لَا إِلَٰهَ إِلَّا ٱللَّٰهُ
627 subscribers
331 photos
92 videos
168 files
650 links
Download Telegram
Forwarded from Faidhaa (Abu Ismael)
وقال هلال بن العلاء
އަދި ހިލާލް ބިން ޢަލާ ވިދާޅުވިއެވެ.

طلب العلم شديد
ޢިލްމު އުނގެނުމަކީ އުނދަގޫ ކަމެކެވެ.

وحفظه أشد من طلبه
އަދި އެ ޢިލްމު ހިތުގައި ރައްކާކުރުމަކީ އުނގެނުމަށްވުރެ އުނދަގޫ ކަމެކެވެ.

والعمل به أشد من حفظه
އަދި އެ ޢިލްމަށް އަމަލުކުރުން ހިތުދަސްކޮށް ރައްކާކުރުމަށްވުރެ އުނދަގުލެވެެ.

والسلامة منه أشد من العمل به
އަދި އެ ޢިލްމަށް އަމަލުކުރުމަށްވުރެ އުނދަގޫ ކަމަކީ އެ ޢިލްމުން ސަލާމަތުގެ އައްސޭރިއަކަށް ވާަަސިލުވުމެވެ. (އިޚްލާސްތެރިކަމާއިއެކު ﷲ ގެ ވަޖުހުފުޅައްޓަކައި އެކަނި ޢިލްމު حاصل ކުރުން)

الترغيب والترهيب لأبي القاسم الأصبهاني ٢/٨٧٤

#Thazkiyah
Forwarded from Faidhaa (الْمِيْمُ وَالْمِيْمُ وَالْأَلِفُ)
އޭ އާދަމުގެ ދަރިޔާއެވެ! ތިބާ އަކީ އެކަނިވެރިއެކެވެ!

🖋️ އިބްނު އަލް-ޖަޥްޒީ (597ހ.) ޛިކްރުކުރިއެވެ:

«އޭ އާދަމުގެ ދަރިޔާއެވެ! ތިބާ މަރުވަާނީ ތިބާ އެކަނިމާއެކަނިކަން ތިބާ ދަންނާާށެވެ! އަދި ތިބާގެ ޤަބްރަށް ތިބާ ވަންނާނީވެސް ތިބާ އެކަންޏެވެ. އަދި ތިބާ އަލުން ދިރުވޭނީވެސް ތިބާ އެކަަންޏެވެ. އަދި ތިބާ ޙިސާބު ބެއްލެވޭނީވެސް ތިބާ އެކަންޏެވެ.

އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން އެންމެހާ މީސްތަކުން ﷲ އަށް ކިޔަމަންގަނެފައި، ތިބާ ﷲ އަށް އުރެދިއްޖެނަމަ، އެއެންމެންގެ ކިޔަމަންވުމަކުންނެއް ތިބާއަކަށް ނަފަޢައެއް ނުކުރާނެތެވެ.»

📕 [بحر الدموع لابن الجوزي: 81/1]

#Thazkiyah
Forwarded from Faidhaa (الْمِيْمُ وَالْمِيْمُ وَالْأَلِفُ)
ތިން ކަމެއް ތިބާއަށް ފެނިއްޖެނަމަ، ދެން ތިބާ ދަންނާށެވެ!

🖋️ ޢަބްދު ﷲ ބްނު ޢައްބާސް (68ހ.) – رَضِيَ اللَّهُ عَنْهُمَا – އަށް ޢިލްމުވެރި އިމާމް ކަޢްބު އަލް-އަޙްބަާރު (32ހ.) އާ ބައްދަލުވެގެން ވިދަަާޅުވިއެވެ:

«އޭ އިބްނު ޢައްބާސްއެވެ. ތިން ކަމެއް ތިބާއަށް ފެނިއްޖެނަމަ، ދަންނައެވެ.

އެއީ: ކަނޑިތައް ޢޮރިޔާންވެ (އޭގެ އުރައިން ދެމި ހާމަވެ ހާސާ) ވެއްޖެކަމާއި، އަދި ލޭތައް އޮހޮރިގަނެއްޖެކަން ތިބާ ދެކި ފެނިއްޖެނަމަ، ފަހެ ހަމަކަށަވަރުން ﷲ ގެ ޙުކްމު ނަގައިލެވި ގެއްލިއްޖެކަން ތިބާ ދަންނާށެވެ! ފަހެ ދެން އެބަޔަކު އެއްބަޔެއް އަނެއްބަޔެއްގެ ފުށުން ބަދަލު ހިފަތެވެ.

އަދި ވާރޭތިކި ހިފެހެއްޓި (ކެރި ބަންދުވެއްޖެކަން) ތިބާ ދެކި ފެނިއްޖެނަމަ، ފަހެ ހަމަކަށަވަރުން ޒަކާތު މަނަޢަ ކޮށްލެވިއްޖެކަން ތިބާ ދަންނާށެވެ! މީސްތަކުން އެބައިމީހުންގެ ކިބައިގައި ވާ އެއްޗެއް މަނަޢަކުރިއެވެ. ފަހެ އެހެންކަމުން ﷲ އެކަލާނގެ ކިބައިގައި ވާ އެއްޗެއް މަނަޢަކުރެތެވެ.

އަދި ބަލިމަޑުކަމާއި ވަބާއު ފެތުރިއްޖެކަން ތިބާ ދެކި ފެނިއްޖެނަމަ، ފަހެ ހަމަކަށަވަރުން ޒިނޭ ކުރުން ފެތުރިއްޖެކަން ތިބާ ދަންނާށެވެ!»

📘 [مساوئ الأخلاق ومذمومها وطرائق مكروهها للخرائطي: 229/1، حلية الأولياء وطبقات الأصفياء لأبي نعيم الأصبهاني: 379/5]

#Thazkiyah
Forwarded from Faidhaa (الْمِيْمُ وَالْمِيْمُ وَالْأَلِفُ)
ﷲ އަށް ޝިރްކު ކުރުމަށް ފަހުގައި ދެން އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ވެއެވެ.

🖋️ އިމާމް ވަހްބު ބްނު މުނައްބިހު (110ހ.) ވިދާޅުވިއެެވެ:

«ހަމަކަށަވަރުން ﷲ އަށް ޝިރްކު ކުރުމަށްފަހުގައި، ﷲ ގެ ޙަޟްރަތުގައި އެންމެ ބޮޑުވެގެންވާ ފާފައަކީ: މީސްތަކުންނަށް ޖެއްސުމާއި ފުރައްސާރަކުރުމެވެ.»

📘📙 [حلية الأولياء وطبقات الأصفياء لأبي نعيم الأصبهاني: 51/4]

#Thazkiyah
Forwarded from Faidhaa (الْمِيْمُ وَالْمِيْمُ وَالْأَلِفُ)
ތިބާގެ މުސްލިމް އަޚުންގެ ނިއްޔަތުތަށް ބަލާ އެހޯދުމުން ދުރުހެލިވެ ރައްކާތެރިވާށެވެ. އެހެނީ ފަހެ އެނިއްޔަތުތަކަކީ އެމީހަކަާ އެމީހެއްގެ ރައްބާ ދެމެދުގައިވާ ކަމެކެވެ.

🖋️ އިމާމް މަކްޙޫލު އައް-ޝަާމީ (116ހ.) ވިދާޅުވިއެވެ:

«މީހަކު ނަމާދުކުރަނިކޮށް ތިމަން ދެކުނީމެވެ. އަދި އޭނާ ރުކޫޢުކޮށް ސުޖޫދުކުރާ ކޮންމެ ފަހަރަކު ރޮއެއެވެ.

ފަހެ އޭނަާގެ ރުއިމުން އޭނާ ދެއްކުންތެރިވަނީ ކަމަށް އަހުރެން އޭނާއަށް ތުހްމަތުކުރީމެވެ. ފަހެ އެހާރުން އެއްއަހަރުވަންދެން ރުއިމުން އަހުރެން މަޙްރޫމުވިއެވެ.»

📕 [حلية الأولياء وطبقات الأصفياء لأبي نعيم الأصبهاني: ٥/‏١٨٤]

#Thazkiyah
Forwarded from Faidhaa (الْمِيْمُ وَالْمِيْمُ وَالْأَلِفُ)
މީހުންތަކެއް ވާހަކައެއް ދައްކަން ތިބެނިކޮށް، އެމީހުންގެ ވާހަކަ ތިބާ މެދުކަނޑާނުލާށެވެ.

🖋️ ޢާއިޝަތު (58ހ.) – رَضِيَ اللَّهُ عَنْهَا – ވިދާޅުވިއެވެ:

«ބަޔަކުމީހުން ވާހަކަދައްކާތަން ތިބާއަށް ފެނިއްޖެނަމަ، ފަހެ އެބައިމީހުންގެ ވާހަކަ ތިބާ މެދުކަނޑާނުލާށެވެ.»

📕 [مساوئ الأخلاق للخرائطي: ١/‏٢٤٣]

#Thazkiyah