لَا إِلَٰهَ إِلَّا ٱللَّٰهُ
627 subscribers
331 photos
92 videos
168 files
650 links
Download Telegram
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
{ إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ }

މާނައީ: [ ހަމަކަށަވަރުން إبراهيم عليه السّلام ވެވަޑައިގެންނެވީ ﷲ އަށް ކިޔަމަންތެރިވެވަޑައިގެންވާ أمّة އެއްކަމުގައެވެ. شرك ން ދުރުވެވަޑައިގެން توحيد އަށް ސީދާވެގެންވާ ހެޔޮކަން އުގަންނަވައިދެއްވާ مُعَلِّم އެއްކަމުގައެވެ. އެކަލޭގެފާނުން مشرك ންގެތެރެއިން ނުވެއެވެ. ]


--------------------------------------------
ޞާލިޙް އަލް ފައުޒާން، 'އިޢާނާތުލް މުސްތަފީދު
( 78-77/1 )' ގައި ލިޔެފައިވެއެވެ:

"މިއާޔަތުގައި އިބްރާހީމް (علیه السلام) ގެ ބައެއް ސިފަތައް ކިޔާދެއްވާފައިވެއެވެ:

ހ. އެކަލޭގެފާނަކީ އުންމަތެކެވެ: މާނައަކީ އެކަލޭގެފާނަކީ ރިވެތިވެގެންވާ ނަމޫނާއެއް އަދި މަތިވެރިވެގެންވާ ވެރިއެކެވެ.

ށ. އެކަލޭގެފާނަކީ االله تعالىއަށްވާ 'ގާނިތު' އެކެވެ: މާނައަކީ އެކަލޭގެފާނު ހުންނެވީ الله تعالىގެ އަމުރުފުޅަށް ބަރާބަރަށް ކިޔަމަންގަނެ، الله تعالى އަޅުކަން ކުރުމުގައި އިޚްލާސްތެރިވެގެންނެވެ.

ނ. އެކަލޭގެފާނަކީ ޙަނީފްއެކެވެ: މާނައަކީ އިލާހެއްގެ ގޮތުގައި ނަންގަވަނީ الله تعالى އެކަންޏެވެ. އަދި الله تعالى ފިޔަވާ އަޅުކަންކުރެވޭ އެހެން ހުރިހާ އެއްޗަކުންވަނީ ބަރީޢަވެގެންނެވެ.

ރ. އެކަލޭގެފާނަކީ މުޝްރިކުންގެ ތެރެއިންވާ ބޭކަލެއް ނޫނެވެ: މާނައަކީ އެކަލޭގެފާނު ހުންނެވީ އެމީހުންގެ ކިބައިން ބަރީއަވެ
ރައްކާތެރިވެގެންނެވެ.

އަދި ތައުޙީދު ދެނެގަތުމަށްޓަކައި ވަނީ މިކަންތައްތައް ސާފުކުރުމެވެ."


@LaILahaILLallah
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
ސައްޔިދު ޤުޠްބު (رحمه الله )

"އެއުރެން އެދެނީ އެމެރިކާގެ އިސްލާމް ދީނެވެ. އެއުރެން ބޭނުންވަނީ ވުޟޫ ގެއްލޭފަދަ ކަންކަމަށް ފަތުވާ ނެރެދޭ އިމާމުންނެވެ.

މުސްލިމުން(އުންމަތު)ގެ ހަމަނުޖެހުންތަކާއި
ހަނގުރާމަތަކާއި ސިޔާސީ ކަންކަމާއި ގުޅޭ ފަތުވާ
ދޭނެ އިމާމުން އެމީހުން ބޭނުމެއް ނުވެއެވެ.
"


@LaILahaILLallah
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
InShot_20240204_232019186.jpg
995.9 KB
🚫”މީސްތަކުން ޣީބަ ބުނެއުޅޭ ބައެއް ގޮތްތައް…“
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (hd)
~ ގަލަންދާނު
Please open Telegram to view this post
VIEW IN TELEGRAM
🎲 Quiz 'Quick revision on the meaning of Surat An Naba - word by word'
ނަބާ ސޫރަތް | ބަސްތަކުގެ މާނަ ކުއިޒް
🖊 63 questions · 30 sec
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
ނަޖުދުގެ އިމާމުންތައް އަންނަނިވި އާޔަތް ތަފްސީރުކުރައްވާ ވިދާޅުވަނީ:

ـــــــــــــــــــــــــــ

قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّهِ وَحْدَهُ

މާނައީ:

"ހަމަކަށަވަރުންވެސް، އިބްރާހީމް (علیه السلام) އާއި އެކަލޭގެފާނާއި އެކުގައިވީ މީހުންގައި، ތިޔަބައިމީހުންނަށްވާ ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް އެންގެވި ހިނދެވެ. ތިމަންމެންވަނީ، ތިޔަބައިމީހުންނާއި، ތިޔަބައިމީހުން الله تعالى ފިޔަވާ އަޅުކަންކުރަން ގެންގުޅޭ ފަރާތްތަކުން ބަރީއަވެގެންނެވެ. އަދި ތިޔަބައިމީހުންނަށް ތިމަންމެން ކާފަރުވެސް ވެއްޖައީމެވެ. އަދި ތިޔަބައިމީހުންނާއި، އަހަރެމެންނާއި ދެމެދުގައި އަބަދުގެ އަބަދަށް ރުޅިވެރިކަމާއި، އަދާވާތްތެރިކަން އުފެދިއްޖެއެވެ. އެއީ ތިޔަބައިމީހުން الله تعالىއަށް އެކަނި އަޅުކަން ކޮށްފުމަށް ދާންދެންނެވެ." [މުމްތަޙިނާ ސޫރަތުގެ: 4]


އެބޭކަލުން ވިދާޅުވެލެއްވިއެވެ: "ފަހެ މިއާޔަތުގައި ތޯޣޫތަށް ކާފަރުވުމުގެ ގޮތުން 5 ކަމެއް ބަޔާންކުރައްވަވާފައިވެއެވެ. އެއީ:

ހ. ހަމަކަށަވަރުންވެސް އަހަރެމެންވަނީ ކަލޭމެންގެ ކިބައިން ބަރީޢަވެގެންނެވެ.

ށ. އަދި ކަލޭމެން ﷲ سبحانه وتعالى ފިޔަވާ އަޅުކަންކުރާ ހުރިހާ އެއްޗަކުންވެސް އަހަރެމެންވަނީ ބަރީޢަވެގެންނެވެ.

ނ. އަހަރެމެން ކަލޭމެންނަށް ކާފަރު ވެއްޖައީމެވެ.

ރ. އަދި އަހަރެމެންނާއި ކަލޭމެންނާއި ދެމެދުގައި އަދާވާތްތެރިކަން އުފެދިއްޖެއެވެ.

ބ. އަދި އަބަދުގެ އަބަދަށް ރުޅިވެރިކަންވެސް ވަނީ އަހަރެމެން ދެބައިމީހުންގެ ތެރޭގައި އުފެދިފައެވެ."


ــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــ

މަޞްދަރު: ފަތަވަތުލް އަޢިންމަތުން ނަޖްދިއްޔާ (428/1)


@LaILahaILLallah
Forwarded from Kaiveni Channel
ޕޯސްޓް ޖަހައިދިނުން ފްރީކޮށް!
މެސެޖް ކުރައްވާ.

އުޚްތުން މެސެޖް ކުރާނީ @For_Sisters_Only

އަޚުން މެސެޖް ކުރާނީ @For_Brothers_Only

https://t.me/kaiveniChannal
Forwarded from Faidhaa (الْمِيْمُ وَالْمِيْمُ وَالْأَلِفُ)
ތިން ކަމެއް ތިބާއަށް ފެނިއްޖެނަމަ، ދެން ތިބާ ދަންނާށެވެ!

🖋️ ޢަބްދު ﷲ ބްނު ޢައްބާސް (68ހ.) – رَضِيَ اللَّهُ عَنْهُمَا – އަށް ޢިލްމުވެރި އިމާމް ކަޢްބު އަލް-އަޙްބަާރު (32ހ.) އާ ބައްދަލުވެގެން ވިދަަާޅުވިއެވެ:

«އޭ އިބްނު ޢައްބާސްއެވެ. ތިން ކަމެއް ތިބާއަށް ފެނިއްޖެނަމަ، ދަންނައެވެ.

އެއީ: ކަނޑިތައް ޢޮރިޔާންވެ (އޭގެ އުރައިން ދެމި ހާމަވެ ހާސާ) ވެއްޖެކަމާއި، އަދި ލޭތައް އޮހޮރިގަނެއްޖެކަން ތިބާ ދެކި ފެނިއްޖެނަމަ، ފަހެ ހަމަކަށަވަރުން ﷲ ގެ ޙުކްމު ނަގައިލެވި ގެއްލިއްޖެކަން ތިބާ ދަންނާށެވެ! ފަހެ ދެން އެބަޔަކު އެއްބަޔެއް އަނެއްބަޔެއްގެ ފުށުން ބަދަލު ހިފަތެވެ.

އަދި ވާރޭތިކި ހިފެހެއްޓި (ކެރި ބަންދުވެއްޖެކަން) ތިބާ ދެކި ފެނިއްޖެނަމަ، ފަހެ ހަމަކަށަވަރުން ޒަކާތު މަނަޢަ ކޮށްލެވިއްޖެކަން ތިބާ ދަންނާށެވެ! މީސްތަކުން އެބައިމީހުންގެ ކިބައިގައި ވާ އެއްޗެއް މަނަޢަކުރިއެވެ. ފަހެ އެހެންކަމުން ﷲ އެކަލާނގެ ކިބައިގައި ވާ އެއްޗެއް މަނަޢަކުރެތެވެ.

އަދި ބަލިމަޑުކަމާއި ވަބާއު ފެތުރިއްޖެކަން ތިބާ ދެކި ފެނިއްޖެނަމަ، ފަހެ ހަމަކަށަވަރުން ޒިނޭ ކުރުން ފެތުރިއްޖެކަން ތިބާ ދަންނާށެވެ!»

📘 [مساوئ الأخلاق ومذمومها وطرائق مكروهها للخرائطي: 229/1، حلية الأولياء وطبقات الأصفياء لأبي نعيم الأصبهاني: 379/5]

#Thazkiyah
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
- އިބްނުލް ޤައްޔިމު رَحِمَهُ ٱللَّٰهُ ވިދާޅުވިއެވެ:
[ الصلاة وأ حكام تار كىا 60:1 ]

" މީހާގެ ގައިގައި ކުފުރާއި އީމާންކަމާއި، ޝިރުކާއި ތައުޙީދާއި، ތަޤްވާވެރިކަމާއި ފާޖިރުކަމާއި، މުނާފިގުކަމާއި އީމާންކަން ޖަމަޢަވެދާނެއެވެ.

މިއީ އަހުލުއްސުންނާގެ އެންމެ ބޮޑެތި އަޞްލުތަކުގެ ތެރެއިންވާ އަޞްލެކެވެ.

އަދި އަހުލުއްސުންނާ ފިޔަވައި ޚަވާރިޖުންނާއި، މުޢުތަޒިލީންނާއި، ޤަދަރީންފަދަ ބިދުޢައިގެ އަހުލުވެރިން އެކަމުގައި ޚިލާފުވިއެވެ.

ބޮޑެތިފާފަތަކުގެ އަހުލުވެރިން ނަރަކައިން ނިކުތުމާއި، އަދި ނަރަކާގައި އެބައިމީހުން ދާއިމަށް ދެމިގެންވާކަމަށް ކަނޑައެޅުމުގެ މައްސަލަވެސް ބިނާވެގެންވަނީ މިއަޞްލުގެ މައްޗަށެވެ.

ޤުރުއާނާއި ސުންނަތާއި، ފިތުރަތާއި އަދި ސަޙާބީންގެ އިޖްމާޢު މިއަޞްލަށް ދަލީލުކުރިއެވެ..."


📖 އީމާންކަމާއި، އީމާންކަމުގެ ޢަލާމާތްތައް، ސުންނަތްތަކާއި، ފުރިހަމަވުމާއި ދަރަޖަތައް ބަޔާންވެގެންވާ ކިތާބް 📖


@LaILahaILLallah
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
ޢިލްމާއި ހިދާޔަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ނޫރެވެ.

އެނޫރު ލިބޭހުށީ އެކަލާނގެ އިރާދަކުރެއްވި އަޅަކަށެވެ. ބަޔަކުމީހުން ކިތަންމެ ވަރަކަށް މީހަކަށް ހިދާޔަތުގެ ނޫރުން އަލިކޮށްދޭން މަސައްކަތް ކުރިކަމުގައިވިޔަސް އެމީހާއަމިއްލައަށް އެ ނޫރު ނިއްވާލުމުން ދެން ދާނީ އަނދިރިކަމުގެ މައްޗަށް އަނދިރިކަން އިތުރުވެގެންނެވެ.

މަސްދަރު: މަލާއިކަތުންގެ ޢާލަމް ( ސުލަޢިމާން އަސްޤަރު)

@LaILahaILLallah
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
އިމާމް އަލްއާޖުއްރީ ވިދާޅުވިއެވެ:

މާނައީ: "އަހަރުމެން މިތިބަ ވަޤުތުގައި ބީރައްޓެހިންގެ ތެރެއިންވެސް އެންމެ ބީރައްޓެހިކަން ގަދަވެގެންވާ ބަޔަކީ ސުންނަތްތަކުގައި ހިފައި، އޭގެ މަތީގައި ކެތްތެރިވެ، އަދި ބިދުޢަތަކުން ދުރުވެ އެކަމުގެ މައްޗަށް ކެތްތެރިވެ، އަދި މުސްލިމުންގެ އިމާމުންގެ ތެރެއިން އިސްވެދިޔަ ސަލަފުންގެ ބޭކަލުންގެ އަޘަރުތަކަށް ތަބަޢަވެ، އަދި އެމީހާ އެހުރި ޒަމާނާއި އެޒަމާނުގެ ފަސާދައާއި އޭގެ އަހުލުވެރިން ފަސާދަވެފައިވާވަރުގެ ބޮޑުކަން ދެނެގަނެއްޖެ މީހެކެވެ."

الغرباء للآجري: 78/1

[ޝައިޚުންގެ ޚަބަރުތަކާއި އެބޭކަލުންގެ އަޚްލާޤު.]


@LaILahaILLallah
Forwarded from Tazkirat Nufoos
••

❞ ދަޢުވަތުގެ މަގުފޭރޭ މީހުން އެންމެ ފަހުގެ އިންތިހާބުގައި ބައިޑަންއަށް ވޯޓުދިނުމަށް ތިބާއަށް ހިތްވަރުލާދިން އިރު، އެމީހުން ތިބާ ރަޓުވައިލިއެވެ.! އަދި އެމީހުން ތިބާ ރަޓުވައިލީ ފައިސާއިން ކަމުގައިވާ ނަމަ، އެކަން ފަސޭހަވީހެވެ. އެއީ މާކަ ބޮޑު ކަމަކަށް ނުވީހެވެ. އެހެނަސް އެމީހުންް ތިބާއަށް އޮޅުވާލާ ތިބާގެ ދީނުން ތިބާ ބޭރުކޮށްލީއެވެ! ބައިޑަންއަށް ވޯޓުދިނުމަށް އެމީހުން ތިބާއަށް ހިތްވަރުލާދިނެވެ. އަދި މިހާރު، ޣައްޒާގެ މައްސަލައަކީ މަޝްހޫރުކަމެއް ކަމުގައި ވުމުން، އެމީހުން ބޭނުންވަނީ ފަލަސްޠީނު ކަންތަކުގައި 'Malcom X' އަށް ވުމަށެވެ. ދަޢުވަތުގެ މަގުފޭރޭ މީހުން ތިބާ ހައްލުވާލީ މުޤައްދިސް ކަންތަކުގެ ތެރެއިން އެންމެ މުޤައްދިސް ކަންތަކުގައެވެ. ތިބާގެ ދީނުގައެވެ! އެމީހުން ތިބާ ހައްލާލީ، ތިބާ ގާތު ވޯޓުލުމަށް ބުނި ހިނދެވެ. އަދި މި ލިބުނު ޒަހަމަށް ހިތާމައެއް އިތުރުކޮށްލާނަމެވެ. އޭގެ ތެރެއިން އެއްބައި މަގުފޭރޭ މީހުން، އެއީ ވާޖިބެއްކަމުގައި ވެސް ދެކެއެވެ. ❝

| އައްޝައިޚް އަލް-އިމާމު އަޙްމަދު މޫސާ ޖިބްރީލް (حفظه الله) - ނެގިފައިވަނީ
••┈┈┈┈┈┈┈┈┈┈┈••
@Tazkirat_Nufoos
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
Please open Telegram to view this post
VIEW IN TELEGRAM
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
InShot_20231222_144441856.jpg
807 KB
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ޔަޙްޔާ ބިން މުޢީން ރަޙިމަހު الله ވިދާޅުވިއެވެ:

«އަޙްމަދު ބިން ޙަންބަލް ކަހަލަ ބޭކަލެއް ދުވަހަކުވެސް ތިމަން ނުދެކެމެވެ. ތިމަންމެން އެކަލޭގެފާނާއެކު 50 އަހަރު އުޅުއްވީމުއެވެ. އެކަލޭގެފާނު ތިމަންމެންގެ މައްޗައް ދުވަހަކުވެސް އެއްވެސް ކަމަކުން ފަޚުރުވެވަޑައިނުގަންނަވައެވެ. އަދި ވިދާޅުވެއެވެ: «ތިމަންމެންނަކީ ނިކަމެތިބައެކެވެ. الله ގެ ވަންހަނާކުރެއްވުން ނުވާނަމަ ތިމަންމެން ފަޟީޙަތްވެއްޖައިީހެވެ.»

📘 ޙިލްޔަތުލް އައުލިޔާއު (181)

@LaILahaILLallah
Forwarded from لَا إِلَٰهَ إِلَّا ٱللَّٰهُ
ޝެއިޚް އަބޫ މުޙަންމަދު އަލްމަގްދިސީ(حفظه الله) ވިދާޅުވިއެވެ:

«ބައެއްމީހުން ދެކޭ ގޮތުގައި މިޒަމާނުގައި މިއްލަތު އިބްރާހީމްއަށް އަމަލުކުރުމަކީ މުޝްރިކުންނާއި ދިމާއަށް އެއްޗެއް ނުބުނެ، އެބައިމީހުންގެ ޝިރުކަށް އަނގައިން ނުބުނެ، ހަމައެކަނި ތައުޙީދުގެ މައިގަނޑު ތިން ބައި ކިޔަވާލާ، އެއާއި މެދު ފޮތްތައް ބަލާލާ ހެދުން ކަމަށެވެ. އެފަދަ މީހުންނާއި ދިމާއަށް އަޅުގަނޑުމެން ބުނަން
އޮތީ މިއްލަތު އިބްރާހީމްއަކީ އެފަދަ އެއްޗެއް ވެއްޖެއްޔާމުން ކީއްވެގެންތޯ އިބްރާހީމް(علیه السلام) އަލިފާންގަނޑަށް އެއްލާލެވުނީ؟ އެކަލޭގެފާނަށް އެބައިމީހުންނާއި ރީއްޗަށް ވާހަކަދައްކާލާ، އެބައިމީހުންގެ ޝިރުކާއިމެދު އަނގައިން ނުބުނެ ހުރެވުނީސް ނޫންތޯއެވެ؟ އެބައިމީހުންގެ އިލާހުންތައްކަމަށް ބުނާ ފަރާތްތައް ލަދެއްގައި ބައްދާ ނުލާ، އެބައިމީހުންނާއިމެދު އަދާވާތްތެރި ނުވެ އެކަލޭގެފާނަށް ހުރެވުނީސް ނޫންތޯއެވެ؟

އަދި އެކަލޭގެފާނުގެ ސަހާބީންނަށްވެސް ހަމައެކަނި ފޮތުގައި އޮންނަ، އެއްވެސް އަމަލީ ސިފައެއް ގެންނަން ނުޖެހޭ ދީނެއް ކިޔައިދެވުނީސް ނޫންތޯއެވެ؟ އަލްވަލާއު (ތައުޙީދުގެ މަތީގައިވާ ފަރާތްތަކަށް އެހީވުން)، އަދި ބަރާއަތު (މުޝްރިކުންގެ ކިބައިން ބަރީއަވުން)، އަލްހުއްބު (ތައުޙީދުގެ އަހުލުވެރީންނަށް ލޯބިވުން)، އަލްބުޣްޟު(ޝިރުކާއި މުޝްރިކުންނަށް ރުޅިވެތިވުން)،
އަލްމުޢާދާތު (މުޝްރިކުންނަށް އަދާވާތްތެރިވުން)، އަލްހިޖްރާން (މުޝްރިކުންގެ ކިބައިން ސަލާމަތްވެ ރައްކައުވުން) ފަދަ އަމަލީގޮތުން ދައްކަންޖެހޭ އަޅުކަންތައް ކިޔައިނުދީވެސް ފަރުޖެއްސުނީ ނޫންތޯއެވެ؟»


ـــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــ
ޝެއިޚްގެ ފޮތެއް ކަމުގައިވާ 'މިއްލަތު އިބްރާހީމް' ގެ ޞ17. ބައްލަވާ

@LaILahaILLallah
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
Please open Telegram to view this post
VIEW IN TELEGRAM
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
ﷲގެ ޙަޟްރަތުގައި އެންމެ ހެޔޮވެގެންވާ ނަމާދަކީ ހުކުރުދުވަހު ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދެވެ.
އިމާމް البخاري އަދި مسلم ގައި أبو هُرَيرَة رَضِيَ اللهُ عنه، އަރިހުން ރިވާވެގެންވެއެވެ.

"ހުކުރު ދުވަހުގެ ފަތިސް ނަމާދުގައި ނަބިއްޔާ ﷺ السجدة ސޫރަތާއި الإنسان ސޫރަތް ކިޔެވުން ތިލާވަތް ކުރައްވައެވެ."

-އަބޫ އިބްރާހީމް އަލް މާލްދީފް-



@LaILahaILLallah
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

“ޞަދަޤާތް (އެބަހީ: ހުކުރު ދުވަހު ޞަދަޤާތް) ދިނުމަކީ ހަފްތާގެ ބާކީ ދުވަސްތަކަށްވުރެ ޚާއްޞަވެގެންވާ ފައިދާއެއް ލިބިގެންވާ ކަމެކެވެ.  އޭގެ މަތިވެރިކަމަކީ ބާކީ ހުރި މަސްތަކާ ޚިލާފަށް ރަމަޟާން މަހު ޞަދަޤާތްކުރުމާ އެއްފަދައެވެ.”

[ޒާދު އަލްމަޢާދު |  1/394]

( މަޞްދަރު )

@LaILahaILLallah
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
އިމާމް ޢަބްދުއްލަތީފް ބިން ޢަބްދުއްރަޙްމާން(رحمه الله) ވިދާޅުވިއެވެ:

«މުޝްރިކުންނަށް އަދާވާތްތެރިނުވެ، ތައުޙީދު އެނގި،
ތައުޙީދަކަށް އަމަލެއް ނުކުރެވޭނެއެވެ. ވީމާ މުޝްރިކުންނަށް އަދާވާތްތެރިނުވާ މީހާއަކީ ތައުޙީދަށް އަމަލުކުރާ އަދި ތައުޙީދު ދަންނަ މީހެކޭވެސް ނުބުނެވޭނެއެވެ.»

އައްދުރަރުއްސަނިއްޔާ (167/8)، ޖިހާދާއި ބެހޭ ބާބު

@LaILahaILLallah