لَا إِلَٰهَ إِلَّا ٱللَّٰهُ
302 subscribers
209 photos
56 videos
108 files
332 links
Download Telegram
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ޖާހިލިއްޔަ ޒަމާނުގައި ބައެއް ޢަރަަބިން އެމީހުން އަޅުކަންކުރުމަށް ބޭނުންވުމުން ކަދުރުން ބުދެއް ހަދައި އެއަށް އަޅުކަންކުރުމަށްފަހު ބަނޑުހައިވުމުން އެ ކައިލާކަމުގައި ވިއެވެ.
މިޒަމާނުގައި އުޅޭ ބައެއް އިންސީންގެ ހާލަތު މިއަށްވުރެވެސް ދަށެވެ، އެއުރެން އެދޭ ކަންކަން ކޮށްދޭހާ ހިނދަކު އެއުރެންގެ ލީޑަރުން ރައްބުގެ ދަރަޖައަށް މަތިވެރިކޮށް، އަދި އެއުރެން ހިތް ނުރުހޭ ކަމެއް މެދުވެރިވުމުން އެމީހަކު ޝައިޠާނެއްގެ ދަރަޖައަށް ދަށްކޮށްލައެވެ.
أَرَأَيْتَ مَنِ اتَّخَذَ إِلَـٰهَهُ هَوَاهُ
އެ މީހެއްގެ އެދުންތައް އެއީ، އެ މީހެއްގެ އިލާހުކަމުގައި ހެދިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟

الشيخ فضلون بن محمد (حفظه الله)

( މަޞްދަރު )

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
سورة النساء :115

{ وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَۖ وَسَآءَتْ مَصِيرًا }

މާނައީ: ”އަދި އެމީހަކަށް ތެދުމަގު ރަނގަޅަށް بيان ވެ އެނގުމަށްފަހު رسول އާ އާއި خلاف ވެ ދެކޮޅުހަދައިފިމީހާ އަދި އެމީހާ مؤمن ންގެމަގު ނޫން އެހެންމަގަކާއި تبع ވެއްޖެއްޔާ އޭނާ އެފަރާތަކުން ސަހަރޯވެރިކަން ހޯދާ އެފަރާތަކަށް ބަރޯސާކުރިފަރާތަކާއި ތިމަންރަސްކަލާނގެ އޭނާ حوال ކުރާހުށީމެވެ. އަދި ތިމަންރަސްކަލާނގެ އޭނާ ނަރަކައަށް ލައްވާހުށީމެވެ. އެއީ އެނބުރިގޮސްތިބުމަށް ނުބައި ވެގެންވާ ތަނެކެވެ.“

ފެންނަގޮތުގައި އަހަރެމެންގެ ތެރެއިން މީގެ ބައިގަނޑެއް ފާޅުވެ އަމިއްލަ ގޮތްތައް އިޚްތިޔާރުކުރުމުގެ ސަބަބުން، އެމީހަކު ހިނގަން ބޭނުންވާ ގޮތަކަށް ދިއުމަށް މަގު ގެއްލިފައިވާ ބަޔަކު އެބަ އުޅެ އެވެ.

ﷲ އަހަރެމެން ރައްކާތެރި ކުރައްވާށިއެވެ.

މުސްލިމުންގެ މާތް ޖަމާޢަތުގެ އުޞޫލުތައް ދޫކޮށް، އަމިއްލަ މަގު، މަގު އުފައްދާ އިޚްތިޔާރުކޮއް އެމަގުން ދާން ބޭނުން މީހަކަށް އެ މަގު ހުޅުވި ތަނަވަސް ކުރެއްވީވެސް ﷲއެވެ.

އިމާމް އައްޝާފިޢީ رحمه الله ވިދާޅުވެފައިވެއެވެ ؛ ” އޭނާ ހީކުރި އޭނާ ވަނީ ޙައްޤުގައި ކަމުގައެވެ. އެހެނަސް ﷲ އޭނާއަށް މަގުފުރެދުމުގެ ޢަޒާބެއްގެ ގޮތުން މަގު ގެއްލުވާލީއެވެ. އޭނާއަކަށް އެކަމެއް ނޭނގެއެވެ.“

- އަބޫ މުޢުތަޞިމް حفظه الله -

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
رسول الله صـــــــلـى الله عـــــــلـیـه وســـــــلـم ޙަދީޘްކުރެއްވިއެވެ:

"ފަހެ ހަމަކަށަވަރުން އެންމެ ހެޔޮ ބަހަކީ ﷲ ގެ ފޮތެވެ. އަދި އެންމެ ހެޔޮ ގޮތަކީ މުޙައްމަދުގެފާނު އުޅުއްވި ގޮތެވެ. އަދި އެންމެ ނުބައި ކަމަކީ މިދީނުގައި އުފެއްދޭ އާކަންތަކެވެ. ( އެބަހީ: ދީނުގެ ނަމުގައި ކުރެވޭ، އެކަމަކު ދީނުގައި ނުވާ ކަންތަކެވެ.) އަދި ދީނުގައި އެގޮތަށް އުފެއްދޭ ކޮންމެ އާކަމަކީ މަގުފުރެދުމެކެވެ."

(رواه مسلم)

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ޢަލީ ބްނު އަބީ ޠާލިބު رضي الله عنه ވިދާޅުވިއެވެ:

މާނައީ: "الله ބާވައިލައްވާފައިވާ ގޮތަށް ޙުކުމްކުރުމާއި، އަދި އަމާނަތް ރައްދުކުރުމަކީ އިމާމްގެ މައްޗަށްވާ (ވާޖިބުވެގެންވާ) ޙައްޤެކެވެ. ފަހެ އޭނާ އެފަދައިން ކަންކޮށްފިނަމަ، އޭނާގެ އަޑުއަހާ، އަދި އޭނާއަށް ކިޔަމަންވެ، އަދި އޭނާ ގޮވާލައިފިނަމަ އިޖާބަދިނުމަކީ މީސްތަކުންގެ މައްޗަށްވާ ޙައްޤެކެވެ."

(مصنف ابن أبي شيبة:32532)

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ﷲގެ ދީނުގެ ޢަދުއްވުންނާއި އެބައިމީހުންގެ ވާގިވެރިންނަށް ނަފުރަތުކުރުމަކީ އީމާންކަން ލާޒިމުކުރާކަމެކެވެ. ޙަދީޘްގައިވެއެވެ. "އީމާންކަމުގެ އެންމެ ވަރުގަދަ އުޅައްގަނޑަކީ ﷲ އަށްޓަކައި ލޯބިވުމާައި ﷲ އަށްޓަކައި ނަފުރަތުކުރުމެވެ."

الشيخ فضلون بن محمد (حفظه الله)

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ޚާލިދް ބިން ވަލީދު رضي الله عنه ވިދާޅުވިއެވެ:

"ހަމަކަށަވަރުން ﷲ سُبْحَانَهُ وَتَعَالَى ގެ މަގުގައި ޝަހީދުވުމުގެ އަޒުމުގައި 100 އަށްވުރެ ގިނަ ހަނގުރާމައިގައި ބައިވެރިވީމެވެ. އަދި އަހުރެންގެ ހަށިގަނޑުގައި ލޮންސިންނާއި، ކަނޑިން އަދި ތީރުތަކުން ޒަހަމް ނުލިބޭ ތަނެއް ހަށިގަނޑުގައި ނުވެއެވެ. ނަމަވެސް އަހުރެން މިއަދު މަރު މިވަނީ ބަލި އެނދުގައެވެ.

ޔާ ﷲ! ފިނޑިންގެ ލޯތަކަށް އަރާމު ނިންޖެއް ނުދެއްވާނދޭވެ.!"

( خلاصة تذ ه‍يب ته‍ذيب الکمال ص 103)

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
InShot_20240103_171845209.jpg
844.9 KB
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
" ﷲ ތަޢާލާގެ ވާގިފުޅާލައިގެން އިސްލާމްދީނަކީ، އޭގެން ކޮންމެ އަނިޔާވެރި ޠާޣޫތެއް ޗިސްޗިސް ކޮށްލާނެ ހިލަގަނޑެކެވެ! "

| އައްޝައިޚް އަލް-އިމާމު އަޙްމަދު މޫސާ ޖިބްރީލް (حفظه الله) -

(ބަސްކޮޅު )

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
InShot_20240101_161251776.jpg
972.9 KB
Forwarded from Youth For Unity Mv
This media is not supported in your browser
VIEW IN TELEGRAM
އިޒްރޭލުގެ ފަތުރުވެރީން ރާއްޖެ އެތެރެވުން މަނާކުރުމާއި މި ޔަހޫދީ އިސްތިއުމާރަށް ވާގިވެރިވާ އުފެއްދުންތައް ބޮއިކޮޓް ކުރުމާމެދު ދެކެނީ ކިހިނެއް؟

#BanIsraelPassport
#StopAidingGenocide
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: ⁽¹⁾

އަންހެނާއަކީ ޢައުރައެކެވެ. އެކަނބުލޭގެ (ގެއިން) ނިކުމެއްޖެނަމަ ޝައިޠާނާ އެކަނބުލޭގެއަށް ނަޒަރު ހިންގާ ބަލައެވެ. އަދި އެކަނބުލޭގެ ވެރި ރައްބާއި އެންމެ ގާތްވެގެންވަނީ، އެކަނބުލޭގެ ގޭގެ އެންމެ އެތެރޭގައި އިންނަހިނދުގައިއެވެ.“ ⁽²⁾


ــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــ
(1). رواه الترمذي: ،1173 وابن حبان في صحيحه: 5599

(2). ޝައިޠާނާ އެކަނބުލޭގެއަށް ނަޒަރުހިންގާ ބެލުމުގެ މާނައަކީ: ޝައިޠާނުން އެކަނބުލޭގެއަށް ބަލާ އަރާމު ޙާޞިލުކުރުންކަމަށާއި، އަދި ޝައިޠާނާ އެހެން ފިރިހެނުންގެ ލޯތަކާއި ހިތް ތަކަށް އެއަންހެނާ ޒީނަތްތެރިކޮށް ދައްކައިދީ، އަދި އެއަންހެނާގެ ހިތަށްވެސް އެފަދައިން ލައިދިނުންކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ.

ـــــــــــــــــــــــــــــ
މަޞްދަރު: ހިލޭ އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ މަސްހުނިވުން


@LaILahaILLallah
❞ ކުއްތާއެއް އޮތް ގެއަކަށް މަލާއިކަތުން ނުވަންނަ ނަމަ، ހަމަ އެފަދައިން ކުއްތާއެއްގެ ހަޑި މުޑުދާރު އުޅުން ހުންނަ މީހެއްގެ ހިތަކަށް މަލާއިކަތުންގެ ލޯބި ނުވަންނާނެވެ. ❝

- އިބުނު ތައިމިއްޔާ

މަޞްދަރު: އިބްނު ތައިމިއްޔާގެ ފަތާވަ (ވ. 5، ޞ. 552)
@Tazkirat_Nufoos
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
އިބްނު ތައިމިއްޔާ رحمـہ اللـہ ވިދާޅުވިއެވެ:

”...ފަހެ ފިރިހެނުން އަންހެނުންނާއި މަސްހުނިވެއްޖެނަމަ، އެކަންވާހުށީ އަލިފާނާއި ދަރު މަސްހުނިވުމުގެ މަޤާމުގައިއެވެ...“ ⁽¹⁾


އަދިވެސް ވިދާޅުވިއެވެ:

”...އެފަދައިން ހިލޭ ފިރިހެނާ އަންހެނުންނާއި އެކުގައިވެ މަސްހުނިވުމަކީ އާދަމުގެ ދަރިން ކީއްކުރަން، ބައެއް ޖަނަވާރުންވެސް އެކަމާއި ދެކޮޅުހަދާ އެން މެ ބޮޑެތި މުންކަރާތްތަކުގެ ތެރެއިންވާކަމެކެވެ...“⁽²⁾


ــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــ
[1] الاستقامة: 361/1

[2] جامع المسائل: 219/1

ـــــــــــــــــــــــــــــ
މަޞްދަރު: ހިލޭ އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ މަސްހުނިވުން

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
InShot_20240713_232727744.jpg
1.2 MB
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ތައުޙީދުގެ މައިގަނޑު މާއްދާ އިންނާނީ މިދެ އަޞްލުގެ މައްޗަށް ބިނާވެފަ.

އެއް އަޞްލަކީ نفي، އަނެއް އަޞްލަކީ إثبات

ތައުޙީދު އިންނާނީ މި ދެ އަޞްލުގެ މައްޗަށް

لَا إِلَٰهَ = އެއްވެސް އިލާހަކު ނެތޭ
إِلَّا ٱللَّٰهُ = ﷲ މެނުވީ.



ޝެއިޚް ބަކުރުބެ رَحِمَهُ ٱللَّٰهُ-

« ތަވްޙީދު ކިލާސް ތަކުން ނެގިފައި »


@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
InShot_20231230_175601279.jpg
968.8 KB
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ތައުޙީދުގެ މައިގަނޑު ބިނާވެފައި އޮންނާނީ މިދެ އަޞްލުގަ މައްޗަށެވެ !

އެއް އަޞްލަކީ ( نفي ) އެވެ ، އަނެއް އަޞްލަކީ (إثبات )އެވެ.

لا اله الا الله ގެ މާނައަށް ވިސްނާލަމާ ހެއްޔެވެ؟

އެއީ، ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އެއްވެސް އިލާހަކު ނުވެއެވެ. (لا معبود حق - الا الله)

ތައުޙީދުގެ ކަލިމަ لا اله الا الله ކިޔުމަށްފަހު އަޅާ 2 ރުކުނެއް ފުރިހަމަކުރަން ޖެހެއެވެ. އެއީ:

1- ކަލިމައިގެ ފުރަތަމަ ބައި "لا اله": ނަފީކުރުމެވެ. (نفي)

އެބަހީ, ޠާޢޫތަށް ކާފަރުވުން (الكفر بالطاغوت): އެއީ ﷲ ފިޔަވާ އަޅުކަންވެވޭ އެންމެހާ ތަކެއްޗަށް ކާފަރުވުން.


2- ކަލިމައިގެ ފަހު ބައި "الا الله": ޘާބިތުކުރުމެވެ. (إثبات):

އެބަހީ، ﷲއަށް އީމާންވުން ( الإيمان بالله ): އެއީ ރުބޫބީ ހުރިހާ ކަމަކާއި، އުލޫޙީ ހުރިހާ ކަމަކާއި، އެކަލާނގެ އިސްމަފުޅުތަކާއި ޞިފަފުޅުތަކުގައި، ﷲ އެއްކައުވަންތަ ކުރުން.

-އަބޫ އިބްރާހީމް އަލް މާލްދީފް-

@LaILahaILLallah
Forwarded from Tawheed
Media is too big
VIEW IN TELEGRAM
ޝެއިޚް ޖައުފަރް ފާއިޒް رَحِمَهُ ٱللَّٰهُ

لاإله إلا االله ދަރުސް!

480p

ތައުޙީދު ( އިސްލާމްދީނުގެ ބިންގާ )
Forwarded from Tawheed
Media is too big
VIEW IN TELEGRAM
ޝެއިޚް ޖައުފަރް ފާއިޒް رَحِمَهُ ٱللَّٰهُ

لاإله إلا االله ދަރުސް!

360p

ތައުޙީދު ( އިސްލާމްދީނުގެ ބިންގާ )
Forwarded from Tawheed
ތައުޙީދު ކިލާސްތަކުގެ ލިންކު


1. ޝެއިޚް ބަކުރުބެ رَحِمَهُ ٱللَّٰهُ، ގެ ތައުޙީދު ވީޑިއޯ ކިލާސްތައް


2. ޝެއިޚް ބަކުރުބެ رَحِمَهُ ٱللَّٰهُ، ގެ ތައުޙީދު އޯޑިއޯ ކިލާސްތައް


3. ޝެއިޚް އަޙްމަދު މުސާ ޖިބްރީލް حفظه ﷲ، ގެ ތައުޙީދު އޯޑިއޯ ކިލާސްތައް


4. ޝެއިޚް އަޙްމަދު މުސާ ޖިބްރީލް حفظه ﷲ، ގެ ތައުޙީދު ވީޑިއޯ ކިލާސްތައް


5. ޝެއިޚް ޖައުފަރް ފާއިޒް رَحِمَهُ ٱللَّٰهُ، ގެ لاإله إلا االله ދަރުސް!


ތައުޙީދު ( އިސްލާމްދީނުގެ ބިންގާ )