لَا إِلَٰهَ إِلَّا ٱللَّٰهُ
426 subscribers
255 photos
64 videos
136 files
453 links
Download Telegram
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ﷲގެ ޙަޟްރަތުގައި އެންމެ ހެޔޮވެގެންވާ ނަމާދަކީ ހުކުރުދުވަހު ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދެވެ.
އިމާމް البخاري އަދި مسلم ގައި أبو هُرَيرَة رَضِيَ اللهُ عنه، އަރިހުން ރިވާވެގެންވެއެވެ.

"ހުކުރު ދުވަހުގެ ފަތިސް ނަމާދުގައި ނަބިއްޔާ ﷺ السجدة ސޫރަތާއި الإنسان ސޫރަތް ކިޔެވުން ތިލާވަތް ކުރައްވައެވެ."

-އަބޫ އިބްރާހީމް އަލް މާލްދީފް-



@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
InShot_20231221_201829805.jpg
1.2 MB
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ:

މާނައީ: "ތިބާ ހިތަށް ހެޔޮކަން ނޭނގިއްޖެއްޔާ، އަދި މުންކަރާތަށް އިންކާރު ނުކޮށްފިއްޔާ ތިބާ ހަލާކުވެއްޖެއެވެ. "

البدع لابن وضاح: 271

އަދިވެސް ވިދާޅުވިއެވެ:

މާނައީ: "ހަމަކަށަވަރުން ނުބައި ކަންތަކެއްވާހުއްޓެވެ. ފަހެ އެކަންތަކެއް ބަދަލުކޮށް ތަޣައްޔަރުކޮށްނުލެވޭ މުންކަރާތެއް މީހާއަށް ފެނިއްޖެނަމަ އޭނާގެ ހިތުން އެކަންތަކަށް ނުރުހިގެންވާކަން الله ދެނެވޮޑިގެންވުން އޭނާއަށް ފުދިގެންވެއެވެ."

مصنف ابن أبي شيبة: ،37582 وشعب الإيمان للبيهقي: 7183

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
އިބްނު ޢައްބާސް رضي الله عنه ވިދާޅުވެފައިވެއެވެ:

”ޤުރުއާނުގައިވާ އަޅުކަންކުރުމަށް އައިސްފައިވާ ހުރިހާ އަމުރުތަކުގެ މުރާދަކީ ތައުޙީދެވެ. ( الله سبحانه و تعالى އެއްކައުވަންތަކުރުމެވެ.)“

تفسير البغوي 71/1

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
InShot_20240620_225529236.jpg
648.2 KB
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ކޮންމެ ވެރިކަމެއްގައި ކުރިއަސް، ޔޯގާ އަކީ ޝިރުކެއް. ހިންދޫ ދީނުގެ އަޅުކަމެއް ކަން އެނގި ހުރެ އެކަން ކުރާ މީހާ ދީނުން ބޭރުވާނެ. އަަދި މިކަން ސިޔާސީކޮށް ޔޯގާ ޝިރުކަށް އޯކޭ ވާމީހާއަށް ޤިޔާމަތްދުވަހުން އެއްވެސް ހެވެެއް ނެތް.

އެއަށްފަހު ދަންނައެވެ. އިބޫ ޞާލިހުގެ ވެރިކަމުގައި ޔޯގާ ޝިރުކު ފާޅުކަން ބޮޑު ގޮތެއްގައި ކުރަން އުޅުމުން، އެކަން ހުއްޓުވަން ދިޔައީ އަހަރެމެންގެ އަޚުން. އަހަރެމެންގެ އަޚުންނަކީ، ﷲ ލަޢުނަތް ލެއްވި ތިޔަ ފާސިދު ޕާޓީ ތަކަށް ތާއީދު ކުރާ ބައެއް ނޫން. ٱلْحَمْدُ لِلَّٰهِ. އަދި އެއީ އެއްވެސް ހާލެއްގައި PPM އަކުން ނުވަތަ އެހެންވެސް ޕާޓީއަކުން ހުއްޓުވި ކަމެއް ނޫން. އެ ޝިރުކު ހުއްޓުވުގެ ތައުފީގު ދެއްވި ކަމަށްޓަކާ ﷲ އަށް ޙަމްދު ކުރަން.

ނަތީޖާ އަކަށްވީ ޔޯގާ ޝިރުކު ކުރިން ކުރިހެން ފާޅުގައި ކުރަން ނުކެރުމެވެ. އަދި މިވެރިކަމުގައިވެސް ފާޅުގައި ޔޯގާ ޝިރުކު ކުރަން އުޅެފި ނަމަ އެކަން ހުއްޓުވަން އަޚުންތައް ނުކުންނާނެ. إِنْ شَاءَ ٱللَّٰهُ.

މިވާހަކަތައް މި ހިއްސާ ކޮށްލީ ބަޔަކު، ކުރީން ޔޯގާ ޙަރާމްކުރި މީހުންތައް ކޮބައިހޭ ބުނެ މިކަންކަން ސިޔާސީ ކުރަން ބަޔަކު މަސައްކަތް ކުރާތީ.

( މަޞްދަރު )
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ޝެއިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބު رحمه الله "ޖާހިލިއްޔަތުގެ މައްސަލަތައް" ބަޔާންކުރެއްވި ފޮތުގައި، ސައުވީސްވަނަ މައްސަލަ އާއި ފަންސަވީސްވަނަ މައްސަލަ ބަޔާންކުރައްވަމުން ވިދާޅުވިއެވެ:

ސައުވީސްވަނަ މައްސަލަ:

އެމީހުންނަށް ވުރެ ކުރިން ދެރަނިކަމެތީން ޙައްޤަށް ތަބަޢަވުމުން، ކިބުރުވެރިކަމާއި ބޮޑާކަމާއި އެކީ އެމީހުން ޙައްޤަށް ވަނުން ދޫކޮށްލައެވެ. ދެން الله އެކަން ބަޔާންކުރައްވާ އާޔަތްތައް ބާވައިލެއްވިއެވެ.

{ وَلَا تَطْرُدِ الَّذِينَ يَدْعُونَ رَبَّهُم...}

މާނައީ: "އަދި އެމީހުންގެ ވެރި ރައްބަށް ދުޢާކުރާ މީހުން ކަލޭގެފާނު ދުރުކޮށް ބޭރުކޮށް ނުލާށެވެ.."

ފަންސަވީސްވަނަ މައްސަލަ:

އެމީހުން އެއްޗެއްގެ ބާޠިލުކަން ހާމަކުރުމަށް ދަލީލެއްގެ ގޮތުގައި، އެކަމަކަށް އެމީހުންނަށްވުރެ ކުރީން ދެރަނިކަމެތި މީހުން ތަބަޢަވުން ދައްކައެވެ. އެއީ الله ގެ ބަސްފުޅުގައިވާ ފަދައިންނެވެ.

{ لَوْ كَانَ خَيْرًا مَّا سَبَقُونَا إِلَيْهِ ۚ...}

މާނައީ: "..އެތަކެއްޗަކީ އެއީ ހެޔޮކަމެއް ކަމުގައިވީނަމަ، ތިމަންމެންގެ މައްޗަކަށް އެއުރެން އެކަމަށް އިސްނަގައި ކުރިއަރައި ނުދިޔައީހެވެ..."

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
(ޑިމޮކްރަސީ) ކުފުރު ރީތިވެއްޖެ މީހަކީ އިސްލާމްދީނުގެ ހިދާޔަތަށް އެމީހެއްގެ ލޯ ކަނުވެފައިވާ މީހެކެވެ.

الشيخ فضلون بن محمد (حفظه الله)

( މަޞްދަރު )

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
InShot_20240221_003626058.jpg
802.7 KB
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
” އަދި މުރުތައްދުންނާއި މުނާފިޤުންގެ އެއްބައިވުމާއި ނުލައެއް މި ޞަލީބީ ކޯލިޝަނަށް ހަމަ ހިލާ ދެމި ނުއޮވެ ވުނީހެވެ. އަދި މުސްލިމުންގެ ތެރެއިން ހަމަބުއްދި ނުވާ މީސްގަނޑާއި ނުލައެވެ. މުސްލިމުންގެ އެއްބައިވުމާއި އެކަތިގަނޑަކަށްވުމާއި އަދި ސާފުވެގެންވާ މިވަޙީ ބަސްފުޅަށް އިޖާބަދިނުން ވީނަމައެވެ.

﴿ إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ ﴾ الصف:4

[ ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް
އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، الله
ލޯބިވެވޮޑިގެންވެތެވެ.] “

- އައްޝައިޚް ސުލައިމާން ބިން ނާޞިރް
އަލްޢަލްވާން فك الله أسره - ( އަލްވަލާއު ބަލްބަރާއު )

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ:

“ތިބާ އެއްވެސް މަޚްލޫޤަކަށް ބިރުގަންނަ ނަމަ ތިބާ އެ މަޚްލޫޤަކަށް ފިލަން ދުވާނެއެވެ. الله އަށް ބިރުވެތިވާ ހިނދު އެކަލާނގެ ދެކެ ލޯބިވެ، އެކަލާނގެއާ ގާތްވުމަށް މަސައްކަތް ކުރާނެއެވެ.”

[އަލްފަވާޢިދު |  ސ.  55]

( މަޞްދަރު )

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
InShot_20240622_174557192.jpg
908.8 KB
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
{ إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ }

މާނައީ: [ ހަމަކަށަވަރުން إبراهيم عليه السّلام ވެވަޑައިގެންނެވީ ﷲ އަށް ކިޔަމަންތެރިވެވަޑައިގެންވާ أمّة އެއްކަމުގައެވެ. شرك ން ދުރުވެވަޑައިގެން توحيد އަށް ސީދާވެގެންވާ ހެޔޮކަން އުގަންނަވައިދެއްވާ مُعَلِّم އެއްކަމުގައެވެ. އެކަލޭގެފާނުން مشرك ންގެތެރެއިން ނުވެއެވެ. ]


--------------------------------------------
ޞާލިޙް އަލް ފައުޒާން، 'އިޢާނާތުލް މުސްތަފީދު
( 78-77/1 )' ގައި ލިޔެފައިވެއެވެ:

"މިއާޔަތުގައި އިބްރާހީމް (علیه السلام) ގެ ބައެއް ސިފަތައް ކިޔާދެއްވާފައިވެއެވެ:

ހ. އެކަލޭގެފާނަކީ އުންމަތެކެވެ: މާނައަކީ އެކަލޭގެފާނަކީ ރިވެތިވެގެންވާ ނަމޫނާއެއް އަދި މަތިވެރިވެގެންވާ ވެރިއެކެވެ.

ށ. އެކަލޭގެފާނަކީ االله تعالىއަށްވާ 'ގާނިތު' އެކެވެ: މާނައަކީ އެކަލޭގެފާނު ހުންނެވީ الله تعالىގެ އަމުރުފުޅަށް ބަރާބަރަށް ކިޔަމަންގަނެ، الله تعالى އަޅުކަން ކުރުމުގައި އިޚްލާސްތެރިވެގެންނެވެ.

ނ. އެކަލޭގެފާނަކީ ޙަނީފްއެކެވެ: މާނައަކީ އިލާހެއްގެ ގޮތުގައި ނަންގަވަނީ الله تعالى އެކަންޏެވެ. އަދި الله تعالى ފިޔަވާ އަޅުކަންކުރެވޭ އެހެން ހުރިހާ އެއްޗަކުންވަނީ ބަރީޢަވެގެންނެވެ.

ރ. އެކަލޭގެފާނަކީ މުޝްރިކުންގެ ތެރެއިންވާ ބޭކަލެއް ނޫނެވެ: މާނައަކީ އެކަލޭގެފާނު ހުންނެވީ އެމީހުންގެ ކިބައިން ބަރީއަވެ
ރައްކާތެރިވެގެންނެވެ.

އަދި ތައުޙީދު ދެނެގަތުމަށްޓަކައި ވަނީ މިކަންތައްތައް ސާފުކުރުމެވެ."


@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ސައްޔިދު ޤުޠްބު (رحمه الله )

"އެއުރެން އެދެނީ އެމެރިކާގެ އިސްލާމް ދީނެވެ. އެއުރެން ބޭނުންވަނީ ވުޟޫ ގެއްލޭފަދަ ކަންކަމަށް ފަތުވާ ނެރެދޭ އިމާމުންނެވެ.

މުސްލިމުން(އުންމަތު)ގެ ހަމަނުޖެހުންތަކާއި
ހަނގުރާމަތަކާއި ސިޔާސީ ކަންކަމާއި ގުޅޭ ފަތުވާ
ދޭނެ އިމާމުން އެމީހުން ބޭނުމެއް ނުވެއެވެ.
"


@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
InShot_20240204_232019186.jpg
995.9 KB
🚫”މީސްތަކުން ޣީބަ ބުނެއުޅޭ ބައެއް ގޮތްތައް…“
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (hd)
~ ގަލަންދާނު
Please open Telegram to view this post
VIEW IN TELEGRAM
🎲 Quiz 'Quick revision on the meaning of Surat An Naba - word by word'
ނަބާ ސޫރަތް | ބަސްތަކުގެ މާނަ ކުއިޒް
🖊 63 questions · 30 sec
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ނަޖުދުގެ އިމާމުންތައް އަންނަނިވި އާޔަތް ތަފްސީރުކުރައްވާ ވިދާޅުވަނީ:

ـــــــــــــــــــــــــــ

قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّهِ وَحْدَهُ

މާނައީ:

"ހަމަކަށަވަރުންވެސް، އިބްރާހީމް (علیه السلام) އާއި އެކަލޭގެފާނާއި އެކުގައިވީ މީހުންގައި، ތިޔަބައިމީހުންނަށްވާ ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް އެންގެވި ހިނދެވެ. ތިމަންމެންވަނީ، ތިޔަބައިމީހުންނާއި، ތިޔަބައިމީހުން الله تعالى ފިޔަވާ އަޅުކަންކުރަން ގެންގުޅޭ ފަރާތްތަކުން ބަރީއަވެގެންނެވެ. އަދި ތިޔަބައިމީހުންނަށް ތިމަންމެން ކާފަރުވެސް ވެއްޖައީމެވެ. އަދި ތިޔަބައިމީހުންނާއި، އަހަރެމެންނާއި ދެމެދުގައި އަބަދުގެ އަބަދަށް ރުޅިވެރިކަމާއި، އަދާވާތްތެރިކަން އުފެދިއްޖެއެވެ. އެއީ ތިޔަބައިމީހުން الله تعالىއަށް އެކަނި އަޅުކަން ކޮށްފުމަށް ދާންދެންނެވެ." [މުމްތަޙިނާ ސޫރަތުގެ: 4]


އެބޭކަލުން ވިދާޅުވެލެއްވިއެވެ: "ފަހެ މިއާޔަތުގައި ތޯޣޫތަށް ކާފަރުވުމުގެ ގޮތުން 5 ކަމެއް ބަޔާންކުރައްވަވާފައިވެއެވެ. އެއީ:

ހ. ހަމަކަށަވަރުންވެސް އަހަރެމެންވަނީ ކަލޭމެންގެ ކިބައިން ބަރީޢަވެގެންނެވެ.

ށ. އަދި ކަލޭމެން ﷲ سبحانه وتعالى ފިޔަވާ އަޅުކަންކުރާ ހުރިހާ އެއްޗަކުންވެސް އަހަރެމެންވަނީ ބަރީޢަވެގެންނެވެ.

ނ. އަހަރެމެން ކަލޭމެންނަށް ކާފަރު ވެއްޖައީމެވެ.

ރ. އަދި އަހަރެމެންނާއި ކަލޭމެންނާއި ދެމެދުގައި އަދާވާތްތެރިކަން އުފެދިއްޖެއެވެ.

ބ. އަދި އަބަދުގެ އަބަދަށް ރުޅިވެރިކަންވެސް ވަނީ އަހަރެމެން ދެބައިމީހުންގެ ތެރޭގައި އުފެދިފައެވެ."


ــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــ

މަޞްދަރު: ފަތަވަތުލް އަޢިންމަތުން ނަޖްދިއްޔާ (428/1)


@LaILahaILLallah
Forwarded from Kaiveni Channel
ޕޯސްޓް ޖަހައިދިނުން ފްރީކޮށް!
މެސެޖް ކުރައްވާ.

އުޚްތުން މެސެޖް ކުރާނީ @For_Sisters_Only

އަޚުން މެސެޖް ކުރާނީ @For_Brothers_Only

https://t.me/kaiveniChannal
Forwarded from Faidhaa (الْمِيْمُ وَالْمِيْمُ وَالْأَلِفُ)
ތިން ކަމެއް ތިބާއަށް ފެނިއްޖެނަމަ، ދެން ތިބާ ދަންނާށެވެ!

🖋️ ޢަބްދު ﷲ ބްނު ޢައްބާސް (68ހ.) – رَضِيَ اللَّهُ عَنْهُمَا – އަށް ޢިލްމުވެރި އިމާމް ކަޢްބު އަލް-އަޙްބަާރު (32ހ.) އާ ބައްދަލުވެގެން ވިދަަާޅުވިއެވެ:

«އޭ އިބްނު ޢައްބާސްއެވެ. ތިން ކަމެއް ތިބާއަށް ފެނިއްޖެނަމަ، ދަންނައެވެ.

އެއީ: ކަނޑިތައް ޢޮރިޔާންވެ (އޭގެ އުރައިން ދެމި ހާމަވެ ހާސާ) ވެއްޖެކަމާއި، އަދި ލޭތައް އޮހޮރިގަނެއްޖެކަން ތިބާ ދެކި ފެނިއްޖެނަމަ، ފަހެ ހަމަކަށަވަރުން ﷲ ގެ ޙުކްމު ނަގައިލެވި ގެއްލިއްޖެކަން ތިބާ ދަންނާށެވެ! ފަހެ ދެން އެބަޔަކު އެއްބަޔެއް އަނެއްބަޔެއްގެ ފުށުން ބަދަލު ހިފަތެވެ.

އަދި ވާރޭތިކި ހިފެހެއްޓި (ކެރި ބަންދުވެއްޖެކަން) ތިބާ ދެކި ފެނިއްޖެނަމަ، ފަހެ ހަމަކަށަވަރުން ޒަކާތު މަނަޢަ ކޮށްލެވިއްޖެކަން ތިބާ ދަންނާށެވެ! މީސްތަކުން އެބައިމީހުންގެ ކިބައިގައި ވާ އެއްޗެއް މަނަޢަކުރިއެވެ. ފަހެ އެހެންކަމުން ﷲ އެކަލާނގެ ކިބައިގައި ވާ އެއްޗެއް މަނަޢަކުރެތެވެ.

އަދި ބަލިމަޑުކަމާއި ވަބާއު ފެތުރިއްޖެކަން ތިބާ ދެކި ފެނިއްޖެނަމަ، ފަހެ ހަމަކަށަވަރުން ޒިނޭ ކުރުން ފެތުރިއްޖެކަން ތިބާ ދަންނާށެވެ!»

📘 [مساوئ الأخلاق ومذمومها وطرائق مكروهها للخرائطي: 229/1، حلية الأولياء وطبقات الأصفياء لأبي نعيم الأصبهاني: 379/5]

#Thazkiyah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
- އިބްނުލް ޤައްޔިމު رَحِمَهُ ٱللَّٰهُ ވިދާޅުވިއެވެ:
[ الصلاة وأ حكام تار كىا 60:1 ]

" މީހާގެ ގައިގައި ކުފުރާއި އީމާންކަމާއި، ޝިރުކާއި ތައުޙީދާއި، ތަޤްވާވެރިކަމާއި ފާޖިރުކަމާއި، މުނާފިގުކަމާއި އީމާންކަން ޖަމަޢަވެދާނެއެވެ.

މިއީ އަހުލުއްސުންނާގެ އެންމެ ބޮޑެތި އަޞްލުތަކުގެ ތެރެއިންވާ އަޞްލެކެވެ.

އަދި އަހުލުއްސުންނާ ފިޔަވައި ޚަވާރިޖުންނާއި، މުޢުތަޒިލީންނާއި، ޤަދަރީންފަދަ ބިދުޢައިގެ އަހުލުވެރިން އެކަމުގައި ޚިލާފުވިއެވެ.

ބޮޑެތިފާފަތަކުގެ އަހުލުވެރިން ނަރަކައިން ނިކުތުމާއި، އަދި ނަރަކާގައި އެބައިމީހުން ދާއިމަށް ދެމިގެންވާކަމަށް ކަނޑައެޅުމުގެ މައްސަލަވެސް ބިނާވެގެންވަނީ މިއަޞްލުގެ މައްޗަށެވެ.

ޤުރުއާނާއި ސުންނަތާއި، ފިތުރަތާއި އަދި ސަޙާބީންގެ އިޖްމާޢު މިއަޞްލަށް ދަލީލުކުރިއެވެ..."


📖 އީމާންކަމާއި، އީމާންކަމުގެ ޢަލާމާތްތައް، ސުންނަތްތަކާއި، ފުރިހަމަވުމާއި ދަރަޖަތައް ބަޔާންވެގެންވާ ކިތާބް 📖


@LaILahaILLallah