📚 ޙަދީޘް
739 subscribers
3 photos
3 videos
14 links
📘📕ޙަދީޘް📚
Download Telegram
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸️ ((إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُسَلِّمَ الرَّجُلُ عَلَى الرَّجُلِ، لَا يُسَلِّمُ عَلَيْهِ إِلَّا لِلْمَعْرِفَةِ))

މާނައީ: “ހަމަކަށަވަރުން ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ދަންނަ މީހުންނަށް މެނުވީ ސަލާންކޮށް ނޫޅުން ވެއެވެ.”

📚((مسند أحمد)) (5 / 326)، قال أحمد شاكر: ((إسناده صحيح).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((إِنَّ بَيْنَ يَدَيِ السَّاعَةِ تَسْلِيمَ الْخَاصَّةِ))

“ވަކިބަޔަކަށް ސަލާންކޮށްއުޅުން، ޤިޔާމަތާ ކައިރީގައި ވެއެވެ.”

📚((مسند أحمد)) (5 / 333)، قال أحمد شاكر: ((إسناده صحيح).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸 ((لَا تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ))

މާނައީ: “އީމާންވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމާ ހަމައަށް، އީމާންވީ ކަމުގައި ނުވެއެވެ. އެކަމެއް ކުރުމުގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭ ކަމަކަށް ތިމަންކަލޭގޭފާނު، ތިޔަބައިމީހުންނަށް މަގުނުދައްކަވަމުތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާން ފަތުރާށެވެ.”

📚((صحيح مسلم))، كتاب الإيمان، باب بيان أنه لا يدخل الجنة إلا المؤمنون، (2 / 35 – مع شرح النووي).

Subscribe 🖱@hadhees
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸️ ((إِنَّ مِنْ أَشْرَاطِ السَّاعَةِ ثَلَاثًا: إِحْدَاهُنَّ: أَنْ يُلْتَمَسَ الْعِلْمُ عِنْدَ الْأَصَاغِرِ…))

މާނައީ: “ހަމަކަށަވަރުން ޤިޔާމާތްވުމުގެ ތިން ޢަލާމާތެއް ވެއެވެ. އެއްކަމަކީ: ކުޑަކުދިން ގާތުން ޢިލްމު އުނގެނުމެވެ.”

📚كتاب ((الزهد)) لابن المبارك (ص 20 – 21) (ح 61)، تحقيق: حبيب الرحمن الأعظمي، دار الكتب العلمية.

قال الألباني: ((صحيح)). انظر: ((صحيح الجامع الصغير)) (2 / 243) (ح 2203).
واستشهد به الحافظ ابن حجر في ((الفتح)) (1 / 143).


🔹ކުޑަކުދިންނަކީ ކޮންބައެއްތޯ الإِمَام عَبْد الله بْن المُبارَك އާ ސުވާލު ދެންނެވުނެވެ. ދެންނެވިއެވެ. [އެބަސްފުޅުގެ މާނައީ:] “އެއީ އެބައިމީހުންގެ އަމިއްލަ ރައުޔަށް ވާހަކަދައްކާ މީހުންނެވެ. ކުޑަކުދީންގެ ގާތުން ރިވާކުރާ ބޮޑެތި މީހުން ދަންނައެވެ. ފަހެ އެއީ ކުޑަކުދީންނެއް ނުމެނޫންމެއެވެ.”

އެގޮތުން އެކަލޭގެފާނު އަދިވެސް ވިދާޅުވިއެވެ.

[އެބަސްފުޅުގެ ތަރުޖަމާއީ:] “އެބައިމީހުންގެ ގާތަށް ގާތަށް ޢިލްމު އައީ ކުޑަކުދިންގެ ގާތުންނެވެ. އެބަހީ: ބިދުޢައިގެ އަހުލުވެރީންގެ ގާތުންނެވެ.”

📘[ބައްލަވާ:] حاشية كتاب ((الزهد)) (ص 31)، تحقيق وتعليق الشيخ حبيب الرحمن الأعظمي.

Subscribe 🖱@hadhees
Forwarded from Thaabit Media
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(إِنَّ بَيْنَ يَدَيِ السَّاعَةِ تَسْلِيمَ الْخَاصَّةِ)

"ވަކިބަޔަކަށް ސަލާންކޮށްއުޅުން، ޤިޔާމަތާ ކައިރީގައި ވެއެވެ."

((مسند أحمد)) (5 / 333)، قال أحمد شاكر: ((إسناده صحيح).

Subscribe @Thaabith_Media
އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

🔸️ ((لاَ يَزَالُ النَّاسُ بِخَيْرٍ مَا أَتَاهُمُ الْعِلْمُ مِنْ أَصْحَابِ مُحَمَّدٍ صلى الله عليه وسلم  وَمِنْ أَكَابِرِهِمْ، فَإذا أَتَاهُمْ الْعِلْمُ مِنْ قِبَلِ أَصَاغِرِهِمْ، وَتَفَرَّقَتْ أَهْوَاؤُهُمْ؛ هَلَكُوا))

މާނައީ: “މުޙައްމަދު صلى الله عليه وسلم އަޞްޙާބުންނާއި [ޢާލިމުންގެ] ބޮޑުބޮޑެތީންގެ އަރިހުން ޢިލްމު ޙާޞިލްކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައިގެން ނުދާހުއްޓެވެ. ފަހެ އެބައިމީހުންގެ ކުދިވެރީންނާއި ހަވާނަފްސަށް ތަބާވާ މީހުންގެ ގާތުން ޢިލްމު އުނގެނެން ފަށައިފި ނަމަ ހަލާކުވެދާނެއެވެ.”

📚كتاب ((الزهد)) لابن المبارك، (ص 271) (ح 815).

قال التويجري: ((رواه الطبراني في ((الكبير)) و ((الأوسط))، وعبد الرزاق في ((مصنفه)) بنحوه، وإسناده صحيح على شرط مسلم)).

((إتحاف الجماعة)) (1 / 424)، وانظر: ((المصنف)) (11 / 346) (ح 20446)، تحقيق حبيب الرحمن الأعظمي.

Subscribe 🖱@hadhees
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((سَيَكُونُ فِي آخِر أُمَّتِي رِجَالٌ يَرْكَبُونَ عَلَى سُرُوجٍ كَأَشْبَاهِ الرِّحَالِ؛ يَنْزِلُونَ عَلَى أَبْوَابِ الْمَسَاجِدِ، نِساؤُهُمْ كَاسِيَاتٌ عَارِيَاتٌ عَلَى رُؤُوسِهِمْ كَأَسْنِمَةِ الْبُخْتِ الْعِجَافِ، الْعَنُوهُنَّ؛ فَإنَّهُنَّ مَلْعُونَات، لَوْ كَانَتْ وَرَاءَكُمْ أُمَّةٌ مِنَ اْلأُمَمِ لَخَدَمْنَ نِسَاؤُكُمْ نِسَاءَهُمْ كَمَا يَخْدُمْنَكُمْ نِسَاءُ الْأُمَمِ قَبْلَكُمْ))

މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގެ ފަހުކޮޅުގައި ދަތުރުގެ ސަވާރީ ތަކަކަށް ސަވާރުވެގެން އަންނަ ފިރިހެނުންތަކެއް ވާނެއެވެ. އެބައިމީހުން މިސްކިތްތަކުގެ ދޮރުކޮޅުތައް ކައިރިއަށް ފައިބައެވެ. އެމީހުންގެ އަންހެނުންނީ ހެދުންލައިގެން އޮރިޔާމުން ތިބޭ ބައެކެވެ. އެކަނބަލުންގެ ބޯތައް ޖަމަލުތަކެއްގެ ގޮންގަނޑުތައް ފަދައެވެ. ތިޔަބައިމީހުން އެކަނބަލުންނަށް ލަޢުނަތް ދޭށެވެ. ފަހެ އެކަނބަލުންނީ ލަޢުނަތް ދެވިގެންވާ ބައެކެވެ. ތިޔަބައިމީހުންގެ އުއްމަތުގެ ފަހުން އުއްމަތެއް ވާނެނަމަ، އެބައިމީހުންގެ އަންހެން ކަނބަލުންނަށް ތިޔަބައިމީހުންގެ އަންހެން ކަނބަލުން ޚިދުމަތް ކުރާނެކަން ކަށަވަރެވެ. (އެބަހީ: ޚާދިމުން ކަމުގައި ވާނެއެވެ.) ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ ކަނބަލުން ތިޔަބައިމީހުންނަށް ޚިދުމަތް ކުރިފަދައިންނެވެ.”

📚((مسند الإمام أحمد)) (12 / 36) (ح 7083)، تحقيق: أحمد شاكر، وقال: ((إسناده صحيح)).

Subscribe 🖱@hadhees
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا: قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ؛ يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلاتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ، لَا يَدْخُلْنَ الجَنَّةَ، وَلا يَجِدْنَ رِيحَهَا، وَإِنَّ رِيحَهَا لَيُوْجَدُ مِنْ مَسِيرَةِ كَذَا وَكَذَا))

މާނައީ: “ނަރަކަވަންތަވެރީންގެ ތެރެއިން ދެބާވަތެއްގެ ބަޔަކު ތިމަންކަލޭގެފާނު ދެކަވަޑައި ނުގަންނަވަމެވެ: އެބައިމީހުންގެ އަތުގައި ގެރީގެ ނިގޫތަކެއްފަދަ ޗާބޫކުތަކެއް ވާބައެކެވެ. އެއިން އެބައިމީހުން، މީސްތަކުންގެ ގައިގައި ތަޅައެވެ. އަދި ހެދުން ލައިގެން އޮރިޔާމުން ތިބޭ އަންހެނުން ތަކެކެވެ. އެކަނބަލުން ލެނބިގެންވާ ޙާލު [އެހެން މީހުން] އެކަނބަލުންނަށް ލަންބުވައެވެ. އެކަނބަލުންގެ ބޯތައް ޖަމަލުގެ ގޮންގަނޑުތައް ފަދައެވެ. އެކަނބަލުން ސުވަރުގެ ނުވަންނަތާ ސުވަރުގޭގެ ވަސްވެސް ނުލިބޭ ހުއްޓެވެ. ހަމަކަށަވަރުން ސުވަރުގޭގެވަސް އެވެނި މިވެނި ދުރުމިނަކަށް ދުވާނެއެވެ.”

📚((صحيح مسلم))، باب جهنم أعاذنا الله منها، (17 / 190 – بشرح النووي).

“އެކަނބަލުން ލެނބިގެންވާ ޙާލު އެހެން މީހުން އެކަނބަލުންނަށް ލަންބުވައެވެ.” މީގެ މާނައިގައި ހަތަރު ވަޖުހެއް ވެއެވެ:

▪️ހ- (مَائِلات) “ލެނބިގެންވުން: މާތް ﷲ އަށް ކިޔަމަންވުމާއި އެކަނބަލުންގެ ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވުމުގައި އެހެން ކޮޅެއްގައި އެކަނބަލުން ވުމެވެ. އަދި (مُمِيلَات) “އެކަނބަލުންނަށް ލެންބުވުން”: އެކަނބަލުން ޢަމަލުކުރާގޮތް އެހެންމީހުންނަށް ދަސްކޮށްދިނުމެވެ.

▪️ށ- (مَائِلات): އެބަހީ: އެކަނބަލުން ހިނގައި އުޅުމުގައި ބޮޑާވެރިވެގަތުމެވެ. (مُمِيلَات): އެކަނބަލުންގެ ކޮޑުތައް އަރިކޮށްލައިފައި ވުމެވެ.

▪️ނ- (مَائِلات): ފުނައިއެޅުމުގައި އަރިޔަކަށް ފުނައިއެޅުމެވެ. އެއީ އެކަނބަލުންގެ މެދުގައި ދަނެއުޅޭ، ބޮޑާވެރިކަމުގެ ފުނައި އެޅުމެކެވެ. (مُمِيلَات): އެނޫން ކަނބަލުންނަށް އެފަދައިން ފުނައި އަޅައިދިނުމެވެ.

▪️ރ- (مَائِلات): ފިރިހެނުންނަށް ލެނބިގެން ވުމެވެ. (مُمِيلَات): އެކަނބަލުންގެ ޒީނަތްތެރިކަމާއި އެނޫންވެސް ކަންކަން ދެއްކުމުން ފިރިހެނުން އެކަނބަލުންނަށް ލެންބުވުމެވެ.

📗ބައްލަވާ: ((شرح النووي لمسلم)) (17 / 191).


(އެކަނބަލުންގެ ބޯތައް ޖަމަލުގެ ގޮންގަނޑުތައް ފަދައެވެ.)؛ އެބަހީ: އެކަނބަލުންގެ ބޯތައް ބޮޑެތިވުމެވެ. އެއީ އިސްތަށިތައް އެއްކޮށް ބޯމައްޗަށް ހުޅިޖެހުމެވެ. ޖަމަލުގެ ގޮންގަނޑު ވާފަދައިން ބޮލުގެ އެއްއަރިޔަކަށް އެއްފަރާތްކޮށްފުމާ ހަމައަށެވެ.

📗ބައްލަވާ: ((شرح النووي لمسلم)) (17 / 191).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

 🔸️ ((إِذَا اقْتَرَبَ الزَّمَانُ؛ لَمْ تَكَدْ رُؤْيَا الْمُسْلِمِ تَكْذِبُ، وَأَصْدَقُهُمْ رُؤْيَا أَصْدَقُهُمْ حَدِيثًا، وَرُؤْيَا الْمُسْلِمِ جُزْءٌ مِنْ خَمْسٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ))

މިއީ މުސްލިމްގެ ޢިބާރާތެވެ. ޙަދީޘްގެ މާނައީ: “ޒަމާން ކައިރި ވެއްޖައުމުން؛ މުސްލިމު މީހާގެ ހުވަފެން ދޮގެއް ނުވާނެއެވެ. އަދި އެބައިމީހުންކުރެ އެންމެ ތެދުހުވަފެން [ފެންނަ މީހާއީ] އެބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ވާހަކަ ދައްކާ މީހާއެވެ. މުސްލިމު މީހާގެ ހުވަފެނަކީ ނަބީކަމުގެ ސާޅީސް ފަސްބައިކުޅައިން ބައެކެވެ.”

އަދި ބުޚާރީގެ ރިވާޔަތުގައި ވަނީ 

🔸️ ((لَمْ تَكَدْ تَكْذِبُ رُؤْيَا الْمُؤْمِنِ تَكْذِبُ… وَمَا كَانَ مِنْ النُّبُوَّةِ فَإِنَّهُ لَا يَكْذِبُ))

މާނައީ: “މުއުމިނު މީހާގެ ހުވަފެން ދޮގުވުމާ ކައިރިވެސް ނުވާނެއެވެ. ހަމަކަށަވަރުން ނަބީކަމުގެ ތެރެއިން ވާކަމަކީ ދޮގުވާނެ ކަމެއް ނޫނެވެ.”

📚((صحيح البخاري))، كتاب التعبير، باب القيد في المنام، (12 / 404 – مع الفتح)، و ((صحيح مسلم))، كتاب الرؤيا، (15 / 20 – مع شرح النووي).

🔹ابن أَبِي جَمْرَة ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ފަހުޒަމާނުގައި މުއުމިނު މީހާގެ ހުވަފެން ދޮގުނުވާނެ ކަމުގެ މާނައަކީ: ގިނަފަހަރު އެކަން ތަޢުބީރު ކުރުމަށް ނުޖެހި އެކަން މެދުވެރި ވުމެވެ. ފަހެ ކުރިޔާ ޚިލާފަށް އެކަމުގައި ދޮގެއް އެކުލެވިގެން ނުވެއެވެ. އެއީ އެކަމުގެ ތަޢުބީރު ފޮރުވިފައި އޮވެދާނެތީ ތަޢުބީރު ކުރާ މީހާ ތަޢުބީރުކޮށް އޭނާ އެބުނާގޮތަށް އެކަން ނުވުމެވެ. މިގޮތުން ބަލާނަމަ އެކަމުގައި ދޮގެއް އެކުލެވިދާނެކަމުގައި ބަލައިގަނެވިދާނެއެވެ.”

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((إنَّ بَيْنَ يَدَيِ السَّاعَةِ…ظُهُوْرُ القَلَم))

މާނައީ: “ހަމަކަށަރުން ޤިޔާމަތް ކުޑަތަން ވުމުން ޤަލަން ފާޅުވާހުއްޓެވެ.”

📚((مسند أحمد)) (5 / 333 – 334) (ح 3870)، شرح أحمد شاكر، وقال: ((إسناده صحيح)).

ޤަލަން ފާޅުވުމުގެ މުރާދަކީ ލިޔުންތައް ފާޅުވުމާއި އެފެތުރިގެން ދިއުމެވެ. وَاللهُ أَعْلَم.

📘ބައްލަވާ: ((شرح مسند أحمد)) (5 / 334) لأحمد شاكر.

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸️ ((إِنَّ مِنْ أَشْرَاطِ السَّاعَةِ… أَنْ يَكْثُرَ التُّجَّارُ، وَيَظْهَرَ الْعِلْمُ))

“ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ވިޔަފާރިވެރިން ގިނަވުމާއި ޢިލްމު ފާޅުވުން ވާކަން ކަށަވަރެވެ.”

📚((منحة المعبود في ترتيب مسند الطيالسي)) (2 / 112) (ح 2763)، ترتيب الساعاتي، و ((سنن النسائي))، كتاب البيوع، باب التجارة، (7 / 244).

قال التويجري على رواية النسائي: ((إسناد صحيح على شرط الشيخين)). ((إتحاف الجماعة)) (1 / 428).


🔹އޭގެ މާނައަކީ ޢިލްމުގެ ވަޞީލާތްތައް ފާޅުވުމެވެ. އެއީ އެކަމާގުޅޭ ފޮތްތަކެވެ. وَاللهُ أَعْلَم.

🔹ދެންފަހެ ހަމަކަށަވަރުން މިޒަމާނުގައި މިވަނީ ފިސާރި ބޮޑުމިންވަރަކަށް އެކަން ފާޅުވެގެން ގޮސް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެފެތުރިގެން ގޮސްފައެވެ. ޕްރިންޓްކުރާ ސާމާނުތަކާއި ނަކަލު ކުރާ ސާމާނު ތަކުގެ ސަބަބުން އެފެތުރުމަށް އައި ފަސޭހަކަމުގެ ސަބަބުންނެވެ. އަދި ހަމަ މިއާއެކު މީސްތަކުންގެ ތެރޭގައި ޖާހިލުކަން ވަނީ ފާޅުވެފައިކަން ކަށަވަރެވެ. އަދި މަންފާކުރަނިވި ޢިލްމު، އެއީ ޤުރުއާނާއި ސުންނަތުގެ ޢިލްމު އެބައިމީހުންގެ ތެރެއިން ދަށްވެ، އެދޭއްޗަށް ޢަމަލުކުރުން ވަނީ މަދުވެފައެވެ. ފޮތްތައް ގިނަވުމުން އެބައިމީހުންނަށް ލިބުން އެއްވެސް މޮޅެއް ނެތެވެ.

📘ބައްލަވާ: ((إتحاف الجماعة)) (1 / 428).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يَمُرَّ الرَّجُلُ  بِالْمَسْجِدِ؛ لَا يُصَلِّي فِيهِ رَكْعَتَيْنِ))

މާނައީ: “ހަމަކަށަވަރުން ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި މީހުން މިސްކިތް ހުރަސްކުރުން ހިމެނެއެވެ: އޭނާ އެތަނުގައި ދެރަކްޢަތް ނުކުރެއެވެ.”

📚((صحيح ابن خزيمة))، باب كراهية المرور في المساجد من غير أن تصلي فيها، والبيان أنه من أشراط الساعة، (2 / 283 – 284)، تحقيق د. محمد مصطفى الأعظمي، طبع المكتب الإسلامي، ط. الأولى 1391 هـ).

وعلق عليه الألباني، فقال: ((إسناده ضعيف، ولكن له أو لغالبه طرق أخرى)).

وذكر في ((السلسلة الصحيحة)) أن له طريقا أخرى عن ابن مسعود يتقوى بها. انظر (م 2 / 253) (ح 649).


އަދި އެހެން ރިވާޔަތެއްގައި ވަނީ: 

🔸️ ((أَنْ يَجْتَازَ الرَّجُلُ بِالْمَسْجِدِ، فَلَا يُصَلِّي فِيهِ))

“އެތަނުގައި ނަމާދެއް ކޮށްނުލައި، މީހުން މިސްކިތް ހުރަސްކޮށްލުމެވެ.”

📚رواه البزار، وصحح الهيثمي هذه الرواية في ((مجمع الزوائد)) (7 / 329).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ تُتَّخَذَ الْمَسَاجِدُ طُرُقًا))

މާނައީ: “ހަމަކަށަވަރުން ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި، މަގުތަކެއް ކަމުގައި މިސްކިތްތައް ހެދުން ހިމެނެއެވެ.”

📚((منحة المعبود في ترتيب مسند الطيالسي))، باب ماجاء في الفتن التي تكون بين يدي الساعة (2 / 212)، ترتيب الساعاتي، و ((مستدرك الحاكم)) (4 / 446)، وقال: ((هذا حديث صحيح الإسناد))، وقال الذهبي: ((موقوف))

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((إِنَّ مِنْ أَمَارَاتِ السَّاعَةِ أَنْ تُتَّخَذَ الْمَسَاجِدُ طُرُقًا))

“ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި މިސްކިތްތަކަކީ ހިނގާބިނގާވެ އުޅޭ މަގުތައް ކަމުގައި ހެދުންވެއެވެ.”

📚((منحة المعبود في ترتيب مسند الطيالسي))، باب ماجاء في الفتن التي تكون بين يدي الساعة (2 / 212)، ترتيب الساعاتي، و ((مستدرك الحاكم)) (4 / 446)، وقال: ((هذا حديث صحيح الإسناد))، وقال الذهبي: ((موقوف)).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ؛ فَلَا يَجْلِسْ حَتَّى يَرْكَعَ رَكْعَتَيْنِ))

މާނައީ: “ތިޔަބައިމީހުންކުރެ މީހަކު މިސްކިތައް ވަދެއްޖެ ކަމުގައި ވަނީނަމަ ދެރަކުޢަތް ކޮށްފުމަށް ދާންދެން ނީށީންނަ ހުށިކަމެވެ.”

📚((صحيح مسلم))، كتاب صلاة المسافرين وقصرها، باب استحباب تحية المسجد بركعتين، وكراهة الجلوس قبل صلاتهما، وأنها مشروعة في جميع الأوقات، (5 / 225 – 226 – مع شرح النووي).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸 ((مِنْ اقْتِرَابِ السَّاعَةِ انتفاخُ الْأَهِلَّةِ))

“ޤިޔާމަތް ކައިރި ވެއްޖެކަމުގެ [ޢަލާމާތްތަކުގެ] ތެރޭގައި ހުޅެވި ހަނދު ބޮޑުވުން ހިމެނެއެވެ.”

📚رواه الطبراني في ((الكبير)).
قال الهيثمي: ((فيه عبد الرحمن بن يوسف، ذكر له في الميزان هذا الحديث، وقال: إنه مجهول)). ((مجمع الزوائد)) (3 146).
وانظر: ((ميزان الاعتدال)) (2 / 600) للذهبي.
وقال الألباني: ((صحيح)).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸️ ((مِنِ اقْتِرَابِ السَّاعَةِ انتفاخُ الْأَهِلَّةِ، وَأَنْ يُرَى الْهِلَالُ لِلَيْلَةٍ، فَيُقَالُ: لِلَيْلَتَيْنِ))

މާނައީ: “ޤިޔާމަތް ކުޑަތަންވުމުގެ [ޢަލާމާތްތަކުގެ] ތެރޭގައި ހުޅެވިހަނދު ބޮޑުވުން ހިމެނެއެވެ. އަދި ފުރަތަމަރޭގެ ހުޅެވިހަނދު ފެނުމުން ބުނެއެވެ. ދެވަނަރޭގެ (ހަނދެވެ).”

📚رواه الطبراني في ((الصغير)).
قال الهيثمي: ((وفيه عبد الرحمن بن الأزرق الأنطالي، ولم أجد من ترجمه)). ((مجمع الزوائد)) (3 / 146).


Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ، يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ، فَإِيَّاكُمْ وَإِيَّاهُمْ، لَا يُضِلُّونَكُمْ، وَلَا يَفْتِنُونَكُمْ))

“ފަހުޒަމާނުގައި ދޮގުވެރި ދައްޖާލުންތައް ވާނެތެވެ. ތިޔަބައިމީހުންނާއި އަދި ތިޔަބައިމީހުންގެ ކާބަފައިންވެސް އަހައިފައިނުވާ ވާހަކައާގެން އެއުރެން ތިޔަބައިމީހުންގެ ގާތަށް އަންނާނެއެވެ. ފަހެ ތިޔަބައިމީހުން އެއުރެންނާމެދު ސަމާލުވާހުއްޓެވެ. އެއުރެންނަށް ތިޔަބައިމީހުން އަވާގައި ޖައްސައި މަގުފުރައްދައިލިޔަ  ނުދޭށެވެ.”

📚((المراجع السابق)) (1 / 78 – 79 – نووي).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((إِنَّ الشَّيْطَانَ لَيَتَمَثَّلُ فِي صُورَةِ الرَّجُلِ، فَيَأْتِي الْقَوْمَ، فَيُحَدِّثُهُمْ بِالْحَدِيثِ مِنَ الْكَذِبِ، فَيَتَفَرَّقُونَ، فَيَقُولُ الرَّجُلُ مِنْهُمْ: سَمِعْتُ رَجُلًا أَعْرِفُ وَجْهَهُ وَلَا أَدْرِي مَا اسْمُهُ يُحَدِّثُ))

މާނައީ: “ހަމަކަށަވަރުން ޝައިޠާނާ މީހެއްގެ ސޫރާގައި ޤައުމެއްގެ މީސްތަކުންގެ ގާތަށް އާދެއެވެ. އަދި އެބައިމީހުންނަށް ދޮގުވާހަކަ ކިޔައިދެއެވެ. ދެން ފަހެ އެބައިމީހުން އެތަނުން ދިއުމުން އޭގެތެރެއިން މީހަކު ބުނެއެވެ. ތިމަންނާ އަޑުއެހީ މީހަކު ބުނާއަޑެވެ. އެއީ ތިމަންނާ ދަނެއުޅޭ މޫނެކެވެ. އޭނާއަށް ކިޔައިއުޅޭ ނަމެއް ތިމަންނާ ނުދެނަހުރީމެވެ.”

📚((صحيح مسلم))، المقدمة، (1 / 79 – مع شرح النووي).

Subscribe 🖱@hadhees
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

🔸((إِنَّ فِي الْبَحْرِ شَيَاطِينَ مَسْجُونَةً أَوْثَقَهَا سُلَيْمَانُ، يُوشَكُ أَنْ تَخْرُجَ، فَتَقْرَأَ عَلَى النَّاسِ قُرْآنًا))

މާނައީ: “ސުލައިމާނުގެފާނު، ހައްޔަރުކުރައްވާ ޖަލަށް ލައްވާފައިވާ ޝައިޠާނުންތަކެއް ކަނޑުގައި ވެއެވެ. އެބައިމީހުން އެތަނުން ނުކުންނާން ކައިރިވެއްޖެއެވެ. ފަހެ (އެތަނުން ނުކުމެ) މީސްތަކުންނަށް ކިޔެވެލިތަކެއް ކިޔަވައިދޭން ފަށައެވެ.”

📚((صحيح مسلم))، المقدمة، باب النهي عن الرواية عن الضعفاء، (1 / 79 – 89 – مع شرح النووي).

Subscribe 🖱@hadhees
އަބޫ ބަކްރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم އަރިހުގައި ތިމަންމެންބޭކަލުން ތިއްބަވަނިކޮށް ޙަދީޘްކުރެއްވިއެވެ. 

🔸️ ((أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ (ثَلَاثًا)؟ الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ، وَشَهَادَةُ الزُّورِ -أَوْ قَوْلُ الزُّورِ-، وَكَانَ مُتَّكِئًا فَجَلَسَ، فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا: لَيْتَهُ سَكَتَ))

“އެންމެ ބޮޑެތި ފާފަތައް، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔައިދެއްވަންހެއްޔެވެ؟ (މިފަދައިން ތިންފަހަރު ޙަދީޘްކުރެއްވިއެވެ.) ﷲ އަށް ޝަރީކު ކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރި ވުމާއި ދޮގުހެކި ދިނުމާއި –ނުވަތަ ދޮގުބަހުން ވާހަކަދެއްކުމާއި- އެވެ. އެކަލޭގެފާނު ލެނގިވަޑައިގެން ހުންނަވައި އިށީނދެ ވަޑައިގެންނެވިއެވެ. އަދި އެފަދައިން ޙަދީޘްކުރެއްވުން ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. އެކަލޭގާފާނު ދެން ހުއްޓަވާލައްވާނެ ނަމައޭ ތިމަންމެންބޭކަލުންނަށް ބުނެވިއްޖައުމަށް ދާންދެނެވެ.”

📚((صحيح البخاري))، كتاب الشهادات، باب ماقيل في شهادة الزور، (5 / 261 – مع الفتح)، و ((صحيح مسلم))، كتاب الإيمان، باب الكبائر وأكبرها، (2 / 81 – 82 – مع شرح النووي).

Subscribe 🖱@hadhees