއް ޢިޝާ ނަމާދު ވަނުމާއި ހަމައަށެވެ. އޭގެ ފަހުން އެއެއް ޤަޟާއު ވުން ނުވެއެވެ. އެހެނީ އެއްރެޔެއްގައި ދެވިތުރި ޖަމަޢަ އެއް ނުކުރެވޭ ހުއްޓެވެ.“⁽²⁾

ދެންފަހެ އިހު ބަޔާންވެވުނު ޢާއިޝާ ގެ ރިވާޔަތާއި މެދު ވިދާޅުވަނީ: އޭގައި ވިތުރި ނަފީ ވެފައި ނުވާކަމެވެ. އެހެނީ އެއީ ނިދި ބަރުހެލިވެގެން ނޫނީ (ބަލީގެ) ވޭނައި ހެދި، ރޭގަނޑުގެ ކުރީބައި ގައި ވިތުރި އޭގެ އެންމެ މަދު އަދަދަށް ކުރުކޮށް ކުރުމަށްފަހު، ދުވާލުވުމުން ދަމުނަމާދު ކުރުމުގެ މައްޗަށް ކަމުގައެވެ. އެހެނަސް މި މަނާަކުރުމަށް ދެބަސް ވެވެއެވެ. އަދި އެކަލޭގެފާނު ރޭގަނޑުގެ ފުރަތަމަ ބައިގައި ވިތުރި ކުރެއްވި ކަމަށް ޢާއިޝާ ގެ ޙަދީޘް މާނަކުރެވުން ވަރަށް ދުރެވެ. އެހެނީ މިކަން، އެހެންވީނަމަ، ޢާއިޝާ އެވާހަކަ ވިދާޅުވީހެވެ. އެހެނީ މިތަނުގައި އެ ނިޔާ ކަނޑައެޅުމުގެ އަހައްމިޔަތުކަން އޮތުމުންނެވެ. އަދި ފާޅުވަނީ އިތުރުއެކަލޭގެފާނުން ﷺ ވިތުރި ނުކުރައްވާ ކަމެވެ. އަދި ޢާއިޝާ ގެ ބަސްފުޅު: ”...ދުވާލު ބާރަ ރަކުޢަތް ކުރައްވައޭ“ މިއިން އެކަމަށް ދަލީލުދެއެވެ. އެހެނީ ރޭގަނޑު ވިތުރި ކުރެއްވީހީ ނަމަ، ދުވާލުގައި ކުރެއްވީހީ ދިހަ ރަކުޢަތެވެ. އެހެނީ ޢާއިޝާ ވިދާޅުވެފައި ވެއެވެ: ”ރަމަޟާނަކަސް ނޫނީ އެހެން މަހެއްގައިވިޔަސް ރަސޫލު ﷲ ﷺ އެގާރަ ރަކުޢަތަށް ވުރެ އިތުރު ނުކުރައްވައެވެ.“ —متفق عليه.

=


އަދި އަބޫ ސަޢީދު ގެ ޙަދީޘްގެ (މާނަކުރުމަށް އޮތް) ޖަވާބަކީ: އެއީ ޖުމްލަކޮށް އެއްވެސް އަޞްޙާބު ބޭފުޅެއް ވިދާޅުނުވާ އެއްޗެކެވެ. (އެބަހީ: ދުވާލުގެ ކޮންމެ ވަޤުތެއްގައިވިޔަސް ވިތުރި ޤަޟާއު ކުރުމަށް ފަސްކުރުމާއި މެދުގައެވެ.) އަދި އޭގެ ތެރެއިން ބައެއް ބޭކަލުން ފަޖުރު ލުމުގެ ފަހުން ފަތިސް ނަމާދުގެކުރިން ވިތުރި ކުރެއްވި ކަމަށް ވާރިދުވެފައި އެބަހުއްޓެވެ. އެހެންކަމުން ޙަދީޘް މާނާަކުރެވުން ވަނީ މިވަޤުތުގައި ޤަޟާއު ކުރުމުގެ މައްޗަށެވެ. އެހެނީ އެގޮތް އެކަލޭގެފާނު ﷺ ގެ ބަސްފުޅާއި ޢަމަލުފުޅު ދެބަސްވުން ކަނޑުވާލައެވެ. والله أعلم.

ދެންފަހެ ފަޖުރު ލުމާއި ހަމައަށް ދެނެހުރެ ވިތުރި އަޅައިފި މީހާ، ފަހެ ޙައްޤު ބަހަކީ އޭނާއަށް އެބީވެދިއުމެވެ. އަދި ޤަޟާއު ކުރުމުގެ ޙައްޤެއް އޭނާއަށް ނުވުމެވެ. އެހެނީ، އިހު ގެނެވުނު، އަބޫ ސަޢީދު ގެ ޙަދީޘް ގައި ޤަޟާއު ކުރުން ވަނީ ނިދި ޖެހޭ މީހާ އާއި ހަނދުމަ ނެތޭ ކަނޑަ އަޅުއްވާފައެވެ. ވީމާ އެރިވާޔަތުން ފަހުމުވަނީ ދެނެހުރެ އެކަން ކުރާ މީހަކީ މިއާއި ޚިލާފު މީހެއް ކަމެވެ. އަދި އިބްނު ޚުޒައިމާ އެކަލޭގެފާނުގެ ޞަޙީޙް (1092) ގައި، އަބޫ ދާވޫދުއް ޠަޔާލިސީ ގެ މަގުން، ހިޝާމުއް ދިސްތަވާނި އަރިހުން، ޤަތާދާ އަރިހުން އަބޫ ނަޟްރާ އަރިހުން ޢަބޫ ސަޢީދު އަރިހުން ރިވާކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވި އެވެ: (من أدركه الصبح ولم يوتر فلا وتر له) ”ފަތިހަށް ފޯރައި އެހެނަސް ވިތުރި ނުކޮށް ހުރެއްޖެ މީހާ، (ދަންނައެ) އޭނާއަށް ވިތުރިއެއް ނުވެއެވެ.“ އަދި މިޙަދީޘް ގެ އަޞްލު ވަނީ ޞަޙީހު މުސްލިމް (754) ގައި މިލަފުޡު އެކުނުލެވިއެވެ. އަދި ޢިލްމުވެރިން ގެ ބަސްފުޅުން ބޮޑަށް ޞައްޙަ ބަސްފުޅުގެ މައްޗަށް، މި ޙަދީޘް ނެގެވުން ވަނީ، ނިންޖާއި ހަނދުމަނެތުމާއި ނުލައި ދަނެހުރު (ވިތުރި) ފާއިތުކުރާ މީހާއަށެވެ. والله أعلم.


— މަޞްދަރު: ފޮތް ”އަޙްކާމު ޤިޔާމިއް ލައިލް“ (ޞ. 9 - 12) ފުރަތަމަ ޗާޕް، ދާރް އަލްއީމާން (pdf)


~ ގަލަންދާން

_____________
[1] انظر الاستذكار (5/288)، وعون المعبود (4/309)، وشرح مسلم للنووي (6/ 24)، والمبدع في شرح المقنع (2/ 4)
[2] فتح الباري لابن رجب (9/160)، وانظر الأوسط لابن المنذر (5/194)
This media is not supported in your browser
VIEW IN TELEGRAM
ފައިދާއެއް:

ނަބިއްޔު ﷺ ނިދިން ތެދުވެވަޑައިގަންނަވާ ހިނދު ވިދާޅުވެއެވެ:

الحَمْدُ لِلهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ

"އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނި ﷲ އަށެވެ. އެއީ އަޅަމެން މަރުގެންނެވުމަށްފަހު، އަޅަމެންނަށް ދިރުންދެއްވި އިލާހެވެ. އަދި (ކަށްވަޅުތަކުން) ތެދުކުރެވި އެއްކުރެވޭހުށީ އެއިލާހުގެ ޙަޟްރަތަށެވެ."

ރިވާކުރެއްވި އަލްބުޚާރީ އާއި މުސްލިމް އެވެ.

އައްނަވަވީ ވިދާޅުވިއެވެ:
وحكمته إذا أصبح أن يكون أول عمله بذكر التوحيد والكلم الطيب

”އަދި އޭގެ ޙިކުމަތަކީ، (ހޭލެވުމަށްފަހު) އެމީހެއްގެ އެންމެ ފުރަތަމަ ޢަމަލަކީވެސް، ތަޥްޙީދު (އެބަހީ: ﷲ ގެ އެއްކައުވަންތަކަން) ހަނދުމަ ކުރުމާއި ހެޔޮ ބަހެއް ކަމުގައި ވުމެވެ.“

ޝައިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:

”އަދި ﷲ ތިބާގެ ޢުމުރު ވެސް (އެއިން) އިތުރު ކުރައްވައެވެ. ހޭލެވޭ ކޮންމެ ހިނދަކު الحمدلله އޭ ކިޔައި (އެއަށްޓަކައި) ﷲ ﷻ އަށް ޝުކުރު ކުރެވެއެވެ. ﷲ ﷻ ވަޙީ ކުރެއްވި ފަދައިން ނެވެ:

لَئِن شَكَرْتُمْ لَأَزِيدَنَّكُمْۖ

(ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ކަށަވަރުންވެސް ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ.)

އަދި މިޛިކުރަކީ، ރޭގަނޑާއި ދުވާލުގެވެސް ނިދިން ހޭލަމުން ކިޔުންވާ ޛިކުރެކެވެ.“

~ ގަލަންދާން
This media is not supported in your browser
VIEW IN TELEGRAM
▫️
”އެންމެހާ ތަނެއްގައިވާ މުސްލިމުންގެ ކަންބޮޑުވުންތަކާއި އެކު ދިރިއުޅުމާއި، އެވެރިންގެ ޙާލަތު ބަލައިހޯދުމާއި، އެވެރިންގެ މަގުތައް ޞައްޙަކޮށްދިނުމާއި، އެވެރިންތެރެއިން ޙާއްޖަތްތަކަށް ޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި، އެވެރިން ތެރެއިން އަނިޔާލިބެމުންދާ މީހުންނަށް ނަޞްރުވެރިވުން — ފަހެ އެންމެހާ ޒަމާނެއްގެ އެންމެހާ ނަބިއްޔުންގެ ހިދާޔަތަކީ މިއީއެވެ. އަދި އިޞްލާޙަށް މަސައްކަތްކުރާ މީސްތަކުންގެވެސް މެއެވެ. އެހެންކަމުން މިއިން ފަސްނުޖެހޭށެވެ. އަދި އެހެން އެއްވެސް ކަމަކުން މިއަށް ތިބާ ހުރަސްއެޅުވިޔަ ނުދޭށެވެ. (ހިދާޔާަތުގެ) އެމަގަކީ ފަހެ މިއީއެވެ!“


- ١٤/ربيع الأول/١٤٣٦هـ

"فوائد منتقاة" (މަޞްދަރު)
— ޝައިޚް ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން

~ ގަލަންދާން
”އޭގެ އަހުލުވެރި ނޫން ފަރާތެއް ފުށުން ފަތުވާއެއް ނެރެއްޖެ މީހާ، ފާފަވެރިވެއްޖެއެވެ.“ — އަލްއިމާމް އިބްނުލް ޤައްޔިމް
Galandān ގަލަންދާނު
🔺 މިރިވާޔަތުގެ ބަލިކަށި ކަމުގެ މައްޗަށް އަލް-މުޙައްދިޘް އައް-ޝައިޚް ޢަބްދު ﷲ އައްސަޢްދު އަދި އަލްޢަލްވާން ގެ ބަސްފުޅު މިދިޔަ އަހަރު "ގަލަންދާން" ގައި ވަނީ ގެނެސް ދެވިފައެވެ. (އެއީ އިނގިރޭސި ބަހުންނެވެ.)
`
އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:

”ވުޟޫއު ކުރުމަށްޓަކައި ބިސްމިކިޔުމުގެ ބާބުގައި އެއްވެސް އެއްޗެއް (ރިވާޔަތެއް) ޞައްޙަ ވެގެން ނުވެއެވެ. އެއީ (އިމާމް) އަޙްމަދު އަދި އަލްބުޚާރީ އަދި މުޙައްޤިޤުން ކުރެ ބައިގަނޑެއް ވިދާޅުވެފައިވާ ފަދައިންނެވެ. އެކިޔައިފިނަމަ، އެއީ ހެޔޮގޮތެކެވެ. އަދި މިފަދައިން އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙު ގައި ބުރަވެލެއްވިއެވެ. އަދި އެދޫކުޅަޔަސް އޭގައި ގޯހެއް ނުވެއެވެ.“

~ ގަލަންދާން