ތައުޙީދު ( އިސްލާމްދީނުގެ ބިންގާ )
741 subscribers
71 photos
96 videos
32 files
186 links
Download Telegram
Forwarded from Tawheed
ތައުޙީދަކީ اللهގެ ޙައްޤުތަކުގެ ތެރެއިން، އަޅުތަކުންގެ މައްޗަށްވާ އެންމެބޮޑު ޙައްޤެވެ. އެހެންކަމުން ތައުޙީދު ދެނެގަނެ އޭގެ މަތީގައި ޘާބިތުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ތައުޙީދަކީ ހުރިހާ އަޅުކަމެއްގެ އަސާސަށް ވީހިނދު، ތައުޙިދާ ނުލައި އެއްވެސް އަޅުކަމެއް، الله ޤަބޫލެއް ނުކުރައްވާނެތެވެ.

ފަހެ ޢިލްމުތަކުގެ ތެރެއިން، އެންމެ މާތްޢިލްމަކީ ތައުޙީދުގެ ޢިލްމެވެ.އެހެނީ އެއީ މާތްاللهގެ ޛާތުފުޅާއި، އެކަލާނގެ އިސްމުފުޅުތަކާއި، އެކަލާނގެ ސިފަފުޅުތާަކއި އަދި އެކަލާނގެ ޢަމަލުފުޅުތައް މީސްތަކުންނަށް މަޢުރިފާކޮށްދޭ ޢިލްމަށް ވާތީއެވެ. އަދި އެންމެބޮޑު ފާފަ ކަމުގައިވާ، ޝިރުކުގެ ޢަމަލުތަކާއި، ބަސްތަކާއި، އިޢުތިޤާދުތަކުން މީސްތަކުން ސަލާމަތްކޮށްދޭ ޢިލްމަށް ވާތީވެސް
މެއެވެ.

ފަހެ މިދުނިޔެ ދޫކޮށްފައި ދާމީހާ، ތައުޙީދުގެ މަތީގައި ޘާބިތުވެ ހުރެ، މަރުވެގެން ގޮސްފި ކަމުގައި ވާނަމ،ަ އޭނާއަށް ސުވަރުގެ ވަދެވޭނެކަން ކަށަވަރެވެ.އަދި ތައުޙީދުން އެއްކިބާވެ ހުރެ، މަރުވެގެން ގޮސްފި ކަމުގައިވާނަމަ، އޭނާ ސުވަރުގެ ޙަރާމްވެއްޖެކަންވެސް ކަށަވަރެވެ. އަދި އޭނާގެ ތަންމަތި ކަމުގައި ވާހުށީ ހޫނު ގަދަ ނަރަކައެވެ.

[ތައުޙީދުގެ ޚުލާޞާ]


ތައުޙީދު ( އިސްލާމުންގެ ބިންގާ )
Thawheed ge Maaikamaai Muhimmukan
" ތައުޙީދުގެ މާތްކަމާއި މުހިންމުކަން (ތައުޙީދުގެ ފިލާވަޅުތައް )"

އަސްލު

ތައުޙީދު ( އިސްލާމުމްގެ ބިންގާ )
Forwarded from Tawheed
ރިސާލަތުއް ތައުޙީދު ( 1 ވަނަ ބައި )

فضيلة الشيخ أبوبكر إبراهيم

އަޅުގަނޑުމެންނީ އެއްކައުވަންތަ މާތް الله އަށް އީމާންވެގެންތިބި މުއުމިނުން ކަމުގައި އިޤްރާރު ކުރަމުންދާއިރު، އެ މަތިވެރި الله އީ އެއްކައުވަންތަ ކަލާނގެ ކަމުގައި ޤަބޫލުކޮށް އެގޮތުގެ މަތީން ތިމާމެންގެ ޢަމަލުތައް ބެހެއްޓޭނީ އެކަލާނގެ އެއްކައުވަންތަ ކުރެވޭ ގޮތް އެނގިގެންނެވެ. އާދެ! توحيد އޭ މިކިޔާ ކަލިމަ ފުރިހަމައަށް އެނގިގެންނެވެ. އަދި توحيد އާއި އިދިކޮޅުވާ شرك ވެސް އެނގިގެންނެވެ.

ޝައްކެއްނެތެވެ. توحيد އަކީ އެންމެހައި ރަސޫލު ބޭކަލުންގެ ރިސާލަތު އޭގެ މައްޗަށް ހުއްޓިގެންވާ މުހިއްމު موضوع އެވެ. ކޮންމެ މުއުމިނަކު އެންމެ ފުރަތަމަ ދެނެގަތުން ވާޖިބު ވެގެންވާ އެންމެ ފުރަތަމަ ފިލާވަޅެވެ. ތިމާ ހެއްދެވި މަތިވެރި މާތް الله މަޢުރިފާކޮށް އެކަލާނގެ ޙަޟްރަތަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަން ކުރާނެ ގޮތް ދަސްކޮށްދޭ ފިލާވަޅެވެ. لاإله إلاّ االله މި ކަލިމައިން އެދެވޭ މުރާދެއް އުނގަންނައިދޭ މުޤައްދަސް ދަރުހެވެ. އަޅުކަން ޤަބޫލުވެވޭ ގޮތާއި ނުވެވޭ ގޮތް ބަޔާންކޮށްދޭ މަންހަޖެވެ.

ޝައްކެއްވެސް ނެތެވެ. توحيد އަށް ސީދާ ނުވާ ގޮތަކަށް ތިމާ ވަރުބަލިވާންދެން އަޅުކަން ކުރިނަމަވެސް، އެ ކުރެވޭ އަޅުކަމަކީ އެ އަޅުކަމަށް އެއްވެސް ޘަވާބެއް އުޖޫރައެއް ލިބޭނެ އަޅުކަމެއް ނޫނެވެ. އަދި، ކީއްތޯއެވެ ޘަވާބު ލިބުމުގެ ބަދަލުގައި ވޭންދެނިވި ޢަޛާބު ލިއްބައިދޭ ކަމެކެވެ.

ޤިޔާމަތް ދުވަހުގެ މުޞީބާތާއި ނުރައްކަލުން ސަލާމަތްވާނެ ބަޔަކީ ހަމައެކަނި توحيد ގެ އަހުލުވެރިންނެވެ.

« ނުނިމޭ »


ތައުޙީދު ( އިސްލާމްދީނުގެ ބިންގާ )
Forwarded from Tawheed
Media is too big
VIEW IN TELEGRAM
ޝެއިޚް ޖައުފަރް ފާއިޒް رَحِمَهُ ٱللَّٰهُ

لاإله إلا االله ދަރުސް!

480p

ތައުޙީދު ( އިސްލާމްދީނުގެ ބިންގާ )
Forwarded from Tawheed
Media is too big
VIEW IN TELEGRAM
ޝެއިޚް ޖައުފަރް ފާއިޒް رَحِمَهُ ٱللَّٰهُ

لاإله إلا االله ދަރުސް!

360p

ތައުޙީދު ( އިސްލާމްދީނުގެ ބިންގާ )
Forwarded from Tawheed
ރިސާލަތުއް ތައުޙީދު ( 2 ވަނަ ބައި )

فضيلة الشيخ أبوبكر إبراهيم

(ފުރަތަމަ ފިލާވަޅު)
توحيد ގެ މާނަޔާއި އޭގެ ބައިތައް:

توحيد ގެ މާނަ:
ޢަރަބި ބަހުން توحيد އޭ ބުނުމުން އޭގެ މާނައަކީ އެކަހެރި ކުރުމެވެ. ނުވަތަ އެކައްޗެއް ކަމުގައި ބެލުމެވެ. އެއްކައުވަންތަ ކުރުމެވެ.

ޝަރީޢަތުގެ އިޞްޠިލާޙުގައި توحيد އޭ ބުނުމުން އޭގެ މާނައަކީ މާތް الله ގެ ربوبية ވަންތަކަމާއި إلـهية ވަންތަކަމާއި، އަދި اسم ފުޅުތަކާއި ސިފަފުޅުތަކުގައިވެސް މާތް الله ގެ ރަސްކަންފުޅު އެއްކައުވަންތަ ކުރުމެވެ. އަދި މިބުނި ތިން ބައިންކުރެ އެއް ބައެއްގައިވެސް އެކަލާނގެ ރަސްކަންފުޅާއި އެއްފަދަވެ ބައިވެރިވާ އެހެން އެއްވެސް ދެވަނަ ފަރާތެއް ނެތްކަމުގައި ޔަޤީންކޮށް އެގޮތުގެ މަތިން ޢަމަލުކުރުމެވެ.

توحيد ގެ ބައިތައް:⁽¹⁾
(1) توحيد الربوبية
(2) توحيد الألوهية
(3) توحيد الأسماء والصفات

توحيد ފުރިހަމަ ވާނީ މި ބަޔާންވެ ދިޔަ ތިން ބައިވެސް ފުރިހަމައަށް ގެނެސްގަނެގެންނެވެ. މިއިން އެއް ބައެއްވެސް އުނިކޮށްފި މީހާ ފުރިހަމަ ގޮތުގައި توحيد ގެ އަހުލުވެރިއަކު ކަމުގައި ނުވާނެއެވެ.

••┈┈┈┈┈┈┈┈┈┈┈••
⁽¹⁾ ފަހުގެ ބައެއް ޢިލްމުވެރިންވަނީ، މި ޒަމާނުގެ ޙާލަތަށް ރިޢާޔަތްކޮށް توحيدގެ ހަތަރުވަނަ(4ވަނަ) ބައެއް ކަނޑައަޅުއްވާފައެވެ.

توحيد ގެ ބައިތަކުގެ ތެރެއިން (4) توحيد الحاكمية
(ﷲ ގެ ޙުކުމް ފުޅުގައި އެއިލާހު އެއްކައުވަންތަކުރުން.)

އެހެންކަމުން توحيد ފުރިހަމަ ވާނީ މި ބަޔާންވެ ދިޔަ ހަތަރުވަނަ ބައިވެސް ( އެބައީ:ﷲ ގެ ޙުކުމް ފުޅުގައި އެއިލާހު އެއްކައުވަންތަކުރުން ) ފުރިހަމައަށް ގެނެސްގަނެގެންނެވެ. މި توحيد ގެ ހަތަރު ބައިންކުރެ އެއް ބައެއްވެސް އުނިކޮށްފި މީހާ ފުރިހަމަ ގޮތުގައި توحيد ގެ އަހުލުވެރިއަކު ކަމުގައި ނުވާނެއެވެ.

توحيد ގެ ކޮންމެ ބަޔަކަށް ވަކިވަކިން ކުރިޔަށް އޮތްތާ ބަލާލެވޭނެއެވެ. إن شاء الله.

ރިސާލަތުއް ތައުޙީދު ( 1 ވަނަ ބައި )

« ނުނިމޭ »


ތައުޙީދު ( އިސްލާމްދީނުގެ ބިންގާ )
Forwarded from Tawheed
ރިސާލަތުއް ތައުޙީދު ( 3 ވަނަ ބައި )

فضيلة الشيخ أبوبكر إبراهيم

( ދެވަނަ ފިލާވަޅު )
توحيد الربوبية

توحيد الربوبية އޭ ބުނެވުނު ބަހުން އެދެވޭ މުރާދަކީ އެންމެހައި ޢާލަމްތަކާއި އެތަންތާގައިވާ އެންމެހައި ތަކެތި ހައްދަވައި އެ ތަކެތި ތަރުބިއްޔަތު ކުރައްވައި، އެ ތަކެއްޗަށް ރިޒުޤު ދެއްވައި ހައްދަވަނީ ހަމައެކަނި الله ކަމާއި، އަދި އެ ތަކެތި މަރުއްވައި ފަނާކުރައްވައި ހައްދަވަނީވެސް ހަމައެކަނި الله ކަން ޤަބޫލުކޮށް ޔަޤީން ކުރުމެވެ. އަދި އެންމެހައި ތަކެތީގެ ހުރިހައި حاجة ތަކެއް ފުއްދަވާ ދެއްވައި، ތަނަވަސްކަމާއި މުއްސަދިކަމާއި އުފަލާއި އަރާމާއި، މިކަންކަން ދެއްވުމުގެ ވެރި ފަރާތަކީ އެކަލާނގެ ކަމާއި އަދި ފަޤީރުކަމާއި ދަތިކަމާއި ހިތާމަޔާއި ވޭނާ އަދި މުޞީބާތްތައް ފިއްލެވުމުގެ ވެރި ފަރާތަކީވެސް ހަމައެކަނި الله ކަމުގައި ހިތުގެ އަޑީން ޤަބޫލުކޮށް އެކަމުގެ މައްޗަށް އީމާންވުމެވެ. އަދި އެކަލާނގެއީ އެކަލާނގެ އިރާދަކުރެއްވި
ކޮންމެ ކަމެއް ކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެ ކަމުގައި ޔަޤީން ކުރުމެވެ. އަދި މި ދެންނެވި ބާވަތުގެ އެއްވެސް ކަމެއް ކުރެއްވުމުގައި އެކަލާނގެ ރަސްކަންފުޅާއި ބައިވެރިވާ އެހެން އެއްވެސް ފަރާތެއް ނުވާކަމުގައި ކަށަވަރުކޮށް ޔަޤީން ކުރުމެވެ. މިއިން އެއްވެސް ކަމެއްގައި الله އާއިއެކު އެހެން ފަރާތެއް ބައިވެރިވާ ކަމުގައި ޔަޤީންކޮށްފިނަމަ توحيد ގެއްލުނީއެވެ.
شريك ކުރެވުނީއެވެ.

މިންވަރަށް އީމާންވުންވެސް ވަނީ توحيد ގެ މި ބައިގެ ތެރެއިންނެވެ.

މާތް الله ވަޙީ ކުރައްވާފައިވެއެވެ:
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ «الفاتحة ٢
މާނައީ: "އެންމެހައި ޙަމްދާއި ތަޢުރީފު ޙައްޤު ވެގެންވަނީ ޢާލަމްތައް ހައްދަވައި އެ ތަކެތި ތަރުބިއްޔަތު ކުރައްވާ އެ ތަކެތީގެ ވެރި މާތް الله އަށެވެ."

އަދި އެހެން އާޔަތެއްގައި ވަޙީ ކުރައްވާފައިވެއެވެ:
اللَّهُ خَالِقُ كُلِّ شَيْءٍ «الزمر٦٢
މާނައީ: "މާތް الله އީ ހުރިހައި ތަކެތި ހައްދަވާ ރަސްކަލާނގެއެވެ." މިއެވެ.

رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:
މާނައީ: "އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އުޑުތަކާއި
ބިމާއި ބޮޑުވެގެންވާ ޢަރުޝިއާއި އަޅަމެނާއި އަދި ހުރިހައި ތަކެތި ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ!" މިއެވެ.


ރިސާލަތުއް ތައުޙީދު ( 2 ވަނަ ބައި )

« ނުނިމޭ »

ތައުޙީދު ( އިސްލާމްދީނުގެ ބިންގާ )
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
"ތަވްޙީދުލް އުލޫޙިއްޔާ (އަޅުކަންތަކުގައި ﷲ އެއްކައުވަންތަކުރުން) އަޅުގަނޑު މި ދަންނަވަނީ އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. އެންމެ ބޮޑު ކަމޭ އެއީ، ރަސޫލު ބޭކަލުން ފޮނުއްވާ ހުރިހާ އުންމަތް ތަކަކަށް، ރަސޫލުން ފޮނުއްވާ ފޮތް ބާވަތް ލެއްވީ އެ މައްސަލާގައެވެ. ތަވްޙީދުލް އުލޫޙިއްޔާ (އަޅުކަންތަކުގައި ﷲ އެއްކައުވަންތަކުރުން) މައްސަލައިގައެވެ."

ޝެއިޚް ބަކުރުބެ رَحِمَهُ ٱللَّٰهُ

*ތަވްޙީދު ކިލާސް ތަކުން ނެގިފައި.

https://t.me/LaILahaILLallahQ
Forwarded from ~ لَا إِلَـٰهَ إِلَّا اللَّـهُ
"ވަރަށް ފަސޭހަގޮތެއްގާ މީހަކު ކިޔާދިނީމާ ތަވްޙީދު އެއީ ކޯއްޗެއްކަން އެނގިދާނެ އިގޭތޯ، ތަވްޙީދު އެއީ ކޯއްޗެއްކަން އެނގިދާނެ އެހެންނަމަވެސް މީގެ މައްސަލައަކީ ތަވްޙީދާއި ފުށޫއަރާ ކަންތައްތައް، އޭގެ ނަފީތަށް، އެ އެގުން ހުދަނގު ކަމެއް އެއީ.."

ޝެއިޚް ބަކުރުބެ رَحِمَهُ ٱللَّٰهُ

« ތަވްޙީދު ކިލާސް ތަކުން ނެގިފައި »

@LaILahaILLallahQ
Audio
TAWHEED #1 Explanation of The Three Fundamental Principles - Shaykh Ahmad Jibril.mp3
Audio
TAWHEED #2 Explanation of The Three Fundamental Principles Shaykh Ahmad Jibril.mp3
Audio
TAWHEED #3 Explanation of The Three Fundamental Principles Shaykh Ahmad Jibril.mp3
Audio
TAWHEED #4 _ Explanation of The Three Fundamental Principles _ Shaykh Ahmad Jibril.mp3
Audio
TAWHEED #5 Explanation of The Three Fundamental Principles Shaykh Ahmad Jibril.mp3
Audio
TAWHEED #6 Explanation of The Three Fundamental Principles Shaykh Ahmad Musa Jibril.mp3
Audio
TAWHEED #7 Explanation of The Three Fundamental Principles Shaykh Ahmad Musa Jibril.mp3
Audio
TAWHEED #8 Explanation of The Three Fundamental Principles Shaykh Ahmad Musa Jibril.mp3
Audio
TAWHEED #9 DAWAH Explanation of The Three Fundamental Principles - Shaykh Ahmad Musa Jibril.mp3
Audio
TAWHEED #10 PATIENCE I Explanation of The Three Fundamental Principles - Shaykh Ahmad Musa Jibril.mp3