📚 ޙަދީޘް
744 subscribers
3 photos
3 videos
14 links
📘📕ޙަދީޘް📚
Download Telegram
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ؛ فَلَا يَجْلِسْ حَتَّى يَرْكَعَ رَكْعَتَيْنِ))

މާނައީ: “ތިޔަބައިމީހުންކުރެ މީހަކު މިސްކިތައް ވަދެއްޖެ ކަމުގައި ވަނީނަމަ ދެރަކުޢަތް ކޮށްފުމަށް ދާންދެން ނީށީންނަ ހުށިކަމެވެ.”

📚((صحيح مسلم))، كتاب صلاة المسافرين وقصرها، باب استحباب تحية المسجد بركعتين، وكراهة الجلوس قبل صلاتهما، وأنها مشروعة في جميع الأوقات، (5 / 225 – 226 – مع شرح النووي).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸 ((مِنْ اقْتِرَابِ السَّاعَةِ انتفاخُ الْأَهِلَّةِ))

“ޤިޔާމަތް ކައިރި ވެއްޖެކަމުގެ [ޢަލާމާތްތަކުގެ] ތެރޭގައި ހުޅެވި ހަނދު ބޮޑުވުން ހިމެނެއެވެ.”

📚رواه الطبراني في ((الكبير)).
قال الهيثمي: ((فيه عبد الرحمن بن يوسف، ذكر له في الميزان هذا الحديث، وقال: إنه مجهول)). ((مجمع الزوائد)) (3 146).
وانظر: ((ميزان الاعتدال)) (2 / 600) للذهبي.
وقال الألباني: ((صحيح)).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸️ ((مِنِ اقْتِرَابِ السَّاعَةِ انتفاخُ الْأَهِلَّةِ، وَأَنْ يُرَى الْهِلَالُ لِلَيْلَةٍ، فَيُقَالُ: لِلَيْلَتَيْنِ))

މާނައީ: “ޤިޔާމަތް ކުޑަތަންވުމުގެ [ޢަލާމާތްތަކުގެ] ތެރޭގައި ހުޅެވިހަނދު ބޮޑުވުން ހިމެނެއެވެ. އަދި ފުރަތަމަރޭގެ ހުޅެވިހަނދު ފެނުމުން ބުނެއެވެ. ދެވަނަރޭގެ (ހަނދެވެ).”

📚رواه الطبراني في ((الصغير)).
قال الهيثمي: ((وفيه عبد الرحمن بن الأزرق الأنطالي، ولم أجد من ترجمه)). ((مجمع الزوائد)) (3 / 146).


Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ، يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ، فَإِيَّاكُمْ وَإِيَّاهُمْ، لَا يُضِلُّونَكُمْ، وَلَا يَفْتِنُونَكُمْ))

“ފަހުޒަމާނުގައި ދޮގުވެރި ދައްޖާލުންތައް ވާނެތެވެ. ތިޔަބައިމީހުންނާއި އަދި ތިޔަބައިމީހުންގެ ކާބަފައިންވެސް އަހައިފައިނުވާ ވާހަކައާގެން އެއުރެން ތިޔަބައިމީހުންގެ ގާތަށް އަންނާނެއެވެ. ފަހެ ތިޔަބައިމީހުން އެއުރެންނާމެދު ސަމާލުވާހުއްޓެވެ. އެއުރެންނަށް ތިޔަބައިމީހުން އަވާގައި ޖައްސައި މަގުފުރައްދައިލިޔަ  ނުދޭށެވެ.”

📚((المراجع السابق)) (1 / 78 – 79 – نووي).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((إِنَّ الشَّيْطَانَ لَيَتَمَثَّلُ فِي صُورَةِ الرَّجُلِ، فَيَأْتِي الْقَوْمَ، فَيُحَدِّثُهُمْ بِالْحَدِيثِ مِنَ الْكَذِبِ، فَيَتَفَرَّقُونَ، فَيَقُولُ الرَّجُلُ مِنْهُمْ: سَمِعْتُ رَجُلًا أَعْرِفُ وَجْهَهُ وَلَا أَدْرِي مَا اسْمُهُ يُحَدِّثُ))

މާނައީ: “ހަމަކަށަވަރުން ޝައިޠާނާ މީހެއްގެ ސޫރާގައި ޤައުމެއްގެ މީސްތަކުންގެ ގާތަށް އާދެއެވެ. އަދި އެބައިމީހުންނަށް ދޮގުވާހަކަ ކިޔައިދެއެވެ. ދެން ފަހެ އެބައިމީހުން އެތަނުން ދިއުމުން އޭގެތެރެއިން މީހަކު ބުނެއެވެ. ތިމަންނާ އަޑުއެހީ މީހަކު ބުނާއަޑެވެ. އެއީ ތިމަންނާ ދަނެއުޅޭ މޫނެކެވެ. އޭނާއަށް ކިޔައިއުޅޭ ނަމެއް ތިމަންނާ ނުދެނަހުރީމެވެ.”

📚((صحيح مسلم))، المقدمة، (1 / 79 – مع شرح النووي).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((إِنَّ فِي الْبَحْرِ شَيَاطِينَ مَسْجُونَةً أَوْثَقَهَا سُلَيْمَانُ، يُوشَكُ أَنْ تَخْرُجَ، فَتَقْرَأَ عَلَى النَّاسِ قُرْآنًا))

މާނައީ: “ސުލައިމާނުގެފާނު، ހައްޔަރުކުރައްވާ ޖަލަށް ލައްވާފައިވާ ޝައިޠާނުންތަކެއް ކަނޑުގައި ވެއެވެ. އެބައިމީހުން އެތަނުން ނުކުންނާން ކައިރިވެއްޖެއެވެ. ފަހެ (އެތަނުން ނުކުމެ) މީސްތަކުންނަށް ކިޔެވެލިތަކެއް ކިޔަވައިދޭން ފަށައެވެ.”

📚((صحيح مسلم))، المقدمة، باب النهي عن الرواية عن الضعفاء، (1 / 79 – 89 – مع شرح النووي).

Subscribe 🖱@hadhees
އަބޫ ބަކްރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم އަރިހުގައި ތިމަންމެންބޭކަލުން ތިއްބަވަނިކޮށް ޙަދީޘްކުރެއްވިއެވެ. 

🔸️ ((أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ (ثَلَاثًا)؟ الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ، وَشَهَادَةُ الزُّورِ -أَوْ قَوْلُ الزُّورِ-، وَكَانَ مُتَّكِئًا فَجَلَسَ، فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا: لَيْتَهُ سَكَتَ))

“އެންމެ ބޮޑެތި ފާފަތައް، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔައިދެއްވަންހެއްޔެވެ؟ (މިފަދައިން ތިންފަހަރު ޙަދީޘްކުރެއްވިއެވެ.) ﷲ އަށް ޝަރީކު ކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރި ވުމާއި ދޮގުހެކި ދިނުމާއި –ނުވަތަ ދޮގުބަހުން ވާހަކަދެއްކުމާއި- އެވެ. އެކަލޭގެފާނު ލެނގިވަޑައިގެން ހުންނަވައި އިށީނދެ ވަޑައިގެންނެވިއެވެ. އަދި އެފަދައިން ޙަދީޘްކުރެއްވުން ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. އެކަލޭގާފާނު ދެން ހުއްޓަވާލައްވާނެ ނަމައޭ ތިމަންމެންބޭކަލުންނަށް ބުނެވިއްޖައުމަށް ދާންދެނެވެ.”

📚((صحيح البخاري))، كتاب الشهادات، باب ماقيل في شهادة الزور، (5 / 261 – مع الفتح)، و ((صحيح مسلم))، كتاب الإيمان، باب الكبائر وأكبرها، (2 / 81 – 82 – مع شرح النووي).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((مِنْ أَشْرَاطِ السَّاعَةِ أَنْ يَقِلَّ الْعِلْمُ، وَيَظْهَرَ الْجَهْلُ، وَيَظْهَرَ الزِّنَا، وَتَكْثُرَ النِّسَاءُ، وَيَقِلَّ الرِّجَالُ، حَتَّى يَكُونَ لِخَمْسِينَ امْرَأَةً الْقَيِّمُ الْوَاحِدُ))

“ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ޢިލްމުވެރިކަން ދަށްވުމާއި ޖާހިލުކަން ފާޅުވުމާއި ޒިނޭ ފާޅުވުމާއި އަންހެނުން ގިނަވުމާއި ފިރިހެނުން މަދުވުން ހިމެނެއެވެ. އެންމެ ފިރިހެނަކަށް ފަންސާސް އަންހެނުން ވެއްޖައުމާ ހަމައަށެއެވެ.”

📚((صحيح البخاري))، كتاب العلم، باب رفع العلم وظهور الجهل، (1 / 178 – مع الفتح)، و ((صحيح مسلم))، كتاب العلم، باب رفع العلم وقبضه وظهور الجهل والفتن في آخر الزمان، (16 / 221 – مع شرح النووي)، و ((جامع الترمذي))، باب ماجاء في أشراط الساعة، (6 / 448) (ح 2301).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((وَيَذْهَبَ الرِّجَالُ، وَتبْقَى النِّسَاءُ، حَتَّى يَكُونَ لِخَمْسِينَ امْرَأَةً قَيِّمٌ وَاحِدٌ))

މާނައީ: “ފިރިހެނުން ނެތިގެން ދެއެވެ. އަދި އަންހެނުން ދެމިތިބެއެވެ. ފަންސާސް އަންހެނަކަށް އެންމެ ފިރިހެނަކު ހުރެއްޖައުމާ ހަމައަށެވެ.”

📚((صحيح مسلم))، كتاب العلم، باب رفع العلم وقبضه وظهور الجهل والفتن، (16 / 221 – مع شرح النووي).

މިތާންގައި (ފަންސާސް) ކަމުގައި އޮތަސް އޭގެ މުރާދަކީ ސީދާ އެޢަދަދެއް ނޫނެވެ. އަބޫމޫސާ رضي الله عنه ގެ ރިވާޔަތުގައި އައިސްފައި ވެއެވެ. 

🔸((وَيُرَى الرَّجُلُ يَتْبَعُهُ أَرْبَعُونَ امْرَأَةً يَلُذْنَ بِهِ))

“ފިރިހެނަކަށް ސާޅީސް އަންހެނުން ތަބާވެ އެކަނބަލުން އޭނާގެ ކިބައިން ފޮނިކަން ލިބިގަންތަން ފެންނާނެއެވެ.”

📚((صحيح مسلم)) ((7 / 96 – مع شرح النووي).

ފަހެ އެއީ [ޢަދަދުގެ] ގިނަކަން ބުނެދިނުމަށްވާ މަޖާޒުބަހެކެވެ.وَاللهُ أَعْلَم.

📘ބައްލަވާ: ((فتح الباري)) (1 / 179).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((إنَّ مِنْ أَمَارَاتِ السَّاعَةِ…مَوْتُ الْفَجْأَةِ))

މާނައީ: “ހަމަކަށަވަރުން ކުއްލި މަރަކީ ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.”

📚قال الهيثمي: ((رواه الطبراني في ((الصغير))، و ((الأوسط))، عن شيخه الهيثم بن خالد المصيصي، وهو ضعيف)). ((مجمع الزوائد)) (7 / 325).

وقال الألباني: ((حسن))، وذكر من أخرجه، وهم: الطبراني في ((الأوسط))، والضياء المقدسي. انظر: ((صحيح الجامع الصغير)) (5 / 214) (ح 5775).

Subscribe 🖱@hadhees
އިމާމު ބުޚާރީ رَحِمَهُ الله ވިދާޅުވެ އުޅުއްވައެވެ.

🔹((اغْتَنِمْ فِي الفَرَاغِ فَضْلَ رُكُوْعٍ
فَعَسَى أَنْ يَكُوْنَ مَوْتُكَ بَغْتَهْ
كَمْ صَحِيْحٍ رَأَيْتُ مِنْ غَيْرِ سُقْمٍ
ذَهَبَتْ نَفْسُهُ الصَّحِيْحَةُ فَلْتَه))

މާނައީ: “ރުކޫއެއް ކޮށްލުމުގައި (އެބަހީ އަޅުކަން ކުރުމުގައި) ތިބާގެ ހުސްވަގުތުގެ ބޭނުން ހިފާށެވެ. ތިބާގެ މަރަކީ އެއީ ކުއްލި ކަމެއްގެ ގޮތުގައި ވެސް ވެދާނެއެވެ.

އެއްވެސް ބައްޔަކާ ނުލައި ފުރިހަމަ ޞިއްޙަތުގައިވާތީ ފެނުނީ ކިތައް މީހުން ހެއްޔެވެ. އޭނާގެ އެފުރިހަމަ ނަފްސު ކުއްލިއަކަށް ނިމިދިއައީއެވެ.”

އިބްނު ޙަޖަރު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “އޭގެ ފަހުން ނުވަތަ ދުވަސްކޮޅަކަށްފަހު، އެކަލޭގެފާނު –އެބަހީ ބުޚާރީ- އަށް އެކަން މެދުވެރިވެގެން ދިއުމީ ޙައިރާންވި ކަމެކެވެ.”

📚((هدي الساري مقدمة فتح الباري)) (ص 481) للحافظ أحمد بن علي بن حجر العسقلاني، قام بإخراجه وتصحيحه محب الدين الخطيب، أشرف على طبعه قصي محب الدين الخطيب، نشر وتوزيع رئاسة إدارات البحوث العلمية والإفتاء، الرياض.

Subscribe 🖱@hadhees
ޙުޛައިފާ رضي الله عنه ގެ އަރިހުން [ރިވާވެގެން] ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޤިޔާމަތާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ސުވާލު ދެންނެވުނެވެ. ޙަދީޘްކުރެއްވިއެވެ. 

🔸️ ((عِلْمُهَا عِنْدَ رَبِّي، لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَ، وَلَكِنْ أُخْبِرُكُمْ بِمَشَارِيطِهَا، وَمَا يَكُونُ بَيْنَ يَدَيْهَا، إِنَّ بَيْنَ يَدَيْهَا فِتْنَةً وَهَرْجًا)). قَالُوا: يَا رَسُولَ اللهِ! الْفِتْنَةُ قَدْ عَرَفْنَاهَا، فَالْهَرْجُ مَا هُوَ؟ قَالَ: ((بِلِسَانِ الْحَبَشَةِ: الْقَتْلُ. وَيُلْقَى بَيْنَ النَّاسِ التَّنَاكُرُ فَلَا يَكَادُ أَحَدٌ أَنْ يَعْرِفَ أَحَدًا))

“އެކަމުގެ ޢިލްމު ވަނީ ތިމަންކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުގައެވެ. އެކަމުގެ ވަގުތު ޖެހުމުން އެކަން ފާޅުކުރެއްވުން އެކަލާނގެ ނޫން އެއްވެސް ފަރާތަކަށް ނުވެއެވެ. އެހެންނަމަވެސް އެކަމުގެ ޢަލާމާތްތަކާއި އެކަމާއި ދެމެދުގައި ހިނގާނެ ކަންކަމުގެ ޚަބަރު ތިޔަބޭކަލުންނަށް ދެއްވަފާނަމެވެ. ހަމަކަށަވަރުން ޤިޔާމަތް ކުޑަތަން ވުމުން ފިތުނައާއި ހަރްޖު ވެއެވެ.” ދެންނެވޫއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންމެންބޭކަލުންނަށް ފިތުނަ އެނގެއެވެ. ހަރްޖަކީ ކޮބައިހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ޙަބަޝީންގެ ބަހުރުވައިން: ޤަތުލުކުރުމެވެ. އަދި މީސްތަކުންގެ މެދުގައި ބީރައްޓެހިކަން ލައިގަންނާނެއެވެ. ފަހެ އެކަކު އަނެކަކު ދެކެފަރިތަކަމެއް ނުވާނެއެވެ.”

📚((مسند الإمام أحمد)) (5 / 389 – بهامشه منتخب كنز العمال).

قال الهيثمي: ((رواه أحمد، ورجاله رجال الصحيح)). ((مجمع الزوائد)) (7 / 309).


Subscribe 🖱@hadhees
🔸قَالَ: كُنَّا نَرْقِي فِي الْجَاهِلِيَّةِ فَقُلْنَا يَا رَسُولَ اللهِ كَيْفَ تَرَى فِي ذَلِكَ فَقَالَ: ((اعْرِضُوا عَلَيَّ رُقَاكُمْ، لَا بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ))

މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ޖާހިލިއްޔަ ޒަމާނުގައި ރުޤްޔާކޮށް އުޅުނީމެވެ. ފަހެ ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އެކަމާމެދު ކަލޭގެފާނު ދެކިވަޑައިގަންނަވަނީ ކިހިނެތް ހެއްޔެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންކުރާ ރުޤްޔާތައް ތިމަންކަލޭގެފާނަށް ހުށަހަޅާށެވެ. އޭގައި ޝިރުކު ނުހިމެނޭކަމުގައިވާނަމަ ރުޤްޔާކުރުމުގައި މައްސަލައެއް ނެތެވެ.”

📚[مسلم في السلام ٢٢٠٠/٦٣، وأبو داود في الطب ٣٨٨٦]

Subscribe 🖱@hadhees
🔸قَالَ: نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ الرُّقَى، فَجَاءَ آلُ عَمْرِو بْنِ حَزْمٍ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالُوا: يَا رَسُولَ اللهِ إِنَّهُ كَانَتْ عِنْدَنَا رُقْيَةٌ نَرْقِي بِهَا مِنَ الْعَقْرَبِ، وَإِنَّكَ نَهَيْتَ عَنِ الرُّقَى، قَالَ: فَعَرَضُوهَا عَلَيْهِ، فَقَالَ: ((مَا أَرَى بَأْسًا مَنِ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَنْفَعْه))

މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلمރުޤްޔާކުރުން ނަހީކުރެއްވިއެވެ. ފަހެ ޢަމްރު ބުން ޙަޒްމުގެ ޢާއިލާގެ ބޭކަލުން ރަސޫލުﷲ صلى الله عليه وسلمގެ އަރިހަށް އައެވެ. ފަހެ އެމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން ތިމަންމެން ނަގުލަންދާއްޓަށް (އޭތި ކަށިޖެހުމުން) ރުޤްޔާއެއް ކުރަމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނު ރުޤްޔާކުރުން ނަހީކުރައްވައިފީމުއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ އެރުޤްޔާ އެކަލޭގެފާނަށް ހުށަހެޅުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަކަމުގައި މައްސަލައެއް އޮތްކަމަކަށް ތިމަންކަލޭގެފާނު ދެކިވަޑައެއް ނުގަންނަވަމެވެ. ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަޚާއަށް ފައިދާއެއްކޮށްދިނުމަށް ކުޅަދާނަވެގެންވާމީހާ، ފަހެ އޭގެން ފައިދާކޮށްދޭށެވެ.”

📚[مسلم في السلام ٢١٩٩/٦٣]

Subscribe 🖱@hadhees
🔸((كُلُّ أُمَّتِي يَدْخُلُونَ الجَنَّةَ إِلَّا مَنْ أَبَى))، قَالُوا: يَا رَسُولَ اللَّهِ! وَمَنْ يَأْبَى؟ قَالَ: ((مَنْ أَطَاعَنِي دَخَلَ الجَنَّةَ  وَمَنْ عَصَانِي فَقَدْ أَبَى)) 

މާނައީ: “އިންކާރުކޮށްފި މީހެއް މެނުވީ، ތިމަންކަލޭގެފާނުގެ އުންމަތުގެ ހުރިހާ އެންމެން ސުވަރުގެ ވަންނާނެތެވެ.”  އެހިނދު ޞަޙާބީން ސުވާލު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާ އެވެ! ސުވަރުގެވަންނަން އިންކާރުކުރާނީ ކާކުތޯއެވެ؟” ޖަވާބުގައި އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނަށް ތަބާވެއްޖެމީހާ ސުވަރުގެ ވަންނާނެތެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެމީހާ ސުވަރުގެ ވަންނަން އިންކާރުކޮށްފިއެވެ.”

📚رواه البخاري ٧٢٨٠

Subscribe 🖱@hadhees
🔸“إِنَّكَ تَأْتِي قَومًا مِنْ أَهْلِ الكِتَابِ، فَلْيَكُنْ أَوَّلَ مَا تَدْعُوهُم إِلَيْهِ شَهَادَةُ أَنْ لاَ إِلَهَ إِلاَّ اللهُ فَإِنْ هُمْ أَطَاعُوكَ لِذَلِكَ، فَأَعْلِمْهُم أَنَّ اللهَ افْتَرَضَ عَلَيْهِم خَمْسَ صَلَواتٍ فِي كُلِّ يَومٍ وَلَيْلَةٍ، فَإِنْ هُمْ أَطَاعُوكَ لِذَلِكَ، فَأَعْلِمْهُم أَنَّ اللهَ افْتَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِم فَتُرَدُّ عَلَى فُقَرَائِهِم، فَإِنْ هُمْ أَطَاعُوكَ لِذَلِكَ، فَإِيَّاكَ وَكَرَائِـمَ أَمْوَالِهِمْ، وَاتَّقِ دَعْوَةَ المَظْـلُومِ فَإِنَهُ لَيْسَ بَيْـنَهَا وَبَيْنَ اللهِ حِجَابٌ”

މާނައީ: “ހަމަކަށަވަރުން ކަލޭގެފާނު ތިޔަވަޑައިގަންނަވަނީ ފޮތުގެ އަހުލުވެރިންގެ ބައެއްގެ ގާތަށެވެ. އެންމެ ފުރަތަމަ އެބައިމީހުންނަށް “لاَ إِلَهَ إِلاَّ اللهُ” ގެ (އެބަހީ ﷲ މެނުވީ އަޅުކަން ވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް) ހެކި ދިނުމަށް ދަޢުވަތު ދެއްވާށެވެ. ފަހެ އެކަމުގައި އެބައިމީހުން ކަލޭގެފާނަށް ކިޔަމަންތެރި ވެއްޖެނަމަ، ކޮންމެރެއަކާއި، ދުވާލު ފަސްނަމާދު އެބައިމީހުންގެ މައްޗަށް ﷲ ފަރުޟު ކުރެއްވިކަން އަންގަވާށެވެ. ފަހެ އެކަމުގައި އެބައިމީހުން ކަލޭގެފާނަށް ކިޔަމަންތެރި ވެއްޖެނަމަ، އެބައިމީހުންގެ މައްޗަށް ﷲ ޒަކާތް ފަރުޟު ކުރެއްވިކަން އަންގަވާށެވެ. އެޒަކާތް ނެގޭނީ އެބައިމީހުންގެ ތެރެއިން މުއްސަނދިންގެ އަތުންނެވެ. އަދި އެޒަކާތް ދެވޭނީ އެބައިމީހުންގެ ތެރެއިން ފަޤީރުންނަށެވެ. ފަހެ، އެކަމުގައި އެބައިމީހުން ކަލޭގެފާނަށް ކިޔަމަންތެރި ވެއްޖެނަމަ، އެބައިމީހުންގެ އަގުބޮޑު، މޮޅެތި މުދަލުން ޒަކާތް ނެގުމުން ރައްކައުތެރިވެލައްވާށެވެ. އަދި އަނިޔާ ލިބިފައިވާ މީހާގެ ބަދު ދުޢާއިން ސަލާމަތްވެލައްވާށެވެ. އެހެނީ ހަމަކަށަވަރުން އޭނާގެ އެ ބަދު ދުޢާ އާއި ﷲ އާ ދެމެދު އެއްވެސް ފަރުދާއެއް ނުވެއެވެ.”

📚(رواه البخاري ومسلم)

Subscribe 🖱@hadhees
🔸((عَنْ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: مَنْ مَاتَ وَهُوَ يَدْعُو لِلهِ نِدًا دَخَلَ النَّارَ))

އިބްނު މަސްޢޫދު ރަޟިޔަ ﷲ ޢަންހުގެ ކިބައިން، ހަމަކަށަވަރުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މިހެން ޙަދީޘްކުރެއްވިކަމަށް ރިވާވެގެންވެއެވެ. ” ﷲ އާ އެހެން ފަރާތެއް އެއްފަދަކޮށް އަޅުކަންކުރާ ޙާލު މަރުވާމީހާ، ވަންނަހުށީ ނަރަކައަށެވެ.”

📚رواه البخاري

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((مَنْ مَاتَ يُشْرِكُ بِاللهِ شَيْئًا دَخَلَ النَّارَ))

” ﷲ އާ އެއްވެސް އެއްޗަކާ ޝިރުކުކުރާ ޙާލު މަރުވެއްޖެމީހާ، ނަރަކައަށް ވަންނަހުއްޓެވެ.”

📚رواه مسلم

Subscribe 🖱@hadhees
🔸((عَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلٌ فَقَالَ: يَارَسُولَ اللهِ، مَا المُوْجِبَتَانِ ؟ فَقَالَ : مَنْ مَاتَ لاَ يُشْرِكُ بِاللهِ شَيْئًا دَخَلَ الْجَنَّةَ وَمَنْ مَاتَ يُشْرِكُ بِاللهِ شَيْئًا دَخَلَ النَّارَ))

ޖާބިރު ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާ ދެކަމަކީ ކޮބައިހެއްޔެވެ؟ ދެންފަހެ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” ﷲ އާ އެއްވެސްއެއްޗަކާ ޝަރީކުނުކޮށް، މަރުވެއްޖެމީހާ ސުވަރުގެއަށް ވަންނަހުއްޓެވެ. އަދި اﷲ އާ އެއްވެސް އެއްޗަކާ ޝަރީކުކުރާ ޙާލު މަރުވެއްޖެމީހާ، ނަރަކައަށް ވަންނަހުއްޓެވެ.”

📚((رواه مسلم))

Subscribe 🖱@hadhees
ޤުދުސިއްޔަ ޙަދީޘެއްގައިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

🔸(( يا عبادي! إنكم لن تبلغوا ضري فتضروني))

މާނައީ: “އޭ ތިމަން އިލާހުގެ އަޅުންނެވެ! ތިޔަބައިމީހުންނަކަށް ތިމަން އިލާހަށް ގެއްލުމެއްދިނުމާއި ހަމަޔަށް ވާޞިލްނުވެވޭނެއެވެ.”.

📚 [رواه مسلم 2577]

Subscribe 🖱@hadhees
Forwarded from @Zauja Saaliha