Naseyhai
932 subscribers
1.42K photos
71 videos
3 files
273 links
An NGO registered under the youth ministry which aims to spread religious awareness. We design and produce Islamic photos, videos and reports on all topics.

www.naseyhai.com
Download Telegram
ސިނގިރެޓް ބުއިމަކީ، الله ދެއްވި ދުޅަހެޔޮ ޞިއްޙަތުގެ ނިޢުމަތަށް ކުފުރުވެރި ވުމެކެވެ. އެހެނީ ސިނގިރެޓް ބުއިމަކީ، ސީދާކޮށް މީހާގެ ހަށިގަނޑަށް ބޮޑު ގެއްލުމެއްދޭ ކަމެކެވެ.

އައްޝައިޚް މުޙައްމަދު ޝާހިދު (حفظه الله)
އަނބިމީހާ ފިރިމީހާ، އެކަކު އަނެކަކަށް ދުޢާކޮށްދިނުމުގެ ހެޔޮ އަސަރު ޒަވާޖީ ޙަޔާތުން ފެނިގެންދެއެވެ.

އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)
ޙަލާލު ކަންތައްތަކުން ލައްޛަތާއި އުފާވެރިކަން ޙާޞިލްކުރުމަށްޓަކައި ޙަރާމް ކަންތައްތަކާއި ދުރުހެލިވާށެވެ.

އައްޝައިޚް ޢީސާ ޙުނައިން (حفظه الله)
ދުނިޔެއަކީ ކަނޑެކެވެ. އަދި އާޚިރަތަކީ އައްސޭރިއެކެވެ. އަދި [ދަތުރުގެ] ބޯޓަކީ ތަޤުވާއެވެ. އަދި މީސްތަކުންނަކީ ދަތުރުވެރިންތަކެކެވެ.

النهرجوري (رحمه الله), الزهد الكبير للبيهقي (رحمه الله)
ޤުރުއާނާ ކައިރިވާށެވެ. މަގުފުރެދިގެން ނުދާނެއެވެ.

އައްޝައިޚް ޝަފީޢު ޢަބްދުﷲ (حفظه الله)
﴿أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ﴾

މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟

[سورة العنكبوت 2]
ތެދުވެރި ތައުބާއަކީ ތިބާ [ފާފަކުރަމުން ދިޔައިރު] ފާފައަށް ލޯބިކުރި ފަދައިން، ފާފައަށް ނަފުރަތުކޮށް ރުޅިއައުމެވެ.

އަދި އެ ފާފަމަތިން ހަނދާންވެއްޖެނަމަ އެ ފާފަ ފުއްސަވައިދެވުމަށް އެދުމެވެ.

الحسن البصري (رحمه الله), تفسير ابن كثير (رحمه الله)
ފަހެ އަޅާ ކުރާ ހެޔޮ ޢަމަލަށް، އެކަމުގެ ޖަޒާ ދުނިޔޭގައިވެސް الله سُبْحَانَهُ ދެއްވައެވެ. މިއީ ޔަޤީންކޮށް ހިނގާ ކަމެކެވެ.

ދެން އެއަށްފަހު އާޚިރަތުގައި އެކަމުގެ [ފުރިހަމަ] ޖަޒާ އެމީހަކަށް ދެއްވައެވެ.

ابن القيم (رحمه الله), إعلام الموقعين عن رب العالمين
إِنَّ مَعَ الْعُسْرِ يُسْرًا

ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.

[سورة الشرح 6]
ތިބާ ބޭއިޙްތިރާމާ އެކު އަނެކާއާ ދިމާލަށް ބުނާ ބަސް އޭނާގެ ހިތުގައި ޢުމުރު ދުވަހަށް ހަރުލާފައި އޮވެދާނެއެވެ.
މަޖަލަކަށް ވެސް އެއްވެސް މީހަކަށް ބޭއިޙްތިރާމަށް ވާ ގޮތަށް ބަސް ބުނެ ނުއުޅޭށެވެ..

އައްޝައިޚް ޝަފީޢު ޢަބްދުﷲ (حفظه الله)
އެކުވެރިޔާއެވެ! ތިބާ ހިތްއެދޭ ބައެއް ކަންކަން މާތްﷲ ތިބާއަށް މިންވަރުކޮށްނުދެއްވަނީ ތިބާގެ ހެވަކަށެވެ.

އައްޝައިޚް ޝަފީޢު ޢަބްދުﷲ (حفظه الله)
الله އާއި ކުއްތަންކުރުވާ ކަމެއްގައި ނޫންގޮތަކަށް އެންމެ ހިނދުކޮޅެއްވެސް ހޭދަކޮށް ނުލާށެވެ.

صيد الخاطر لابن الجوزي (رحمه الله)
”މިދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެތެވެ.
އަދި ހަމަކަށަވަރުން، ޙަޤީޤީ ދިރިއުޅުންވަނީ، އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ.“

[سورة العنكبوت 64]
އުފާވެރިކަމުގެ ބައެއް ޢަލާމާތްތައް:

• ހެޔޮޢަމަލުކުރުމަށް ފަސޭހަވުން
• ޢަމަލުތައް ސުންނަތާއި އެއްގޮތްވުން
• ހެޔޮމީހުންނާއި އެކު އުޅުން
• އަޚުންނާއި މެދު ރިވެތި އަޚްލާޤެއް ގެނގުޅުން
• ޚަލްޤުތަކުންނަށް ހެޔޮފޯރުކޮށްދިނުމާއި މުސްލިމުތަކުންނަށް އަހައްމިއްޔަތުކަން ދިނުން
• ވަޤުތަށް ފަރުވާތެރިވެ ރައްކާތެރިވުން

الاعتصام للشاطبي (رحمه الله)
ފާފައެއް ރިވެތިކޮށްކޮށްގެން މޮޅުކަމެއް ކަމަށް ދެއްކުމަކީ އެފާފައަކަށް ދެވޭ ހިތްވަރެކެވެ. ފާފައަށް ހިތްވަރު ދިނުމަކީ މުސްލިމަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ.

{وَتَعَاوَنُوا۟ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖ وَلَا تَعَاوَنُوا۟ عَلَى ٱلۡإِثۡمِ وَٱلۡعُدۡوَ ٰ⁠نِۚ وَٱتَّقُوا۟ ٱللَّهَۖ إِنَّ ٱللَّهَ شَدِیدُ ٱلۡعِقَابِ}

މާނައީ: “އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤްވާވެރި ވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ވާށެވެ! އަދި ފާފަވެރިވުމާއި، ޢަދާވާތްތެރި ވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވާށެވެ! ހަމަކަށަވަރުން، ﷲ އީ ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހެވެ.”

އައްޝައިޚް ޢަލީ ޝަރީފް އިބްރާހީމް (حفظه الله)
އަޅާނުލިޔަސް އަޅާލުން
ޒިޔާރަތް ނުކުރިޔަސް ޒިޔާރަތްކުރުން
ހަދިޔާ ނުދިނަސް ހަދިޔާ ދިނުން
ދައުވަތު ނުދިނަސް ދައުވަތު ދިނުން

ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް
މިނެދޭ ނާޅިން މިނެދޭ އުޞޫލު މުގުރާލަން ޖެހޭ!

އައްޝައިޚް އަޙްމަދު ރިމާޒް (حفظه الله)
އިބިލީސް ހަލާކުވެގެން ދިޔައީ އަމިއްލަ ނަފުސާ މެދު ބޮޑާވެ ފަޚުރުވެރި ވުމުގެ ސަބަބުންނެވެ. އެސޮރުގެ އެ ބަސް ޤުރުއާނުގައި މިފަދައިން ޛިކުރު ކުރެވިގެންވެއެވެ:

(أَنَا خَيْرٌ مِّنْهُ)
މާނައީ: "އެކަލޭގެފާނަށްވުރެ ތިމަން، މާމޮޅެވެ."

لطائف المعارف لابن رجب (رحمه الله)
އަންހެން ދަރިފުޅަށް ބުނެދޭށެވެ:

ނިވާވުމަކީ ރީތިކަން ގެއްލޭ ކަމެއް ނޫނެވެ.
ނިވާވުމަކީ ރީތިކަން ރައްކާތެރިކުރުމެވެ.

އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)
ފާފައިގެ ސަބަބުން ނިޢުމަތްތައް ފިލައިގެން ދެއެވެ. މިއީ ހަމަ ޔަޤީނަށްވެސް ހިނގާ ކަމެކެވެ. މީހަކު ފާފައެއް ކުރުމުން އެ ފާފައަކާއި އެކަށީގެންވާ މިންވަރަކަށް، އެ މީހެއްގެ ކިބައިން ނިޢުމަތް ފިލައިގެން ދެއެވެ.

فصل الخطاب في الزهد والرقائق والآداب