Dhisalafiyyah
550 subscribers
1.25K photos
5 videos
114 files
2.27K links
Official telegram channel of dhisalafiyyah.net
Download Telegram
🔴 ޝީޢީ ރާފިޟީންގެ ޢަޤީދާ
(އެބައިމީހުންނަށް އިޘްނާ ޢަޝަރިއްޔާއިން އަދި އިމާމިއްޔާއިންވެސް ކިޔާ އުޅޭ)

ޢަލީގެފާނުގެ ޚިލާފަތުގައި ޢަލީގެފާނަކީ އިލާހެއްކަމުގައި ދެކި، ބަޔަކު އެކަލޭގޭފާނަށް އަޅުކަންކުރުމުން އެކަލޭގެފާނުވަނީ އެބައިމީހުންގެ ތެރެއިން ތައުބާ ނުވި މީހުން ޤަތުލުކޮށްފައެވެ. ނަމަވެސް އެ ޢަޤީދާ އެ ހިސާބުން ނެތި ގޮސްފައި ނުވެއެވެ. އޭގެ ފަހުން އައި ޝީޢީންގެ ފިރުޤާތަކަށްވެސް އެބައިމީހުންގެ ޢަޤީދާއިން ވަނީ އަސަރުކޮށްފައެވެ. އަދި މިއަދާ ހަމައަށްވެސް އެ އަސަރުތައް އެބަހުއްޓެވެ.
މިއަދުގެ ޢަރަބި ޤައުމުތަކާއި އެހެނިހެން ޤައުމުތަކަށް ފެތުރިފައިވާ ޝީޢީންގެ ރާފިޟީން އެބައިމީހުންގެ ވަރަށް ގިނަ ޢަޤީދާތައް ޤަބޫލުކުރެއެވެ. އެގޮތުން 1979 ވަނަ އަހަރު އީރާނުގައި ގެނައި އިންޤިލާބަށް ފަހު އެތަނުގައި ވެރިކަންކުރަނީ ޝީޢީ ރާފިޟީންނެވެ. އަދި އެތަނުގެ އާބާދީގެ 89 ޕަސެންޓު މީހުންނަކީ ޝީޢީންނެވެ.

[ބައްލަވާ: صحيح البخاري (2854)، (6524) وفتح الباري لابن حجر (12 / 270) و الشيعة والتشيع لإحسان إلهي ظهير (ص: 60 - 77)]

╼•╾╼•╾╼•╾╼•╾╼•╾╼•╾╼•╾╼•╾╼•╾

https://dhisalafiyyah.net/article/tag/shia
ކުއްތާ ގެންގުޅުމާއި ކުއްތާގެ ނަޖިސްކަމާ ގުޅިފައިވާ ބައެއް ޙުކުމްތައް

https://dhisalafiyyah.net/article/tag/kuhthaa_gengulhumaa_eyge_najiskan
ކުއްތާގެ ސަބަބުން ޖެހޭ ބައެއް ބަލިތަކުގެ ތެރޭގައިން އެއް ބައްޔަކީ pasteurella އެވެ. މިއީ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ބައެއް ޙާލަތްތަކުގައި އިންސާނުންނާއި ޖަނަވާރުތަކުގެ ހަށިގަނޑުގެ މައްޗަށް ވެރިވެ ހަށިގަނޑު ބަލިކޮށްލާ ޖަރާސީމެކެވެ.

އަދި އަނެއް ބައްޔަކީ ޕެރެސައިޓުން ޖެހޭ ބައްޔެކެވެ. މިއީ އިންސާނުންނާއި ޖަނަވާރުތަކަށްވެސް ޖެހޭ ބައްޔެކެވެ. މި ބަލީގައި ގޮހޮރާއި ފުރަމެއާއި ބަނޑަށް އަސަރުކުރެއެވެ. މި ބަލި ޖެހެނީ tapeworm އިންނެވެ. މި ފަނީގެ ދިގުމިނަކީ 2 – 9 މިލިމީޓަރެވެ. އޭގައި ތިން ބައި ހިމެނެއެވެ. އެއީ ބޮލަކާއި ކަރަކާ އަދި ބޮލުގައިވާ ހަތަރު suckers އެވެ. މީގެ ބޮޑެތި ފަނި ދިރިއުޅެނީ ކުއްތާއާއި ބުޅަލާއި ކާޅުފަދަ ޖަނަވާރުގެ ގޮހޮރުގައެވެ. އިންސާނުންގެ ގަޔަށް މި ފަނިއަރަނީ މިފަދަ ޖަނަވާރު ގެންގުޅޭ މީހުން އެއެއްޗެއްސަށް ބޮސްދީ ހެދުމުންނެވެ. ނުވަތަ އެ އެއްޗެހި ބޮއެފަ ހުންނަ ތަށިން ބުއިމުންނެވެ.

https://dhisalafiyyah.net/article/tag/kuhthaa_gengulhumaa_eyge_najiskan
Please open Telegram to view this post
VIEW IN TELEGRAM
🔴 ޝީޢީ ރާފިޟީން ޤަބޫލުކުރާ 12 އިމާމުންގެ ޢަޤީދާ

ނަބިއްޔާ صلى الله عليه وسلم ގެ އަހުލުބައިތުންގެ ތެރެއިން ޚާއްޞަ 12 އިމާމުން ވާކަމަށް އެބައިމީހުން ޤަބޫލުކުރެއެވެ. އަދި އެބައިމީހުންގެ ގާތުގައި އެބާރަ އިމާމުންގެ ޢަޤީދާ ޤަބޫލުކުރުމަކީ އިސްލާމުކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އަދި އީމާންކަމުގެ އެންމެ މުހިންމު ބިންގަލެވެ. މިކަން ވަނީ އެބައިމީހުންގެ ފޮތްތަކުގައި ސާފުކޮށް ބަޔާންކޮށްފައެވެ.
[ބައްލަވާ: أصول الكافي للكليني (2 / 12) ومقدمة البرهان في تفسير القرآن لهاشم البحراني (ص: 19)]

"އިޘްނާ ޢަޝަރިއްޔާ" ގެ ނަމުން އެބައިމީހުންނަށް ނަން ދެވުނީވެސް އެހެންވެގެންނެއެވެ. އޭގެ މާނައަކީ ބާރަ އިމާމުންނަށް ނިސްބަތްވުމެވެ. ތިރީގައި މި ގެނެސްދެނީ އެބާރަ އިމާމުންނާ މެދު އެބައިމީހުން ހައްދުފަހަނަ އަޅާ، އެބައިމީހުންގެ ފޮތްތަކުގައި ދައްކާފައިވާ ބައެއް ވާހަކަތަކެވެ. އޭގެ ތެރެއިން ކޮންމެ ނުކުތާއަކަށް ފަހު އެކަން ބަޔާންކޮށްފައިވާ އެބައިމީހުންގެ ފޮތަކަށް ހަވާލާ ދީފައި ވާނެއެވެ.

▪️އެ އިމާމުންނަކީ ރައްބުވަންތަކަމުގެ ސިފަ ލިބިގެންވާ ބަޔަކުކަމުގައި ޝީޢީން ޤަބޫލުކުރެއެވެ. [ބައްލަވާ: بصائر الدرجات لمحمد الصفار (ص: 81)]

▪️އެ އިމާމުންނަށް ޣައިބު އެނގޭކަމަށާއި އެބައިމީހުންގެ މައްޗަށް ވަޙީ ބާވައިލެއްވޭކަމަށްވެސް އެބައިމީހުން ޤަބޫލުކުރެއެވެ. [ބައްލަވާ: أصول الكافي للكليني (1 / 261) بحار الأنوار للمجلسي (26 / 53)]

▪️އެބައިމީހުން ޤަބޫލުކުރާ ގޮތުގައި އެ އިމާމުންނަކީ ފާފަތަކުން މަޢުޞޫމު ބައެކެވެ. އަދި އެންމެހާ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށްވުރެވެސް މާތް ބައެކެވެ. [ބައްލަވާ: حق اليقين لعبد الله شبر (1 / 209)]

▪️އެެ އިމާމުންނަކީ ހަނދާން ނެތުމާއި ޣާފިލުވުމާއި މިފަދަ އެންމެހާ ކަންކަމުން ސަލާމަތްވެގެންވާ ބައެއްކަމަށް ޝީޢީ ރާފިޟީން ދަޢުވާކުރެއެވެ. [ބައްލަވާ: أوائل المقالات للمفيد (ص: 71 - 72)]


╼•╾╼•╾╼•╾╼•╾╼•╾╼•╾╼•╾

https://dhisalafiyyah.net/article/tag/shia
ފަލަސްޠީނުގެ ތާރީޚް – 16

ފަލަސްޠީނުގެ އަހުލުވެރިން ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުން


* ފުރަތަމަ އިންތިފާޟާ

1987 ވަނަ އަހަރު ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕު ކައިރީގައި އިސްރާއީލު ސިފައިންގެ ޓްރަކަކާއި ފަލަސްޠީނުގެ މަސައްކަތު މީހުން ދަތުރުކުރި އުޅަނދެއް ޖެހި ފަލަސްޠީނުގެ މަސައްކަތު މީހުންގެ ތެރެއިން ބަޔަކު މަރުވިއެވެ. މި ޙާދިޘާ ވެގެންދިޔައީ ފަލަސްޠީނުގެ އަހުލުވެރިން އިސްރާއީލުގެ ސިފައިންނާ ދެކޮޅަށް ތެދުވަން ހިތްވަރު ލިބުނު ކަމަކަށެވެ. އޮއްގަލާއި، ބިއްލޫރި ފުޅިއާއި މަދަނީ ބަސްނޭހުމަކީ އެބައިމީހުންގެ ހަތިޔާރަށް ހަދާ، އެއްވެސް އާރެއް ބާރެއް ނެތް، އަމިއްލަ ގެދޮރުން ނެރެލާފައި ތިބި "ރެފިއުޖީންތަކެއް" ދުނިޔޭގެ އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ހުރި ލަޝްކަރަކާ ދެކޮޅަށް ނުކުތެވެ. މިކަންވެގެން ދިޔައީ ޔަހޫދީންގެ އިތުރުން މުޅި ދުނިޔެއަށްވެސް ސިހުން ގެނުވި ކަމަކަށެވެ. މި ޙަރަކާތް މަޝްހޫރުވެގެން ދިޔައީ "ފުރަތަމަ އިންތިފާޟާ" (First Intifada / First Palestinian Intifada / Stone Intifada) ގެ ނަމުންނެވެ. މި ޙަރަކާތް އެތައް އަހަރަކަށް ދެމިގެން ދިޔައެވެ.

1974 ވަނަ އަހަރު ބޭއްވި ޢަރަބި ލީގުގެ ބައްދަލުވުމުގައި ފަލަސްޠީނުގެ އިދާރީ ކަންކަން ހަވާލުކޮށްފައި އޮތީ منظمة التحرير الفلسطينية (Palestine Liberation Organization / PLO) އާއެވެ. އަދި އޭރު ހުޅަނގު އައްސޭރި އޮތީ އުރުދުންގެ ބާރުގެ ދަށުގައެވެ. ނަމަވެސް އެބައިމީހުން ބޭނުންވީ ހުޅަނގު އައްސޭރިވެސް އުރުދުންގެ ކިބައިން މިނިވަންކޮށް، ފަލަސްޠީނުގެ އަމިއްލަ ދައުލަތެއް ޤާއިމުކުރާށެވެ. މިކަން ވެގެންދިޔައީ ހުޅަނގު އައްސޭރިއާއި އުރުދުންގެ ގުޅުން ގޯސްވިކަމަކަށެވެ. އެކަތިގަނޑަކަށް ވާންޖެހޭ މުސްލިމު އުންމަތުގެ ދެބައިމީހުންގެ ޙިޔާލު ތަފާތުވުން ވެގެންދިޔައީ ނިކަމެތިކަމުގައި ތިބި ފަލަސްޠީނުގެ އަހުލުވެރިންނަށް ލިބުނު އިތުރު ނިކަމެތިކަމަކަށެވެ.


▪️▫️▪️▫️▪️▫️▪️▫️▪️

https://dhisalafiyyah.net/article/47510


ފަލަސްޠީނުގެ ތާރީޚުގެ އެހެންބައިތައް:
https://dhisalafiyyah.net/article/tag/falastheenuge_thaareekh
ޝީޢީ ރާފިޟީން ޤަބޫލުކުރާ 12 އިމާމުން

ޢަލީގެފާނުގެ ނަސަބުފުޅުން އައި 12 އިމާމުންކަމަށް ޝީޢީ ރާފީޟީން ދަޢުވާކުރާ 12 އިމާމުންނަކީ:
1. عَلِيّ بْن أَبِي طَالِب
2. الْحَسَن بْن عَلِيّ بْنِ أَبِي طَالِب
3. الْحُسَيْن بْن عَلِيّ بْنِ أَبِي طَالِب
4. عَلِيّ بْن الْحُسَيْن
5. مُحَمَّد بْن عَلِيّ (الْبَاقِر)
6. جَعْفَر بْن مُحَمَّد
7. مُوسَى بْن جَعْفَر
8. عَلِيّ بْن مُوسَى
9. مُحَمَّد بْن عَلِيّ (الْجَوَاد)
10. عَلِيّ بْن مُحَمَّد
11. الْحَسَن بْن عَلِيّ (العَسْكَرِي)
12. مُحَمَّد بْن الْحَسَن

ޝީޢީން ޤަބޫލުކުރާ މި 12 އިމާމުންގެ ތެރެއިން ފުރަތަމަ 11 އިމާމުންނަކީ ނަބިއްޔާ صلى الله عليه وسلم ގެ އަހުލުބައިތުންގެ ތެރެއިން ވަޑައިގެންނެވި ޞާލިޙު ބޭކަލުންތަކެކެވެ. [ބައްލަވާ: السير للذهبي (13 / 121)]

އެބައިމީހުން ޤަބޫލުކުރާ ގޮތުގައި ޙުސައިނުގެފާނުގެ ފަހުން އަންނަ ހުރިހާ އިމާމުން އަންނާނީ ޙުސައިނުގެފާނުގެ ދަރިފަސްކޮޅުންނެވެ. އަދި އެބައިމީހުން ދަޢުވާކުރަނީ އިމާމެއް ނެތި ދީނެއް ނުވާނެ ކަމަށެވެ. އަދި އިމާމެއް ނެތި ﷲ ތަޢާލާގެ ފޮތަކީ ޙުއްޖަތެއް ނޫންކަމުގައެވެ.

ފަހެ، الْحَسَن العَسْكَرِي އަށް ދަރިއަކު ނުލިބި އަވަހާރަވުމުން، ޝީޢީން އެކަމުގައި ބައިބައިވެ، އެބައިމީހުންގެ މެދުގައިވެސް ފިރުޤާތައް އުފެދެން ފެށުމުން ޝީޢީންގެ ރާފިޟީން ދަޢުވާކުރީ الْحَسَن العَسْكَرِي އަވަހާރަވުމުގެ ކުރިން ދަރިއެއް ލިބުމުން ފޮރުވީކަމުގައެވެ. އެބައިމީހުން ދަޢުވާކުރަނީ އެއީ مُحَمَّد بْن الْحَسَن ކަމުގައެވެ. އަދި އެއީ ހިޖުރައިން 255 ނުވަތަ 256 ގައި އުފަންވި އެބައިމީހުންގެ 12 ވަނަ އިމާމުކަމުގައެވެ.

އެބައިމީހުން ޤަބޫލުކުރާ ގޮތުގައި މިއަދާ ހަމައަށްވެސް مُحَمَّد بْن الْحَسَن ދުނިޔޭގައި އެބަހުއްޓެވެ. އަދި އޭނާ ޣައިބުވީ (ފިލީ) ޢިރާޤުގެ ސާމުއްރާގައި ހުންނަ ބިންގަރާހެއްގައި ކަމަށެވެ. އަދި ފަހު ޒަމާނުގައި އެތަނުން ނުކުންނާނެކަމުގައެވެ. އެހެންވެ، ޝީޢީންގެ ބައެއް މީހުން އެ ސަރަހައްދުގައި ޒިޔާރަތެއް ހަދައިގެން އިންތިޒާރުގައި ތިބެއެވެ.

[ބައްލަވާ: السير للذهبي (13 / 121) ومنهاج السنة لابن تيمية (1 / 44) وأصول مذهب الشيعة الإمامية الإثنى عشرية لد. ناصر بن عبد الله القفاري (ص: 1 / 119 - 121)]

https://dhisalafiyyah.net/article/tag/shia