Maktaba Salafiyya Maldives المَكْتَبَة السَّلَفِيَّة المَالدِيْفِيَّة
1.2K subscribers
10.1K photos
297 videos
693 files
2.85K links
Connecting People to the Major Scholars of the Ummah! Quran & Sunnnah as understood by the Companions (رضي الله عنهم)
Download Telegram
ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވާކަން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 21
ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވާކަން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 22
[ޙައްޖުމަހުގެ ދުވަސްތަކުގެ ޘަވާބު ހޯދުމަށް ބަޔާންވެގެންވާ ޢަމަލުތަކުގެ ތެރޭގައި]

ކުރިއަށް މިއޮތް ދުވަސްތަކުގައި، ހެޔޮކަމާއި ޘަވާބަށް ކުރެވޭނެ އެންމެ މަތިވެރި އެއް ޢަމަލަކީ، އެންމެހައި ވަޤުތުތަކެއްގައި ތަކްބީރު ކިޔުމެވެ.

ابنُ عمرَ އަދި أبو هريرةَ -رضي الله عنهم- އަރިހުން ރިވާކުރެވިގެންވެ އެވެ. (كان ابنُ عمرَ وأبو هريرةَ يخرجانِ إلى السوقِ في أيامِ العشرِ يُكبرانِ ويكبرُ الناسُ بتكبيرِهما)

”ޙައްޖުމަހުގެ ދިހަ ދުވަސްތަކުގައި ابن عُمَر އަދި أَبُو هُرَيْرَة މަދީނާގެ ބާޒާރުތަކަށް ނުކުމެވަޑައިގަންނަވަ އެވެ. އަދި އަޑުހަރުކޮށް ތަކްބީރު ވިދާޅުވެ އެވެ.
އަދި އެހެނިހެން މީސްތަކުންވެސް (އެ ތަކްބީރު ވިދާޅުވާ އަޑުއަހައި) ތަކްބީރު ވިދާޅުވެ އެވެ.“
إرواء الغليل 651 ، صحيح

ތަކްބީރު ކިޔުމަށް މީސްތަކުންނަށް ހަނދާން ކޮށްދިނުމަށްޓަކައި މީސްތަކުން ގިނަ ތަންތަނަށް ވަޑައިގެން މި ދުވަސްތަކަކީ ތަކްބީރު ކިޔުމަށް ޚާއްޞަވެގެންވާ ދުވަސްތަކެއްކަން ބަޔާން ކޮށްދިނުމެވެ.

އެއްވެސް ޙާލެއްގައި ޖަމާޢަތް ހަދައި އެއް-އަޑަކުން ތަކްބީރު ކިޔުމެއް ނޫނެވެ.

މި ދުވަސްތަކުގައި ގޭގައި، ސަވާރީ މަތީގައި، އިށީދެއިނުމާއި އޮށޯވެ އޮތުމުގައި، ވަޒީފާގެ މަިދާނުގައި، އެންމެހައި ވަޤުތު ތަކުގައި ގިނައިން ތަކްބީރު ކިޔުން ޢާދަކުރުން ހުއްޓެވެ.
ތިޔަ އަޚުންނާއި އުޚްތުންގެ ޙައްޖުމަހުގެ ވަޤުތުތައް އެންމެ އެދެވިގެންވާ ގޮތުގައި ހޭދަ ކުރުމުގެ ތަޥްފީޤު ﷲ ދެއްވާށި އެވެ.
ޙައްޖުމަހުގެ ހަނދު ފެނުމާއެކު މުޠްލަޤުކޮށް (ވަކި ވަޤުތަކަށް ޚާއްޞަކުރުމެއްނެތި) ކިޔާ ތަކްބީރު ކިޔަން ފެށުނީ އެވެ.

އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި ކިޔުމަށް ކަނޑައެޅިފައިވާ ތަކްބީރެވެ.

رَسُول الله  ޙަދީޘް ކުރައްވާފައިވެ އެވެ.


(مَاأَهَلَّ مُهِلُّ قَط، وَلاَ كَبَّرَ مُكبِّرٌ قَط، إلاَّ بُشِّرَ بالجنةِ)


”ސުވަރުގޭގެ އުފާވެރި ޚަބަރު ނުދެއްވި, ތަހްލީލު ކިޔާ އެއްވެސް މީހަކު ތަހްލީލެއް ނުކިޔާނެ އެވެ.

އަދި ސުވަރުގޭގެ އުފާވެރި ޚަބަރު ނުދެއްވި ތަކްބީރު ކިޔާ އެއްވެސް މީހަކު ތަކްބީރެއް ނުކިޔާނެތެވެ.“
صحيح الجَامِع 5569


اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لاَ إِله إِلا الله وَاللهُ أَكبَر اللهُ أَكْبَرُ، و لِله الحَمدُ


اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لا إله إلاّ الله، و اللهُ أَكْبَرُ، اللهُ أَكْبَرُ، ولله الحمد
ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން ޘާބިތުވެގެންވާކަން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 24
ވަކި ވަގުތެއް ބެލުމެއް ނެތި، ތަކްބީރު ކިޔުމުގެ ވަޤުތު ބައްދަލުކޮށްފި އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 25
މި ދުވަސްތަކުގެ ހެޔޮކަން ލިބިގަތުމަށްޓަކައި މަސައްކަތް ކުރުންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 26
Media is too big
VIEW IN TELEGRAM
މި ދުވަސްތަކުގެ ހެޔޮކަން ލިބިގަތުމަށްޓަކައި މަސައްކަތް ކުރުންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 27
ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަ ހިފުން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 28
މި ދުވަސްތަކުގައި ތަކްބީރު ކިޔުން އިތުރު ކުރުން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 29
މި ދުވަސްތަކުގެ ބޭނުން އެންމެ އެދެވިގެންވާ ގޮތުގައި ހޯދުމަށް ތަކްބީރު ކިޔުންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 30
އެއީ ނަބިއްޔާގެ އަޞްޙާބު ބޭކަލުންނެވެ. އެބޭކަލުންނަށް ތަބަޢަވުން ހެޔޮކަން ބޮޑުވެގެންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 31
[ﷲއަށްޓަކައި ހޭދަކުރުން -ޞަދަޤާތް ދިނުން ހެޔޮކަންބޮޑީ ޙައްޖުމަހުގެ ފުރތަމަ ދިހަ ދުވަހުގަ އެވެ.]

الإمام ابن العُثيمين -رحمه الله- ވިދާޅުވެފައިވެ އެވެ.

"ރަމަޟާން މަހުގެ ފަހު ދިހައިގައި ޞަދަޤާތް ކުރުމަށްވުރެ ޙައްޖުމަހުގެ ދިހަ ދުވަހުގައި ޞަދަޤާތް ކުރުން ﷲގެ ޙަޟުރަތަށް ލޮބުވެތިކަން ބޮޑުވެގެންވެ އެވެ."

اللقاء الشهري
ސުންނަތް ނަމާދުތައް ގިނަކުރުން މި ދުވަސްތަކުގައި އެދެވިގެންވެ އެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 32
[ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަ ހިފުން]

الإمام ابن عَون -رحمه الله- ވިދާޅުވެފައިވެ އެވެ.

"محمد -އެބަހީ محمد بن سِيرِين- ޙައްޖުމަހުގެ ފުރަތަމަ 9 ދުވަސް (އެންމެހައި ދުވަސްތަކެއްގައި) ރޯދައަށް ހުންނަވަތެވެ. ފަހެ، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ފާއިތުވެ އަދި އައްޔާމުއް ތަޝްރީޤްގެ ދުވަސްތައް ފާއިތުވުމުން، މައްސަރުގެ ކުރީކޮޅުގައި 9 ދުވަސް ރޯދައަށް ހުންނެވި ފަދައިން، 9 ދުވަސް ރޯދަ ނުހިއްފަވާ ހުންނަވަ އެވެ."

ابن أبي شيبة ގެ مصنف 2/300

މިތަނުގައި ޛިކުރުވެފައިވާ ތާބިޢީ محمد بن سِيرِين- އަކީ، އެތައް ގިނަ ޞަޙާބީ ބޭކަލުންނާއި ބައްދަލުވަޑައިގެންފައިވާ ބޭކަލެލެވެ. މި ތާބިޢީގެ އެ ޞަޙާބީ ބޭކަލުންގެ އަރިހުން ދަރިވަރުވަޑައިގެންނެވި ޞަޙާބީ ބޭކަލުންގެ ތެރޭގައި أبو هريرة އާއި ابن عباس - زيد بن ثابت - عمران بن الحصين - أنس بن مالك - عبد الله بن الزبير -رضي الله عنهم- ހިމެނިވަޑައިގަންނަވަ އެވެ.

ވުމާއެކު، ޙައްޖުމަހުގެ ފުރަތަމަ 9 ދުވަސް ރޯދަހިއްޕެވުން މި ތާބިޢީއަށް އެނގިވަޑައިގެން އެފަދައިން ޢަމަލު ކުރައްވާފައިވަނީ ޞަޙާބީބޭކަލުންގެ ކިބައިން ނޫން ކޮންގޮތަކުން ހެއްޔެވެ؟

ފަހެ، ވުމާއެކު ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފުން މިއީ މި ދުވަސްތަކުގައި ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ޢަމަލެއްކަމުގައި ކަނޑައޅެވެ.
ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަ ހިފުން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން 33
އުޟްޙިއްޔާ ޤުރުބާން ކުރުމަށް ތަނަވަސްކަން ލިބުމުން ނިޔަތްގަތުން - އިސްތަށި އުފުރުމާއި ނިޔަފަތި ކެނޑުން މި ޢަމަލުތައް އޭނާގެ މައްޗަށް އޮންނާނީ ޙައްޖުމަސް ވަނުމުންނެވެ. އަދި ޙައްޖުމަހުގައި ނިޔތް ގަންނަ ނަމަ، އެ ވަޤުތުން ފަށައިގެންނެވެ.[

الشَّيخ عَبد القَادر الجُنَيد حفظه الله ވިދާޅުވެފައިވެ އެވެ.


”އުޟްޙިއްޔާ ޤުރުބާން ކުރުމަށް ލަސްކޮށް ނިޔަތްގަންނަ މީހާ، މިޘާލަކަށް
ޛުލް-ޙިއްޖާ މަހުގެ 8 ވަނަ ދުވަހުގައި ނިޔަތްގަތީ އެވެ. ފަހެ، އޭނާ ނިޔަފަތި ކެނޑުމުންނާއި، އިސްތަށި އުފުރުން އަދި ހަށިގަނޑުން ހަންގަނޑު ނެއްޓުމުން އެކަހެރިވާނީ ނިޔަތްގަތް ވަޤުތުން ފަށައިގެންނެވެ.

(އުޟްޙިއްޔާ ޤުރުބާން ކުރާ މީހާ އޭނާގެ އުޟްޙިއްޔާ ޤުރުބާން ކުރުމުގެ ކުރިން) ހަށިގަނޑުން އިސްތަށި އުފުރައިފި މީހާ ނުވަތަ
ނިޔަފަތި ކަނޑައިފިމީހާ އަދި ހަންގަނޑު ނައްޓައިފިމީހާ ވަނީ ފާފަވެރިވެފަ އެވެ.
އަދި އޭނާވަނީ ސުންނަތާއި ޚިލާފްވެފަ އެވެ.

އޭނާގެ މައްޗަށް އޮތީ ﷲ އަށް އިސްތިޣްފާރު ކުރުމެވެ.
އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވަނީ އޭނާގެ
(އެ ޢަމަލުގެ ސަބަބުން) ފިދުޔަދޭން ނުޖެހޭނެ ކަމެވެ.
އަދި މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނުވެ އެވެ.“

خطبة بعنوان: أحكام عشر ذي الحجة الأُوَل أفضلِ أيام السَّنة واغتنام أوقاتها بالأعمال الصالحة
ޙައްޖުމަހުގެ ދިހަ ދުވަހުގައި ޞާލިޙް ޢަމަލުތަކުގައި ހުރުން ކަނޑައެޅިފައިވަނީ ޖިހާދު ކުރުމަށްވުރެ ހެޔޮވެގެންވާ ޢަމަލެއް ގޮތުގަ އެވެ.

الإمام الْأَوْزَاعِيُّ -رَحِمَهُ اللهُ - ވިދާޅުވެފައިވެ އެވެ،

"އަހުރެންނަށް ޚަބަރު ލިބިފައިވަނީ، ހަމަކަށަވަރުން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރެއިން ދުވަހެއްގައި ކުރާ ޢަމަލު ﷲގެ މަގުގައި ކުރާ ޖިހާދަކާ އެއްފަދަވެގެންވާ ކަމެވެ. އެ ދުވަސްތަކުގެ ދުވާލުގައި ރޯދައަށް ހުރުމާއި ރޭގަނޑު ވަޤުތުގައި އަޅުކަމުގައި ވުމެވެ. (މި އަޖުރަށް ވުރެ ބޮޑު އަޖުރެއް ހަމައެކަނި ހޯދާ މީހަކީ) ޖިހާދުގެ މައިދާނުގައި އެމީހެއްގެ ނަފްސު ޤުރުބާންކޮށްފި މީހާ އެވެ." شُعَبُ الْإِيمَانِ 3-300