•Thawakkul•|توكل على الله|
196 subscribers
140 photos
58 videos
34 files
135 links
GʀᴇᴇɴBɪʀᴅs𓅂
-ގްރީން ބަރޑްސް-

don't forget the Ummah in your duas ..

|𝐂𝐚𝐥𝐥𝐢𝐧𝐠 𝐓𝐨 𝐓𝐚𝐰𝐡𝐞𝐞𝐝|

disbelieves in Taghut and believes in Allah☝️

•توكل على الله•
T.me/Thawakkul
Download Telegram
🔻 إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ

ﷲ ވަނީ ހެޔޮ ކަންތަކާއި ނުބައި ކަންތައް ލިޔުއްވާފައެވެ


عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ رَسُولِ اللَّهِ ﷺ -فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعالَى- قَالَ: «إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ: فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا؛ كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً. وَإِنْ هَمَّ بِهَا فَعَمِلَهَا؛ كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ. وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا؛ كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً. وَإِنْ هَمَّ بِهَا فَعَمِلَهَا؛ كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً»

ޢަބްދު ﷲ ބިން ޢައްބާސް رَضِيَ اللَّهُ عَنْهُمَا ރިވާ ކުރެއްވިއެވެ: ﷲ ތަބާރަކަ ވަތަޢާލާގެ ހަޒުރަތުން، ރަސޫލު ﷲ ﷺ ރިވާ ކުރެއްވި (ގުދުސީ ހަދީސެއްގައި ވެއެވެ.) ”ހަމަކަށަވަރުން ﷲ ވަނީ (އިންސާނާ ކުރާ) ހެޔޮ ކަންތަކާއި ނުބައި ކަންތައް ލިޔުއްވާފައެވެ. ދެން އެ ކަންތައް ބަޔާން ކޮށްދެއްވިއެވެ: ފަހެ މީހަކު ހެޔޮ ކަމެއް ކުރުމަށް ގަސްދު ކުރުމަށް ފަހު އެކަން ނުކޮށްފި ނަމަ، ﷲގެ ހަޒުރަތުގައި އެކަން އެއީ ފުރިހަމަ ހެޔޮ ކަމެއްގެ ގޮތުގައި އެ އިލާހު ލިޔުއްވައެވެ. އަދި އެ މީހާ ހެޔޮ ކަމެއް ކުރުމަށް ގަސްދުކޮށް އެ ކަންކޮށްފި ނަމަ، ﷲގެ ހަޒުރަތުގައި އެ ކަން އެއީ ދިހަ ހެޔޮ ކަމުން ފެށިގެން ހަތް ސަތޭކަ ގުނައަށް، ނުވަތަ އެއަށް ވުރެ ވެސް އިތުރު އެތައް ގުނައަކަށް އެ އިލާހު ލިޔުއްވައެވެ. އަދި އެ މީހާ ނުބައި ކަމެއް ކުރުމަށް ގަސްދުކުރުމަށް ފަހު، އެކަން ނުކޮށް ދޫކޮށްލައިފި ނަމަ، ﷲގެ ހަޒުރަތުގައި އެ ކަން އެއީ ފުރިހަމަ ހެޔޮ ކަމެއްގެ ގޮތުގައި އެ އިލާހު ލިޔުއްވައެވެ. އަދި އެ މީހާ ނުބައި ކަމެއް ކުރުމަށް ގަސްދުކޮށް އެކަންކޮށްފި ނަމަ، ﷲގެ ހަޒުރަތުގައި އެކަން އެއީ އެންމެ ނުބައި ކަމެއްގެ ގޮތުގައި އެ އިލާހު ލިޔުއްވައެވެ.“

رَوَاهُ الْبُخَارِيُّ 6491
وَمُسْلِمٌ 0130
فِي صَحٍيحَيهِمَا بِهَذِهِ الْحُرُوفِ.

ބުޚާރީ 6491، މުސްލިމު 0131

رِيَاضُ الصَّالِحِينَ: 0011


މަސްދަރު: ބުޚާރީ, މުސްލިމު

توكل على الله
⭕️ މިއުޒިކާ އެކު ލަވަ ކިޔާ ލޮބުވެތި އުޚްތުންނާއި އަޚުންނަށް...

🔻 ދުނިޔެމަތީގެ ހޭދަ ކުރާ ކޮންމެ ހިނދުކޮޅަކީ ތިމާގެ ވެރި ރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގަތުމަށް މަސައްކަތް ކުރުމަށްޓަކައި އޮތް ފުރުސަތެކެވެ. ވީމާ މި ފުރުސަތު ނަހަމަ ގޮތުގައި ބޭނުންކޮށް ތިމާގެ އުމުރުގެ އަގުހުރި ދުވަސްތަށް ނަގައި ނުލާށެވެ. ދުނިޔެމަތީގައި ތިމާ ކުރާ ކޮންމެ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމުގެ ބޭނުމުގައި ކުރާ ކަމެއްކަމުގައި ހަދަންވާނެއެވެ.

މީހުންގެ ފަރާތުން ދިމާވެދާނެ މަލާމާތަށާއި ނުރުހުމަށް ވުރެން ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި އެކަލާނގެ ސުވަރުގެއަށް ދަހިވެތިވެ އެކަލާނގެ އެ ނިޢްމަތްތައް ލިބިގަތުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. ނިމުމެއް ނުވާ ޙަޔާތުގައި ތާ އަބަދު އެކަލާގެ ނިއުމަތުގައި، ތިބުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. އެކަނލާގެ އަޒާބަށް ބިރުވެތިވުން އެއީ ބުއްދިވެރިންގެ ސިފައެކެވެ.

މިއުޒިކު ބޭނުން ކުރެވިފައިވާ ކޮންމެ އަޑަކީ ކަނޑައެޅިގެން އިސްލާމް ދީނުގައި ހުއްދަނޫން، ހަރާމް ކުރެވިގެންވާ އަޑުތަކެކެވެ.

ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެގޮތުން އެންމެ މަޝްހޫރު އާޔަތަކީ ލުޤްމާން ސޫރަތުގެ ހަވަނަ އާޔަތެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ [لقمان:6] މާނައީ " އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.

އަދި އިމާމް އިބްން ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު މިއާޔަތާއި މެދުވިދާޅުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ލަވައެވެ.

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ)) [الإسراء:64] މާނައީ " އަދި އެބައިމީހުންގެތެރެއިން، ކަލެއަށް (ޝައިޠާނާއަށް) ކުޅަދާނަވީބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވާ ހެއްލުން ތެރިކުރާށެވެ! " ތަފްސީރު ޢިލްމުވެރިންގެތެރެއިން އިބްނު ކަޘީރާއި އިބްނު ޖަރީރް ރަޙިމަހުމުﷲ ފަދަބޭފުޅުން ވިދާޅުވަނީ އެތަނުގައި ޝައިޠާނާގެ އަޑޭ އެވާ ބަހުގެ މުރާދަކީ ލަވައެވެ. މިފަދަ އެތައް އާޔަތަކުން ޢިލްމުވެރިން އިސްތިދްލާލު ކުރައްވައެވެ.

އަދި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ))ليكونن من أمتي أقوام يستحلون الحر والحرير والخمر والمعازف(( (رواه البخاري في صحيحه معلقاً بصيغة الجزم) މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކުމީހުން އަންނާނެއެވެ. އެމީހުން ޒިނޭއާއި، ފަށުވިފޭރާމާއި (ފިރިހެނުންނަށް)، ރަލާއި، އަދި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ." މިޙަދީސްފުޅުގެ މާނަޔަށް ބަލައިލުމުން މިއުޒިކަކީ ޙަރާމް އެއްޗެއްކަން ވަރަށް ރީއްޗަށް ދޭހަވެއެވެ.

އަދިވެސް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައިވެއެވެ. ((ليشربن ناس من أمتي الخمر يسمونها بغير اسمها، وتضرب على رؤوسهم المعازف والمغنيات، يخسف الله بهم الأرض، ويجعل منهم القردة والخنازير(( (صححه الألباني في غاية المرام))

މާނައީ: " ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުން ލަވަކިޔާނެއެވެ. ﷲ އެބައި މީހުން ބިމުގެ ޢަޑިއަށް ގަންބަވާނެތެވެ. އަދި އެބައި މީހުންގެތެރެއިން ރާމާމަކުނުތަކާއި އޫރުތައް ލައްވާނެއެވެ."

މިކަމުގައި އޮތް އެއްމެ ހެޔޮ ބަދަލަކީ، ނުވަތަ ލަވަޔާއި މިއުޒިކުގެ ބަދަލުގައި އަޑުއަހާ، ބައިވެރިވާން ވީ ކޮންކަމެއްގައިތޯ ފާހަގަ ކޮށްލާނަމެވެ. އެގޮތުން ބަލާއިރު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ވަރަށް ފުރިހަމަ ބަދަލެއް އަޅުގަނޑުމެން މުސްލިމުން ނަށް ދެއްވާފައެވެ. ލަވަޔާ މިއުޒިކް އަޑުއަހާ ބައެއްގެ ޙުއްޖަތަކީ އެއީ ހިތްހަމަޖައްސާލަދީ ނަފުސަށް އަރާމު ގެނެސްދޭ ކަމެއްކަމަށްބުނުމެވެ. އަޅުގަނޑުމެން ހެއްދެވިފަރާތަށް އަޅުގަނޑުމެނަށް ހިތްހަމަ ޖެހުން ލިބޭނޭ ކަންތަކާ ގޮތްތައްވެސް މާމޮޅަށް ދެނެވޮޑިގަންނަވާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ ((أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ)) [الرعد:28] މާނައީ: "ދަންނާށެވެ. ހިތްތަކަށް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުންނެވެ." އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((فَاذْكُرُونِي أَذْكُرْكُمْ)) [البقرة:152] މާނައީ: " ތިޔަބައިމީހުން ތިމަން ﷲގެ މަތިން ހަނދުމަކުރާށެވެ، އޭރަށް ތިމަން ﷲ ތިޔަބައިމީހުންގެ މަތިން ހަނދުމަކުރާހުށީމެވެ"
 
ވީމާ ﷲ ގެ މަތިން ހަނދުމަކުރުމަކީ މިއުޒިކުގެ ބަދަލުގައި އަޅުގަނޑުމެނަށް އޮތް އެންމެ ފުރިހަމަ ޙައްލެވެ. އެގޮތުން ފަސްވަގުތު ނަމާދުކުރުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. އަދި ހެނދުނާ ހަވީރުގެ ޒިކުރުތަކާ ދުޢާތައްކިއުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. ގިނަ ގިނައިން ކީރިތި ޤުރުއާން ކިޔެވުމާއި ދީނީ ފޮތްތައް ކިޔުމާއި ވައުޟުނަޞޭޙަތް އަޑުއެހުމަކީ ޝައިޠާނާގެ މަގުން ތިމާ އެއްކިބާ ކޮށްދީ ގަދަ ކީރިތިވަންތަ ، އަޅުގަނޑުމެންނަށް ހުރިހާ ނިޢުމަތެއްދެއްވަވާ ޚާލިޤުވަންތަ ޖައްބާރުވަންތަ ﷲ ގެ މަތިން ހަނދުމަކޮށްދޭނޭ ކަންތައްތައްކަން ޔަޤީނެވެ.

މަސްދަރު: ދީނީ ލިޔުން
⭕️ مَنْ عَادَى لِي وَلِيًّا

ތިމަން އިލާހުގެ ވަލީވެރިއަކާ އަދާވާތްތެރިވެއްޖެ މީހާ


عَنْ أَبِي هُرَيرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِنَّ اللَّهَ تَعَالَى قَالَ: مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ، وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيهِ. وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَلَئِنِ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنِ اسْتَعَاذَنِي لَأُعِيذَنَّهُ»

އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: (ގުދުސީ ހަދީސެއްގައި) ރަސޫލު ﷲ ﷺ ހަދީސް ކުރެއްވިއެވެ: ”ހަމަކަށަވަރުން ﷲ ތަޢާލާ ވަހީ ކުރެއްވިއެވެ: ތިމަން އިލާހުގެ ވަލީވެރިއަކާ (އެބަހީ: ތިމަން އިލާހުގެ ގާތްކަން ހާސިލުކޮށްފައިވާ ތަގުވާވެރި އަޅަކާ) އަދާވާތްތެރި ވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ތިމަން އިލާހު އޭނާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވައިފީމުކަން ކަށަވަރެވެ. އަދި ތިމަން އިލާހުގެ އަޅާގެ މައްޗަށް ފަރުޟު ކުރެއްވި ކަންތައްތައް އަދާ ކުރުމަށް ވުރެ، ތިމަން އިލާހުގެ ހަޒުރަތުގައި ލޮބުވެތިކަން ބޮޑު ކަމަކުން އެ އަޅާ ތިމަން އިލާހާ ކުއްތަން ނުވެއެވެ. އަދި ތިމަން އިލާހުގެ އަޅާ ދެކެ ލޯބިވެ ވޮޑިގެންފުމަށް ދާންދެން، އެ އަޅާ ސުންނަތް އަޅުކަންތައް އަދާކޮށް ތިމަން އިލާހަށް ކުއްތަންވުން މަތީ ދެމިހުރެއެވެ. އަދި އެ އަޅާ ދެކެ ތިމަން އިލާހު ލޯބިވެ ވޮޑިގެންފި ނަމަ، އެ އަޅާގެ އަޑު އަހައި އުޅޭ އިވުން ކަމުގައި، އަދި ބަލާ އުޅޭ ބެލުން ކަމުގައި، އަދި ހިފާ އުޅޭ އަތް ކަމުގައި، އަދި ހިނގައި އުޅޭ ފައި ކަމުގައި ތިމަން އިލާހު ވެވޮޑިގަންނަވާނަމެވެ. (އެބަހީ: ﷲ، އެ އަޅާގެ ޢަމަލުތައް އިސްލާހުކޮށް ސީދާ ކުރައްވާނެއެވެ. އަދި އެ ގުނަވަންތަކުން އޭނާ ކޮށްއުޅޭނީ މުޅިން ވެސް ﷲ ރުހިވޮޑިގަންނަވާ ޢަމަލުތަކެވެ.) އަދި އެ އަޅާ ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވައިފި ނަމަ، ތިމަން އިލާހު އެ ކަމެއް އެ އަޅާއަށް ދެއްވާނެކަށް ކަށަވަރެވެ. އަދި އެ އަޅާ ރައްކާތެރިކޮށް ދެއްވުމަށް އެދި ތިމަން އިލާހަށް ދަންނަވައިފި ނަމަ، ތިމަން އިލާހު އެ އަޅާއަށް ރައްކާތެރިކަން ދެއްވާނެކަށް ކަށަވަރެވެ.“


رَوَاهُ الْبُخَارِيُّ 6502

ބުޚާރީ 6502

رِيَاضُ الصَّالِحِينَ: 0095، 0386
「لَا يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ 」

🔻ﷲގެ ޒިކުރުކުރުން މަތީ ތިބާގެ ދޫ ހިކުނަ ނުދޭށެވެ!

عَنْ عَبْدِ اللَّهِ بْنِ بُسْرٍ رَضِيَ اللَّهُ عَنْهُ قَالَ: أَتَى النَّبِيَّ ﷺ رَجُلٌ، فَقَالَ: يَا رَسُولَ اللَّهِ! إِنَّ شَرَائِعَ الْإِسْلَامِ قَدْ كَثُرَتْ عَلَينَا، فَبَابٌ نَتَمَسَّكُ بِهِ جَامِعٌ؟ قَالَ: «لَا يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ عَزَّ وَجَلَّ» خَرَّجَهُ الْإِمَامُ أَحْمَدُ بِهَذَا الَّفْظِ.

وَخَرَّجَهُ التِّرْمِذِيُّ، وَابْنُ مَاجَهْ، وَابْنُ حِبَّانَ فِي صَحِيحِهِ بِمَعْنَاهُ، وَقَالَ التِّرْمِذِيُّ: ’حَسَنٌ غَرِيبٌ‘.

وَكُلُّهُمْ خَرَّجَهُ مِنْ رِوَايَةِ عَمْرِو بْنِ قَيسٍ الْكِنْدِيِّ، عَنْ عَبْدِ اللَّهِ بْنِ بُسْرٍ رَضِيَ اللَّهُ عَنْهُ.

وَخَرَّجَ ابْنُ حِبَّانَ فِي صَحِيحِهِ وَغَيرُهُ مِنْ حَدِيثِ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُ قَالَ: آخِرُ مَا فَارَقْتُ عَلَيهِ رَسُولَ اللَّهِ ﷺ أَنْ قُلْتُ لَهُ: أَيُّ الْأَعْمَالِ خَيرٌ وَأَقْرَبُ إِلَى اللَّهِ؟ قَالَ: «أَنْ تَمُوتَ وَلِسَانُكَ رَطْبٌ مِنْ ذِكْرِ اللَّهِ عَزَّ وَجَلَّ»

ޢަބްދު ﷲ ބިން ބުސްރު رَضِيَ اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ނަބިއްޔާ ﷺ ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ: އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން އިސްލާމް ދީނުގެ ޝަރާއިއުތައް (އެބަހީ: ދީނުގައި ކުރުން ހެޔޮ އިތުރު ވެގެންވާ އަޅުކަންތައްތައް) ތިމަންމެންނަށް ނުހަނު ގިނަ ވެއްޖެއެވެ. ވީމާ ތިމަންމެން އެ ކަމެއްގައި ހިފަހައްޓާނެ ޖާމިއު (އެބަހީ: ފަސޭހަ އަދި ގިނަ ސަވާބު ލިބޭނެ) ކަމެއް (ވިދާޅުވެދެއްވާށެވެ.) ‎ނަބިއްޔާ ހަދީސް ކުރެއްވިއެވެ: ”ﷲ ޢައްޒަ ވަޖައްލަގެ ޒިކުރުކުރުން މަތީ ތިބާގެ ދޫ ހިކުނަ ނުދޭށެވެ.“ (އެބަހީ: އަބަދުވެސް ﷲގެ ޒިކުރުކުރުން މަތީ ދެމިހުންނާށެވެ.)

އިމާމު އަޙްމަދު މި ހަދީސް ރިވާ ކުރެއްވީ މި ލަފުޒުންނެވެ. އަދި މީގެ އިތުރުން މި ހަދީސް ރިވާ ކުރެއްވީ ތިރްމިޛީއާއި އިބްނު މާޖާއާ، އިބްނު ޙިއްބާނު އެކަލޭގެފާނުގެ ސަހީހުގައި މި މާނައިގައެވެ. އަދި ތިރްމިޛީ ވިދާޅުވިއެވެ: ’މިއީ ހަސަން ޣަރީބު ހަދީސެކެވެ.‘

އަދި އެ އެންމެން ވެސް މި ހަދީސް ރިވާ ކުރެއްވީ، ޢަމްރު ބިން ޤައިސް އަލްކިންދީގެ ރިވާޔަތުން، ޢަބްދު ﷲ ބިން ބުސްރި رَضِيَ اللَّهُ عَنْهُ ގެ އަރިހުންނެވެ.

އަދި އިބްނު ޙިއްބާނުގެ ސަހީހުގައި އެކަލޭގެފާނު އަދި އެ ނޫން ވެސް ބޭކަލުން، މުޢާޛު ބިން ޖަބަލު رَضِيَ اللَّهُ عَنْهُ ގެ ހަދީސް ރިވާ ކުރެއްވިއެވެ. މުޢާޛު ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ އާ އެންމެ ފަހު ފަހަރު ތިމަން ވަކިވި އިރު، ރަސޫލާ އަރިހު ދެންނެވީމެވެ: ﷲގެ ހަޒުރަތުގައި އެންމެ ހެޔޮވެގެންވާ އަދި އެންމެ ކުއްތަންވެގެންވާ ޢަމަލީ ކޮބައިތޯއެވެ؟ ނަބިއްޔާ ހަދީސް ކުރެއްވިއެވެ: ”އެއީ ތިބާ މަރުވެގެން ދާއިރު، ﷲ ޢައްޒަ ވަޖައްލަގެ ޒިކުރު ކުރުމައިގެން ތިބާގެ ދޫ ތެތްކޮށް ހުރުމެވެ.“ (އެބަހީ: ﷲގެ ޒިކުރުކުރުން މަތީ ތިބާ މަރުވެގެން ދިއުމެވެ.)


خَرَّجَهُ الْإِمَامُ أَحْمَدُ ‹17680› بِهَذَا الَّفْظِ. وَخَرَّجَهُ التِّرْمِذِيُّ ‹3375›، وَابْنُ مَاجَهْ ‹3793›، وَابْنُ حِبَّانَ فِي صَحِيحِهِ ‹0814› بِمَعْنَاهُ، وَقَالَ التِّرْمِذِيُّ: ”حَسَنٌ غَرِيبٌ“ ‹وَصَحَّحَهُ الأَلبَانِي فِي صَحِيح سُنَن التِّرمِذِي›

وَخَرَّجَ ابْنُ حِبَّانَ فِي صَحِيحِهِ 〈0818، وَصَحَّحَهُ الأَلبَانِي فِي التَّعلِيقَات الحِسَان عَلَى صَحِيح ابن حِبَّان 815〉 وَغَيرُهُ.

މުސްނަދު އަޙްމަދު 17680، ތިރްމިޛީ (ހަސަން ޣަރީބު) 3375، އިބްނު މާޖާ 3793، އިބްނު ޙިއްބާން 0814

އިބްނު ޙިއްބާން 0818

رِيَاضُ الصَّالِحِينَ: 1438
Audio
📖 ސަދަގާތް ކުރުމުގެ މާތް ކަން
🗣 ސެއިޙް މުަހަންމަދު އިބްރާހިމް (ނައިފަރު)

Join@https://t.me/dhivehiaudiodharus
ތަވީދު އެޅުމުގެ ހުކުމަކީ ކޮބާ؟
Anonymous Quiz
2%
ހުއްދަ
6%
މަކްރޫހަ
92%
ޙަރާމް
އިސްލާމްދީނުގައި އެންމެ ފުރަތަމަ ހުކުރު ކުރެވުނީ ކޮންތާކު؟
Anonymous Quiz
16%
މައްކާގައި
39%
ޤުބާގައި
46%
މަދީނާގައި
މަލާއިކަތުން ޚަލްޤު ކުރެވިފައިވަނީ ކޮން އެއްޗަކުން؟
Anonymous Quiz
0%
މަށިން
99%
ނޫރުން
1%
އަލިފާނުން
• مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ

~ ނުބައި ކަމެއް ފެނިއްޖެ ނަމަ އެ ކަން އަތުން ބަދަލު ކުރާށެވެ

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ»

އަބޫ ސަޢީދު އަލްޚުދްރީ رَضِي اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ރަސޫލު ﷲ ﷺ ހަދީސް ކުރައްވަނިކޮށް ތިމަން އަޑު އެހީމެވެ: ”ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ނުބައިކަމެއް ފެނިއްޖެ ނަމަ، ފަހެ އޭނާގެ އަތުން އެ ކަމެއް ބަދަލު ކުރާށެވެ. ދެން (އެ ކަމަށް) ކުޅަދާނަވެގެން ނުވާ ނަމަ، ފަހެ އޭނާގެ ދުލުންނެވެ. ދެން (އެ ކަމަށް) ވެސް ކުޅަދާނަވެގެން ނުވާ ނަމަ، ފަހެ އޭނާގެ ހިތުންނެވެ. އަދި އެއީ އީމާންކަމުގެ އެންމެ ބަލިކަށި ދަރަޖައެވެ.“ (އެބަހީ: ފާފައެއް ކުރާތަން ފެނިއްޖެ ނަމަ، ޢަމަލީ ގޮތުން އެ ކަން ހުއްޓުވާށެވެ. ނުކުރެވޭ ނަމަ، ދެން އަނގަބަހުން ނުވަތަ ލިޔުމުން އެ ކަން ކުށްވެރިކޮށް، އޭގެ ނުބައިކަން ބަޔާން ކުރާށެވެ. އެވަރު ވެސް ނުކުރެވޭ ނަމަ، ދެން އެ ކަމަށް ނަފުރަތުކޮށް، އެ ކަން ހުއްޓުމަށް ހިތުން އެދޭށެވެ.)

رَوَاهُ مُسْلِمٌ 0049

މުސްލިމު 0049

رِيَاضُ الصَّالِحِينَ: 0184
ވާނުވާ...

ويقول شيخ الإسلام في الرد على البكري (1/ 263). (( من ادعى دعوى وأطلق فيها عنان الجهل مخالفاً فيها لجميع أهل العلم، ثم مع مخالفتهم يريد أن يكفر ويضلل من لم يوافقه، فهذا من أعظم ما يفعله كل جهول مغياق"


ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ”އެންމެހާ ޢިލްމުވެރިންގެ ބަހާއި ޚިލާފަށް ކަމެއްގައި ތުހުމަތެއް ކޮށް އޭގައި ޖާހިލު ކަމުގެ ލަގަން އަޅުވައި، ދެން — އެންމެހާ ޢިލްމުވެރިންނާއި މީނާ ޚުދު ތަޢާރުޟުވެގެންވާ ހިނދުވެސް — އޭނާ އާއި އެއްބަސް ނުވާ މީހުން ކާފަރުކޮށް މަގުފުރެދިފައިވާ ކަމަށް ކަނޑައަޅާން އެދޭ މީހާ އާއިމެދު ދަންނައެ، ފަހެ މިއީ ކޮންމެ ވާނުވާ ނޭގޭ ޖާހިލެއްވެސް ކުރާ އެންމެ ނުބައިކަން ބޮޑުވެގެންވާ ކަންތަކެވެ.“


~ ގަލަންދާނު
އަބޫ ލަހަބާއި އުންމު ޖަމީލަށް ލިބޭނެ ޢަޛާބުގެ ވާހަކަ އައިސްފައިވަނީ ޤުރްއާންގެ ކޮން ސޫރަތަކަށް؟
Anonymous Quiz
12%
سورة البقرة
75%
سورة المسد
13%
سورة القريش
ޞާލިޙެއް ﷲ އަށް މި ބާބުގެ ދަށުން އާދޭސް ދެންނެވިއެވެ. އެއީ ރަޙުމަތުގެ ބާބުގެ ދަށުންނެވެ:

ޔާ ﷲ އިބަ އިލާހު ވަޙީ ކުރެއްވިއެވެ:

{فَمَن تَابَ مِنۢ بَعۡدِ ظُلۡمِهِۦ وَأَصۡلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيۡهِۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ}(5:39)

”ފަހެ، އަނިޔާވެރިވުމަށްފަހު، توبة ވެ (އޭނާގެ عمل) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އެމީހާގެ މައްޗަށް توبة ލައްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.“

ފަހެ އަޅާ އަނިޔާވެރި ވުމަށްފަހު ތަޥްބާ ވެއްޖައީމެވެ. ވީމާ އަޅާއަށް ރަޙުމް ކުރައްވާށިއެވެ...

[މިއިން ﷲ އަށް އާދޭސް ދެންނެވިއެވެ.]

ފަހެ އޭގެ ތެރެއިން އަޅާ ނުލެއްވޭނަމަ، އިބަ އިލާހު ވަޙީ ކުރެއްވިތެވެ:

{وَرَحۡمَتِي وَسِعَتۡ كُلَّ شَيءࣲۚ } (7:156)

"ތިމަން އިލާހުގެ ރަޙުމަތް އެންމެހާ ތަކެއްޗެއް މައްޗަށް ފުޅާވެގެންވެއެވެ.“

ފަހެ އަޅާ މިއީ އެތަކެތީން ކުރެ އެއްޗެކެވެ...
ވީމާ އަޅާއަށް ރަޙުމް ކުރައްވާށިއެވެ.

ފަހެ އޭގެ ތެރެއިން އަޅާ ނުލެއްވޭނަމަ، މިއަށް ވުރެ ބޮޑު މުޞީބާތެއް ކޮބައިހެއްޔެވެ؟ އެހެނީ އިބަ އިލާހު އެންގެވީ އިބަ އިލާހުގެ ރަޙުމަތް އެންމެހާ ތަކެއްޗެއް މައްޗަށް ފުޅާވެގެންވާކަމަށެވެ. އެހެނަސް އަޅާއަށް އެނުހޯދުނެވެ.

ވީމާ މިއީ މުޞީބާތެއް ނޫން ހެއްޔެވެ؟ އެހެންކަމުން އިބަ އިލާހު އަހަރެމެންނަށް އުނގަންނަވައި ދެއްވިފަދައިން ބުނަމެވެ:

إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ

އަދި އިބާ އިލާހު ވަޙީ ކުރެއްވިތެވެ:

{ٱلَّذِينَ إِذَآ أَصَٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ * أُو۟لَٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌۖ } (6-2:156)

”އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ އޭ ބުނާ މީހުންނެވެ. * އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ...“

ވީމާ އަޅާ އަށް ރަޙުމް ކުރައްވާށިއެވެ.

[އެންމެހާ މަގަކުން ﷲ އަށް އާދޭސް ދެންނެވިއެވެ. އެއިލާހުގެ ރަޙުމަތްފުޅާއި ރަޙްމާނިއްޔަތުގެ ޞިފަ ތަކުންނެވެ.]


— އައްޝައިޚް ސަޢީދުލް ކަމަލީ

~ ގަލަންދާން


_________

إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ : ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކެވެ.
⦙ الرَّضَاعَةُ تُحَرِّمُ مَا تُحَرِّمُ الْوِلَادَةُ ⦙

🔻 ވިހެއުމުގެ ސަބަބުން ހަރާމްވާ ކަންތައް، ކިރު ދިނުމުގެ ސަބަބުން ވެސް ހަރާމްވެގެން ދެއެވެ.

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا عَنِ النَّبِيِّ ﷺ قَالَ: «الرَّضَاعَةُ تُحَرِّمُ مَا تُحَرِّمُ الْوِلَادَةُ»

ޢާއިޝާ رَضِيَ اللَّهُ عَنْهَا ރިވާ ކުރެއްވިއެވެ: ނަބިއްޔާ ﷺ ހަދީސް ކުރެއްވިއެވެ: ”ވިހެއުމުގެ ސަބަބުން ހަރާމްވާ ކަންތައް، ގާތުން ކިރު ދިނުމުގެ ސަބަބުން ވެސް ހަރާމްވެގެން ދެއެވެ.“ (އެބަހީ: ނަސަބުގެ ގާތްކަމުގެ ސަބަބުން މީހުންނާ ކާވެނިކުރުން ހަރާމްވާ ފަދައިން، މައިމީހާ ނޫން އެހެން މީހެއްގެ ފަރާތުން ކިރު ދިނުމުން، އެ ކިރު ދިން މީހާގެ ނަސަބުގެ ބައެއް މީހުންނާ ކާވެނިކުރުން ވެސް ހަރާމްވެގެން ދެއެވެ.)

خَرَّجَهُ الْبُخَارِيُّ 3105، وَمُسْلِمٌ 1444

ބުޚާރީ 3105، މުސްލިމު 1444


މަސްދަރު: ބުޚާރީ، މުސްލިމް ހަދީޘް ފޮތުން ނެގިފައި

•توكل على الله•
أبوحُ بشوقٍ سرَى فِي دَمِي
المؤدي غير معروف
أَبُوحُ بِشَوقٍ سَرَىٰ فِي دَمِي
ކުރަން ފާޅު ޝަޥްޤެއް މަގޭ ލޭގަވާ
إلَىٰ أفضَلِ الخَلقِ كُلِّهِمِ
އެއީ އެންމެ މޮޅުއިތުރު ޚަލްޤަށްޓަކައި

إذَا افتَخَرُوا بِرُمُوزٍ لَهُم
ތަކެއް ރަމުޒު އެވެރިން ނަގާނަމަ ފަޚުރް
لَنَا الفَخرُ بِالرَّجُلُ الأَعظَمِ
އަޅަމެންނަށް ވަނީ އެންމެ މާތްބޭކަލޭ 2x

فَكَم مَسَّهُ الهَمُّ مِن أَجلِنَا
ފަހެކިތައް ފިކުރުތޯއޭ މަގޭ ޙައްޤުގައި
وَكَم قَد تَحَمَّلَ مِن ألَمِ
ކިތައް ވޭންހެ އުފުލީ އަޅަމެންނަށްޓަކާ

إذَا ضَاقَ كَونُكَ يَومًا عَلَيك
ނަމައޭ ކާއިނާތް ހަނި ތިބާ އަށްޓަކައި
فَصَلِّ عَلَىٰ المُصطَفَىٰ الهَاشِمِي
ކުރޭ ދެން ޞޮލާތު މުސްތަފާ ހާޝިމީ 2x


~ ގަލަންދާނު
تفــــيأ مـن ظلال الأرض حيـــــناً
ފުރޮޅިދޭ ދުނިޔޭގެ ހިޔާ އެހިނދުގައި

ِو لا تغــــتر يــــومــــاً بالســــراب
އަވާމެންދުރަށް ދުވަހަކުމެ ނުސިހޭށިޅޭ

و قف فــــوق القبور فــرب ذكرى
ޤަބުރެއްދޮށު މަޑުކޮށްލަމާ މިއީފަހެ ޛިކުރެއް

ِستحـــمـدها و تـــــأوي بالإيــاب
ޙަމްދެއްކޮށް ދެންއެޔަށް ނެތި ހިނގައިދޭ


ورتــــل نعـــمة القـــرآن تــــلقى
ތިލާވަތު ނިޢްމަތުގެ ޤުރުއާނު ގިނަކޮށް

ِيــــباعدك الثــــواب عــن العقابِ
ބަދަލަކަށް ވޭޘަވާބާއި މިންޖު ޢަޒާބުން

و تابـــع مـــرسلاً هـــاد حـــكيماً
ވޭތަބަޢު މުރުސިލުން ހިދާޔީ ޙަކީމުން

ِأشــــعة حــكمة مـــن كـــل باب
ލެއްވެވޭ ޙިކުމަތް އެންމެ ކޮންމެ ބާބުން


~ ގަލަންދާނު
•| އަމިއްލަ ނަފްސަށް ލޯބި ކުރާ ކަންތައް، ތިމާގެ އަޚާއަށް ވެސް ލޯބި ކުރުން❣️

عَنْ أَبِي حَمْزَةَ، أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ -خَادِمِ رَسُولِ اللَّهِ ﷺ- عَنْ النَّبِيِّ ﷺ قَالَ: «لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ»

ރަސޫލު ﷲ ﷺ ގެ ޚާދިމް އަބޫ ޙަމްޒާ، އަނަސް ބިން މާލިކު رَضِيَ اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ތިބާގެ އަމިއްލަ ނަފްސަށް ލޯބި ކުރާ ކަންތައް ތިބާގެ އަޚާއަށް ވެސް ލިބުމަށް ލޯބިކޮށްފުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް (ޙަޤީޤީ ފުރިހަމަ ގޮތުގައި) އީމާންވީ ކަމުގައެއް ނުވާނެއެވެ.“

~ رَوَاهُ الْبُخَارِيُّ [0013 وَاللَّفظُ لَه]، وَمُسْلِمٌ [0045]

-ބުޚާރީ 0013، މުސްލިމު 0045

~ ނަވަވީގެ 40

-رِيَاضُ الصَّالِحِيْنَ: 0183، 0236

މަސްދަރު: ބުޚާރީ ޙަދީޘް ފޮތުން ނެގިފައި


@Thawakkul
The account of the user that owns this channel has been inactive for the last 11 months. If it remains inactive in the next 8 days, that account will self-destruct and this channel may no longer have an owner.